މަޝްހޫރު ތަރިން ބައިވެރިވި ހަފްލާއަކުން އަމްބާނީ އާއިލާގެ ކަލްޗަރަލް ސެންޓަރު ހުޅުވައިފި
މަޝްހޫރު ތަރިން ބައިވެރިވި ހަފްލާއަކުން އަމްބާނީ އާއިލާގެ ކަލްޗަރަލް ސެންޓަރު ހުޅުވައިފި

ގިނަ އަދަދެއްގެ ސެލެބްރިޓީން ބައިވެރިވި ހަފްލާއެއްގައި އިންޑިއާގެ މުމްބާއީގައި "ނިތާ މުކޭޝް އަމްބާނީ ކަލްޗަރަލް ސެންޓަރު" ހުޅުވައިފި އެވެ.

މަޝްހޫރު ތަރިން ބައިވެރިވި ހަފްލާއަކުން އަމްބާނީ އާއިލާގެ ކަލްޗަރަލް ސެންޓަރު ހުޅުވައިފި
މަޝްހޫރު ތަރިން ބައިވެރިވި ހަފްލާއަކުން އަމްބާނީ އާއިލާގެ ކަލްޗަރަލް ސެންޓަރު ހުޅުވައިފި

މިދިޔަ ހުކުރު ދުވަހު ހުޅުވި އެ ސެންޓަރަށް ނަންދީފައި ވަނީ އެ ތަނުގެ ފައުންޑަރުން ކަމަށްވާ ބިލިއަނަރު މުކޭޝް އަމްބާނީ އަދި އޭނާގެ އަންހެނުން ނިތާ އަމްބާނީއާ ގުޅުވައިގެންނެވެ.

މަޝްހޫރު ތަރިން ބައިވެރިވި ހަފްލާއަކުން އަމްބާނީ އާއިލާގެ ކަލްޗަރަލް ސެންޓަރު ހުޅުވައިފި
މަޝްހޫރު ތަރިން ބައިވެރިވި ހަފްލާއަކުން އަމްބާނީ އާއިލާގެ ކަލްޗަރަލް ސެންޓަރު ހުޅުވައިފި

އެ ތަނުގައި، އެގްޒިބިޝަންތައް ބޭއްވުމަށް ހާއްސަކޮށް 1،486 އަކަމީޓަރުގެ ޖާގަޔާ އެކު ތިން ތިއޭޓަރު ހިމެނެ އެވެ. އޭގެ ތެރެއިން، އެންމެ ބޮޑު "ގްރޭންޑް-ތިއޭޓާ" ހަދާފައި ވަނީ 2،000 މީހުންނަށް ތިބެވޭ ވަރަށެވެ.

މަޝްހޫރު ތަރިން ބައިވެރިވި ހަފްލާއަކުން އަމްބާނީ އާއިލާގެ ކަލްޗަރަލް ސެންޓަރު ހުޅުވައިފި
މަޝްހޫރު ތަރިން ބައިވެރިވި ހަފްލާއަކުން އަމްބާނީ އާއިލާގެ ކަލްޗަރަލް ސެންޓަރު ހުޅުވައިފި

އަމްބާނީ އާއިލާ އަކީ ބޮލީވުޑްގެ ސެލެބްރިޓީންނާ ގާތް ގުޅުމެއް ބާއްވަމުން އަންނަ އާއިލާ އެކެވެ. ކަލްޗަރަލް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތަށް އެ އާއިލާ އިން ވަނީ ބޮލީވުޑްގެ ގިނަ ސެލެބްރިޓީންނާއި، ބައިނަލްއަގްވާމީ ބައެއް ސެލެބްރިޓީންނަށް ދައުވަތު ދީފަ އެވެ.

މަޝްހޫރު ތަރިން ބައިވެރިވި ހަފްލާއަކުން އަމްބާނީ އާއިލާގެ ކަލްޗަރަލް ސެންޓަރު ހުޅުވައިފި
މަޝްހޫރު ތަރިން ބައިވެރިވި ހަފްލާއަކުން އަމްބާނީ އާއިލާގެ ކަލްޗަރަލް ސެންޓަރު ހުޅުވައިފި

އެ ރަސްމިއްޔާތުން ފެނުނު ސެލެބްރިޓީ ޖޯޑުތަކުގެ ތެރޭގައި، ޝާހްރުކް ހާނާއި ގައުރީ ހާން، ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް، ދީޕިކާ ޕަދުކޯން އާއި ރަންވީރް ސިންހް، ކަރީނާ ކަޕޫރާއި ސައިފް އަލީ ހާން އަދި ޝާހިދް ކަޕޫރް އާއި މީރާ ރާޖްޕުތްގެ އިތުރުން ދާދިފަހުން ކައިވެނި ކުރި ސިދްހާތް މަލްހޯތްރާ އާއި ކިއާރާ އަދްވާނީ ހިމެނެ އެވެ.

