އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް
އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް

މަހިބަދޫން ފުރި އަތޮޅު ފެރީ ދެ ގަޑިއިރު ފަހުން ގާތްކޮށްލީ އެހެން ރަށްތަކާ މާދުރުގައި އެކަހެރިކޮށް އޮތް މި ރަށަށެވެ. ފައިބަން ޖެހުނީ ކުޑަ ފާލަމަކަށެވެ. ފެރީ ފުރަންވާއިރަށް މުދާ ބާލައިގެން ރަށު ޕިކަޕްތަކުގައި އައިސް ތިބި މީހުން ފާލަމުގައި މަދެއް ނޫނެވެ. ވަށައިގެން އޮތް މޫދަށް ނުފައިބައި ރަށަށް އެރެން އޮތީ މި ފާލަމުންނެވެ.

އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް
އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް

ދަތުރުފަތުރުގެ އުނދަގޫ އިންތިހާއަށް ބޮޑު މި ރަށަށް ބަނދަރެއްގެ ނަސީބު އަދިކިރިޔާ ލިބި މަޝްރޫއު އެބަ ހިނގަ އެވެ. އެކަމަކު އެ ބަނދަރުގެ ޑިޒައިނާއި އަޅާ ސަރަހައްދާ މެދު ހިތްހަމަނުޖެހުން ބޮޑެވެ.

އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް
އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް

އާބާދީގައި ތިން ސަތޭކައެއްހާ މީހުން ހިމެނޭ މި ރަށް ވަށައިގެން ގުދުރަތީ ރީތި ކަމެވެ. ބޮޑު ވިލަކާއި ފަރެކެވެ. ވާތްފަރާތުގައި ވަކިން ޖެޓީއެއް އޮތެވެ. އެއީ ޒަމާންތަކެއް ވަންދެން ގެއްލިފައި އޮތް މި ރަށަށް ދިރުން ގެނުވި ސަރަހައްދެވެ.

އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް
އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް

ރަށުތެރެ އަމާންވެފައި ހިތްފަސޭހަ އެވެ. ދިމާވާ ކޮންމެ މީހަކު ވެސް ހިނިތުންވެ ރަށަށް އައި ބޭނުން އަހާ ނުލައި ނުދެ އެވެ. އެކަކު އަނެކަކާ ގުޅުން ރަނގަޅެވެ. ކުށް މަދެވެ. މި އުފާވެރި ދިރިއުޅުމުގައި ތިބި މި ރަށުގެ މީހުންނަށް މަދުވީ ޒަރޫރީ ކަންކަން ފުއްދޭނެ ގޮތާއި ޒަމާނީ ފަސޭހަތަކެވެ. މައްސަލައަކަށް ވީ ވަކިން އޮތުމާއި ދިރިއުޅޭ މީސްކޮޅު މަދުވުމެވެ.

އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް
އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް

މި ރަށް ލިސްޓްކުރެވިފައި އޮތީ ސަރުކާރުތަކުގެ ބާރުވެރިކަން ދަމަހައްޓަން މާބޮޑު ބޭނުމެއް ނުހިފޭ އާބާދީތަކުގެ ތެރޭގަ އެވެ. މީހުން މަދުކަމުން ހުރިހާ ހިދުމަތްތަކެއް ފުރިހަމަކޮށްނުދެނީ އެވެ. ހައްގުތަކުގައި ހަމަހަމަކަން ކަށަވަރުކޮށްދޭން ޖެހޭނެކަން ހަނދާންކޮށްދޭ ކޮންމެ ފަހަރަކު ވެދުންކުރާ ހައްލެއް އޮތެވެ.

އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް
އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް

ބޮޑު އާބާދީއަކާ އެކު ތަރައްގީ ފަހިވާން އޮތް ރަށަކަށް ހިޖުރަކުރުމެވެ. އއ. ރަސްދޫއަކީ މި ރަށު މީހުން ހިޖުރަކުރަން ދެއްކި ރަށެކެވެ.

އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް
އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް

"ކިތަންމެ ފަހަރަކު އެދުނު ބަދަލުވާށޭ. އެވީ ދެރައެއް ނޭނގެ ބުނާކަށް މި ރަށުން ބަދަލު ކޮށްފާނެތީ. އަމިއްލަ ރަށް, މި ކަހަލަ ހިތްހަމަޖެހުމެއް ދޫކޮށްލާފައި އެކަކު ވެސް ދާކަށް ބޭނުން ނުވާނެއްނު. އެއްބަސްނުވެ ތިބެގެން ގޮތްގޮތް ހޯދީ," މަގުމަތިން ދިމާވެ ރަށުގެ ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަ ދެއްކި އަންހެނަކު ބުންޏެވެ.

އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް
އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް

ސަރުކާރުގެ އިދާރާތައް ހުއްޓަސް މާގިނަ ވަޒީފާއެއް ނެތެވެ. މި ރަށުގެ އެންމެ ގިނަ މީހުން ވަޒީފާގައި އުޅެނީ އިންޖީނުގެ ހިންގާ ސްޓެލްކޯގަ އެވެ. ދިރިއުޅުން ހަމަޖައްސަނީ ކައިރި ރިސޯޓްތަކުގައި ވަޒީފާ އަދާކޮށްގެންނާއި ފަންގިވިނުން ފަދަ ރަށުގައި ތިބެ ކުރެވޭ މަސައްކަތްތަކުންނެވެ.

އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް
އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް

ރަށްފަޅުކުރުމާ ދެކޮޅު ވިސްނުމުގައި ތިބުމުން ދެން ހޯދަން ޖެހުނީ ތަރައްގީވާން އޮތް ގޮތެކެވެ. އެންމެން އެކައްޗެއް ކިޔާފައި ރަށަށް ފައިދާވާން އޮތް ގޮތަކަށް އެއްބަސްވީ އެވެ. އެއީ މި ރަށުން ބޮޑު ސަރަހައްދެއް ޓޫރިޒަމަށް ދޫކޮށްލުމެވެ.

އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް
އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް

ރައްޔިތުންގެ އެ ނިންމުން މިހާރު އޮތީ މި ރަށް ވިދާލައި ތަރައްގީގެ ސަފަށް އެރުމުގެ ބާރަކަށް ވެފަ އެވެ. ސިޓީ ހޮޓާ އަޅަން 2016 ގައި ދޫކޮށްލި 6.1 ހެކްޓަރުގެ ބިމުން އަހަރެއްގެ މައްޗަށް 757,000 އަށް ވުރެން ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބެ އެވެ. އައިކެއާ މޯލްޑިވްސްއަށް އެ ބިން ދޫކުރީ 35 އަހަރެވެ.

އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް
އެކަހެރި މަންދޫގެ "ފިޔަވަޅު": ވިދުން ގެނެވޭނެ ކޮންސެޕްޓެއް

ޓޫރިޒަމަށް ހާއްސަކޮށް ވަކިން ބަންދުކޮށްފައި އޮންނަ ސަރަހައްދަށް އަންނަ ގެސްޓުންނަށް ރަށުތެރެއަށް އާދެވެ އެވެ. ވިޔަފާރިކުރެ އެވެ.

ކައުންސިލުން ދެކޭ ގޮތުގައި މިއީ ކާމިޔާބު ކޮންސެޕްޓެކެވެ. މި ރަށަށް ކުރިއަށް އޮތް ތަނުގައި ދިރުން އަންނާނީ ވެސް މި އުސޫލުން ބިން ދޫކޮށްގެންނެވެ.

