01 އެޕްރީލް 2023 - 09:18

ދިރާގުން މި ރޯދަ މަހު ވެސް ކުރިއަށް ގެންދާ "ދިރާގު ރޯދަ ހަދިޔާ"ގެ ދަށުން ކޮންމެ ދުވަހަކު ވެސް ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތަކެއް ވަނީ ކަނޑައަޅައިފަ އެވެ.
އެ ހަދިޔާތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ފަތިހު ހަތަރަކުން ހެނދުނު ނުވައެއް ޖަހަންދެން ހަދިޔާ ލިބޭ ލިމިޓެޑް އޮފާއެއް ވަނީ ހުޅުވާލައިފަ އެވެ. އެ އޮފާގެ ދަށުން ކަސްޓަމަރުންނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އެކި އެޕުތަކަށް ހާއްސަ ޑޭޓާ ލިބޭނެ އެވެ. މި ޑޭޓާ އަކީ ލިބޭނީ އެއް ދުވަހުގެ މުއްދަތަށެވެ.
ލިމިޓެޑް އޮފާއަށް ކަނޑައަޅާފައި ވަގުތުގައި ކޮންމެ ކަސްޓަމަރަކަށް ވެސް ދިރާގު އެޕަށް ވަދެގެން އެޑްއޮން ހަދިޔާ ހޯދޭނެ އެވެ.
މި ރޯދަ މަހު ދިރާގު އެޕުން އެޑްއޮން އަދި ބޫސްޓާސް ގަންނަ ފަރާތްތަކަށް 24 ގަޑިއިރުގެ ބޯނަސް ހަދިޔާއެއް ވެސް ލިބެ އެވެ. ބޯނަސްގެ ގޮތުގައި ކަސްޓަމަރުންނަށް އިތުރު ޑޭޓާ 24 ގަޑިއިރަށް ލިބޭނެ އެވެ.
ދިރާގުން އެޕް މެދުވެރިކޮށް ރޯދަ ހަދިޔާ ހޯދުމަށް އެ އެފް އަޕްޑޭޓް ކުރަން ޖެހެ އެވެ.