އެޗްޑީސީގެ ނަން "އާބަންކޯ" އަށް ބަދަލުކޮށް، ކުންފުނި ރީބްރޭންޑުކޮށްފި
އެޗްޑީސީގެ ނަން "އާބަންކޯ" އަށް ބަދަލުކޮށް، ކުންފުނި ރީބްރޭންޑުކޮށްފި

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަން "އާބަންކޯ" އަށް ބަދަލުކޮށް ކުންފުނި ރީބްރޭންޑު ކޮށްފި އެވެ.

އެޗްޑީސީގެ ނަން "އާބަންކޯ" އަށް ބަދަލުކޮށް، ކުންފުނި ރީބްރޭންޑުކޮށްފި
އެޗްޑީސީގެ ނަން "އާބަންކޯ" އަށް ބަދަލުކޮށް، ކުންފުނި ރީބްރޭންޑުކޮށްފި

އެޗްޑީސީގެ ނަން އާބަންކޯ އަށް ބަދަލުކޮށް އެކަން އިއުލާންކުރީ އެ ކުންފުންޏަށް 22 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހަފްލާއެއްގަ އެވެ.

އެޗްޑީސީގެ ނަން "އާބަންކޯ" އަށް ބަދަލުކޮށް، ކުންފުނި ރީބްރޭންޑުކޮށްފި
އެޗްޑީސީގެ ނަން "އާބަންކޯ" އަށް ބަދަލުކޮށް، ކުންފުނި ރީބްރޭންޑުކޮށްފި

މިއާއެކު ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ އިމާރާތުގެ ލޯގޯ އާއި ނަން ވެސް މިހާރު ވަނީ އާބަންކޯ އަށް ބަދަލު ކޮށްފަ އެވެ.

އެ ކުންފުނީ ބުނީ އާބަންކޯ ވެގެން ދާނީ މިހާރު ކުންފުނިން ދޭ ހިދުމަތްތައް ފުޅާ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ގޮތުގައި ކަމަށެވެ. އަދި ބްރޭންޑް ތަރައްގީކުރީ ރައްޔިތުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދާ ދޭނެ ބައިވެރިއަކީ އާބަންކޯ ކަމަށް ބަލައިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ކުންފުނީގެ އާ މޮބައިލް އެޕްލިކޭޝަނެއް މިއަދު ތައާރަފް ކޮށްފައިވާ ކަމަށާއި އެ އެޕް މެދުވެރިކޮށް ހުރިހާ ހިދުމަތެއް އެއްތަނަކުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީ އަކީ މާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމަށް ރައީސް އޮފީހުގެ ވަކި ޔުނިޓެއްގެ ގޮތުގައި 2001 ވަނަ އަހަރު އުފެއްދި ތަނެކެވެ. އޭގެ ފަހުން ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަމުގައި ވަކި ކުންފުންޏަކަށް ބަދަލުކުރި އެވެ. ހުޅުމާލެ ޕްލޭންކޮށް، ތަރައްގީކުރީ އެ ކުންފުނިންނެވެ. ފަހުން ހައުސިން ޑިވެޕްލޮޕްމަންޓް ކޯޕަރޭޝަން އަށް ބަދަލުކުރީ އެވެ. މިހާރު ތިލަފުށި، ގުޅީފަޅު އަދި ކުޑަގިރި ވެސް ހިންގަނީ އެ ކުންފުނީގެ ދަށުންނެވެ.