ކައުންސިލްގެ ރައީސް މުހައްމަދު ސައީދު ވިދާޅުވީ މި ރަށުގައި އަދިވެސް އޮތް ދައްޗަކީ ރަށުގައި ތިބެގެން އާމްދަނީ ހޯދާނެ ގޮތްތަކެއް ނެތުމެވެ. މުދާ ގެނައުމާއި އެހެން ޒަރޫރީ ބޭނުންތަކަށް ވެސް މާލެ އާއި މިރަށާ ދެމެދުކުރަން ޖެހޭ ދަތުރުތައް އުނދަގޫވުމެވެ. މިކަންކަމުން އަރައިގަނެވެން އޮތީ އަދިވެސް މި ރަށުން ޓޫރިޒަމަށް ބައެއް ދޫކޮށްގެން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ކޮންސެޕްޓަށް ރަށް ހިންގުމުގެ ހިތްހަމަޖެހުން އެބައޮތެވެ.

"އެއްވެސް ކަމެއްގައި ސަތޭކަ ޕަސެންޓެއް ނުވާނެ. ރަށަށް ފައިދާވަމުން އެބައާދޭ މި އެގްރިމަންޓުން. ރަށް ކުރިއެރުވުމުގެ ވަރަށް ބޮޑު ބާރަކަށް ވެފައި މިއޮންނަނީ ލޯކަލް ޓޫރިޒަމްގެ މާބޮޑު އެދެވޭ ނަތީޖާއެއް ނުނެރުވުނަސް," ސައީދު ވިދާޅުވި އެވެ.

އެ ބިމުގެ ބަދަލެއްގެ ގޮތުގައި ރައްޔިތުން ޝަރުތުކުރީ މި ރަށަށް އެންމެ ބޭނުންވާ މަޝްރޫއުތަކެވެ.

ސަރުކާރާ ނުބައްސައި އެ ކުންފުނިން މި ރަށުގައި ނަރުދަމާ އަޅައިދީފި އެވެ. ފެނުގެ ހިދުމަތް ފެށޭ ވަރަށް އޮތީ ނިމިފަ އެވެ. ޖާގަ ތަނަވަސް ޒުވާނުންގެ މަރުކަޒަކާއި ޒަމާނީ ކުނިކޮއްޓެއް ވެސް ގާއިމްކޮށްދީފި އެވެ. ގޭގެއިން ކުނި އުކުމުގެ ހިދުމަތް ވެސް އެއްވެސް އަގަކާ ނުލައި ކުރިއަށް ގެންދަނީ އެ ކުންފުނި މެދުވެރިވެގެންނެވެ.

ޒަމާނީ އިންޖީނުގެއެއް ވެސް މި ރަށަށް ލިބިއްޖެ އެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަން ސަރުކާރުތަކުން ކޮށްދެއްވަންޖެހޭ މަސައްކަތްތައް ފެނާއި ނަރުމަ އާއި ކަރަންޓާއި ބޯފެން ފަދަ އަސާސީ ހިދުމަތްތަކަކީ. އެކަންކަން ނުކުރެވިފައި ދެއްތޯ އޮތީ. އެހެންވެ އޭރުގެ ކައުންސިލުން ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާއާ އެއްކޮށް ބޮޑު ހަތަރު ޕްރޮޖެކްޓް ސީއެސްއާރުގެ ތެރޭގައި ހިމެނީ ސިޓީ ހޮޓާ އަޅަން ބިން ދޫކޮށްލައިގެން," ސައީދު ވިދާޅުވި އެވެ.

ސިޓީ ހޮޓަލުގެ ވަޒީފާތަކުގެ 50 ޕަސެންޓް މި ރަށު މީހުންނަށް ހާއްސަކުރުމާއި ރަށަށް މުދާ ގެނެވޭނެ ލުއި ފަސޭހަ ގޮތެއް ހޯދައިދޭން ޖެހޭ ކަމަށް ވެސް އެއްބަސްވުމުގައި ވެ އެވެ.

