03 އެޕްރީލް 2023 - 06:45

ނިވާކަން ކުޑަކޮށް އަދި ތަފާތު ގޮތްގޮތަށް ހެދުން އަޅާތީ އަބަދުވެސް ފާޑުކިޔުން އަމާޒުވާ އިންޑިއާގެ ޓީވީ ތަރި އުރްފީ ޖާވިދް އެކަމަށް މާފަށް އެދި މީގެ ފަހުން ބަދަލުތަކެއް ފެންނާނެ ކަމަށް ބުނެފި އެވެ.
"އަހަރެން އަޅާ ހެދުމުގެ ސަބަބުން އެހެން މީހުންނަށް އުނދަގުލަކަށްވާ ނަމަ އެކަމަށް މާފަށް އެދެން. ދެން މީގެ ފަހުން ހެދުން އަޅާ ގޮތް ބަދަލުކުރާނަން. ހެދުންތައް ބަދަލުކޮށްފިން،" އުރްފީ ބުނެފައިވެ އެވެ.
އެ ޓްވީޓާ އެކު އޭނާގެ ފޭނުން އަންނަނީ މާފަށް އެދެން ޖެހޭ ވަރުގެ ކަމެއް އޭނާ ނުކުރާ ކަމަށް ބުނެ އުރްފީ ދިފާއު ކުރަމުންނެވެ. އަދި އަނެއްބަޔަކު ބުނަނީ އެއީ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހާ ގުޅިގެން ބުނި "އޭޕްރިލް ފޫލް" ޖޯކެއް ކަމަށެވެ.