މަޝްހޫރު ތަރިން ބައިވެރިވި ހަފްލާއަކުން އަމްބާނީ އާއިލާގެ ކަލްޗަރަލް ސެންޓަރު ހުޅުވައިފި
މަޝްހޫރު ތަރިން ބައިވެރިވި ހަފްލާއަކުން އަމްބާނީ އާއިލާގެ ކަލްޗަރަލް ސެންޓަރު ހުޅުވައިފި

ޝާހު އާއި ގައުރީ އެ ރަސްމިއްޔާތަށް ދިޔައީ އެ މީހުންގެ ދެ ދަރިން، އަރްޔާން ހާނާއި ސުހާނާ ހާން ވެސް ގޮވައިގެންނެވެ. އަދި އައިޝްވާރިޔާ ރާއި ބަޗަން ރަސްމިއްޔާތުގައި ބައިވެރިވީ 11 އަހަރުގެ ދަރިފުޅު، އާރަދްޔާއާ އެކު އެވެ.

މަޝްހޫރު ތަރިން ބައިވެރިވި ހަފްލާއަކުން އަމްބާނީ އާއިލާގެ ކަލްޗަރަލް ސެންޓަރު ހުޅުވައިފި
މަޝްހޫރު ތަރިން ބައިވެރިވި ހަފްލާއަކުން އަމްބާނީ އާއިލާގެ ކަލްޗަރަލް ސެންޓަރު ހުޅުވައިފި

އެ ސެންޓަރު ހުޅުވި ހަފްލާގައި ބައިވެރިވި ފާހަގަކޮށްލެވޭ އެހެން ސެލެބްރިޓީންގެ ތެރޭގައި، އާލިއާ ބަޓް، ވިދްޔާ ބަލަން، ސަލްމާން ހާން، އާމިރް ހާން، ކަރަން ޖޯހަރް، ކްރިތީ ސެނޮން، ސޯނަމް ކަޕޫރް، ކަރިސްމާ ކަޕޫރް، ޑިއާ މިރްޒާ އަދި ވަރުން ދަވާން ހިމެނެ އެވެ.

އޭގެ އިތުރުން، ހަފްލާގައި ބައިވެރިވި ބައިނަލްއަގްވާމީ ބައެއް ސެލެބްރިޓީންގެ ތެރޭގައި ހޮލީވުޑްގެ ތެރިން، ޓޮމް ހޮލެންޑާއި ޒެންޑޭޔާ އާއި ކެޓްގްރަހަމް އަދި ޕެނަލޮޕީ ކްރޫޒްގެ އިތުރުން ސުޕަ މޮޑެލް ގިގީ ހަދީދް ފާހަގަކޮށްލެވެ އެވެ.

ފިލްމީ ތަރިންނާއި އެމީހުންގެ އާއިލާގެ ގިނަބައެއްގެ އިތުރުން، ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އަދި ޑިޒައިނަރުންނާއި އިންޑިއާގެ ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ އެތައް ތަރިންނެއް ވެސް ވަނީ ބައިވެރިވެފަ އެވެ.

މިދިޔަ މަހު އިންޑިއާގެ "ދަ ނެޝަނަލް" ނޫހަށް ދިން އިންޓަވިއުއެއްގައި ފިލޭންތަރޮޕިސްޓު ނިތާ، މި ސެންޓަރު ސިފަކޮށްފައި ވަނީ އޭނާގެ އުމުރުދުވަހު ދެކެމުން އައި ހުވަފެނެއް ހަގީގަަތަކަށްވި ތަނެއްގެ ގޮތުގަ އެވެ.

"ނިތާ މުކޭޝް އަމްބާނީ ކަލްޗަރަލް ސެންޓަރު" ހުޅުވާފައި ވަނީ ޑައިރެކްޓަރު ފީރޯޒް އައްބާސް ހާންގެ ތިއެޓާ ޕްލޭ، "ދަ ގްރޭޓް އިންޑިއަން މިއުޒިކަލް؛ ސިވިލައިޒޭޝަން ޓު ނޭޝަން" އިންނެވެ. އެއީ އިންޑިއާގެ ސަގާފީ ނެށުންތަކާއި، ޑްރާމާ، މިއުޒިކް އަދި އާޓް ދައްކައިދޭ ތިއެޓްރިކަލް ތަޖުރިބާއެކެވެ. އެ ރަސްމިއްޔާތުގައި ނިތާގެ އަމިއްލަ ނެށުމެއް ވެސް ވަނީ ހުށަހަޅައިދީފަ އެވެ.