ކޮންމެ މަހަކު ފުރަތަމަ ހަފުތާ އާއި ތިން ވަނަ ހަފުތާގައި ގޭހާއި ކާޑު ފަދަ ސާމާނު ރަށަށް ގެނެވެ އެވެ.

"އެ ވެސް ވަރަށް ބޮޑު މަންފާއެއް. އަޅުގަނޑުމެން އެކަނި ކިހިނެއްތޯ ކުރާނީ," ލަފާފުރުމުގެ ދަތިކަން ޒަމާނުއްސުރެން އޮންނަ މި ރަށާ ބެހޭ ގޮތުން ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މި އެއްބަސްވުމާ ގުޅިގެން އޮތް ހިތްހަމަނުޖެހުމަކީ މި ރަށުގެ ޒުވާނުންނަށް ވަޒީފާ ހަމަނުޖެހުމެވެ. އެތަނުގެ މަސައްކަތް ފެށިއިރު އެކަށީގެންވާ އަދަދަކަށް މި ރަށުން މީހުން ވަޒީފާއަށް ދިޔައަސް ފަހުން އެކި ސަބަބުތަކާ ހެދި އެކަން ހުއްޓުނީ އެވެ. އެ ސަރަހައްދު ސާފުކުރަން ވެސް މަންދޫގެ މީހުންނަށް ފުރުސަތު ނުދީ ބިދޭސީން ލާފައި ތިބުމަކީ ރައްޔިތުންގެ އޮތް ހިތްހަމަނުޖެހުމެކެވެ.

ކައުންސިލުން ބުނި ގޮތުގައި ވަޒީފާގެ ކަންކަމުގައި މިހާރަށް ވުރެން ރަނގަޅު ހައްލެއް ލިބެން ޖެހެ އެވެ. އެކަމުގައި ގޮތްތަކެއް ހޯދަން އަންނަނީ މަސައްކަތްކުރަމުންނެވެ.

ލޯކަލް ޓޫރިޒަމްގައި އަތޮޅަށް ލިބިފައިވާ ކުރިއެރުން މި ރަށަށް ވެސް ހޯދޭނެ އެވެ. ގުދުރަތީ މުއްސަނދިކަން ވަށާލާފައި އޮތް މި ރަށުގައި އެ ފުރުސަތުތައް ފަހި އެވެ. ވަށައިގެން ރިސޯޓްތަކާއި ޓޫރިޒަމް ކުރިއަރާފައިވާ ރަށްތަކެވެ.

މި ރަށުގައި ޓޫރިޒަމަށް އޮތް ހުރަހަކީ މާގިނަ ގެސްޓް ހައުސްތައް ނެތުމެވެ.

"ގެސްޓް ހައުސް ވިޔަފާރި އެކަށީގެންވާ ގޮތެއްގައި ފެށި އެ މަސައްކަތް ކުރިއަށް ދާން ފެށީމަ ވަރަށް ބޮޑު ހައްލުތަކެއް ލިބިގެންދާނެ," ސައީދު ވިދާޅުވި އެވެ.

ބިން އޮތް މިންވަރަކުން ދޫކޮށް ރަށަށް އިންވެސްޓްމެންޓްތައް ގެނައުމަކީ ކައުންސިލްގެ ޕްލޭނެވެ. ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ ރައްޔިތުން ފުދުންތެރި ބަޔަކަށް ހެދެން އޮތް ގޮތަކީ މިއީ ކަމަށް ކައުންސިލުން ދެކެ އެވެ.

މިކަމަށް މިހާރު ކުރިމަތިވެފައި އޮތް ހުރަހަކީ ލޭންޑް ޔުސް ޕްލޭން ނުނިމުމެވެ. އެކަމަކު އެކަން ވެސް އޮތީ ބަޔަކާ ހަވާލުކޮށްފަ އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ މި އަތޮޅުގައި ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ދިގު ރަށާއި ދަގެނތި, ހަންޏާމީދޫއާ ވާދަކުރެވޭނެ ނުވަތަ އެއަށް ވުރެން ރަނގަޅު ޓޫރިސްޓު ފެސިލިޓީސް ގާއިމްކުރުން. އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ," އޭނާ ވިދާޅުވި އެވެ.

ނައިބު ރައީސް އައްބާސް ސައުދު ވިދާޅުވީ ސަރުކާރު ލެވެލްގައި މަންދޫއަށް ކަންކަން ފަހިވުން ލަސްވިޔަސް ހާލަތު ބަދަލުކުރުމުގެ ފުރުސަތު މި ރަށަށް އެބައޮތް ކަމަށެވެ.

"އެކަމަށް ވަރަށް ތަނަވަސް ފުރުސަތުތަކެއް އޮތް ރަށެއް މަންދުއަކީ. ރަށްތައް ކުރިއެރުވުމަށްޓަކައި ކައުންސިލްތައް އުފެދިގެން ރައްޔިތުންނަށް ގާތުން ހިދުމަތް ދިނުމަށް މިއައި ނިޒާމުގެ ތެރޭގައި މިއަދުގެ މި ތާރީހާ ހަމައަށް އައިއިރުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ރަށަކީ މިއީ ކަން އުފުލާއެކު އަޅުގަނޑުމެން ފާހަގަކުރަން," އައްބާސް ވިދާޅުވި އެވެ.

"މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ނުކުރެވޭ ވަރުގެ ވިޔަފާރިއެއް މިއޮތީ ގާއިމްކުރެވިފައި. ބިމެއް ދީގެން ސިޓީ ހޮޓަލެއް މި ފެންވަރުގައި ހިންގާ ދެ ވަނަ ރަށެއް އޮތް ކަމުގެ މައުލޫމާތެއް ނެތް."

ބިމުގެ މުއްސަނދިކަން އޮތް މި ރަށުގައި ވިޔަފާރިތައް ހިންގަން ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރެ އެވެ. ކައުންސިލްގެ ވިސްނުމަކީ އަނެއްކާވެސް ބިން ދޫކޮށްލުމެވެ.

ޓޫރިޒަމް އެކަންޏެއް ނޫނެވެ: ރަށުގައި ފުދުންތެރި ބަޔަކު އުފެއްދުމަށް ދަނޑުވެރިކަން ކުރިއަރުވައިގެން އާމްދަނީ ހޯދަން ވެސް ކައުންސިލުން ބާރުއަޅަ އެވެ. މި ރަށުން މިހާތަނަށް 52 ގޭބީސީއަކަށް ހިލޭ ދަނޑުބިން ދޫކޮށްފައިވެ އެވެ.

"އެ ސިނާއަތް ކުރިއެރުވިއްޖާ ވެސް ކައިރީގައި ހުރި ރިސޯޓްތަކަށް ތަރުކާރީ އާއި މޭވާ ވިއްކައިގެން އާމްދަނީ ލިބޭނެ," އައްބާސް ވިދާޅުވި އެވެ.

ތެދެކެވެ. ރަށްއޮތް ގޮތުން މިއީ މިއަތޮޅުގެ އެންމެ ރީތި އެއް ރަށެވެ. ވިދުންގަދަވެފައި ކުރިއެރުން ލިބެން އެބައޮތެވެ. މި ރަށުގެ ރައްޔިތުން ދައްކާފައި މިއޮތީ ލާމަރުކަޒީ ގާނޫނުގައި ކުރިއަށް ދެވޭނެ މަގެކެވެ. ރަށަށް ފައިދާނުވާނެ ގޮތަކަށް ގުދުރަތީ މުއްސަނދިކަން ހިފަހައްޓައިގެން ތިބުމުގެ ބޭނުމެއް ނެތް ކަމެވެ. އާބާދީ މަދުވިޔަސް ތަރައްގީ ހޯދުމުގެ ވިސްނުމެއް ކުރިއެރުވެން އޮތް ކަމެވެ.