ވިވިއަންގެ ސިއްރެއް؛ އިސްލާމްވުމަށް ފަހު މިސްރު އަންހެނަކާ އިނދެ، ދަރިއަކުވެސް ހުރޭ
ވިވިއަންގެ ސިއްރެއް؛ އިސްލާމްވުމަށް ފަހު މިސްރު އަންހެނަކާ އިނދެ، ދަރިއަކުވެސް ހުރޭ

އިންޑިއާގެ މަގްބޫލު ޓީވީ ތަރި، ވިވިއަން ދަސޭނާ އިސްލާމްދީން ގަބޫލުކޮށް، މިސްރު އަންހެނަކާ ކައިވެނިކޮށްގެން މިހާރު ދަރިއަކުވެސް ހުންނަކަން އޭނާ ހާމަކޮށްފި އެވެ.

ވިވިއަންގެ ސިއްރެއް؛ އިސްލާމްވުމަށް ފަހު މިސްރު އަންހެނަކާ އިނދެ، ދަރިއަކުވެސް ހުރޭ
ވިވިއަންގެ ސިއްރެއް؛ އިސްލާމްވުމަށް ފަހު މިސްރު އަންހެނަކާ އިނދެ، ދަރިއަކުވެސް ހުރޭ

"މަދޫބާލާ" އާއި "ޕްޔާރް ކީ ޔޭ އޭކް ކަހާނީ" ފަދަ ޝޯތަކުން ފެނުނު ވިވިއަން، އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއެއްގައި ބުނީ މިސްރަށް ނިސްބަތްވާ، ނޫރަން އަލީ އާއި އޭނާ ކައިވެނިކުރީ މީގެ އަހަރެއްހާ ދުވަސް ކުރިން ކަމަށެވެ. އަދި މިހާރު އެ ދެމީހުންގެ ހަތަރު މަހުގެ ދަރިއަކު ހުންނަކަމަށް ވެސް އޭނާ ބުންޏެވެ.

ވިވިއަންގެ ސިއްރެއް؛ އިސްލާމްވުމަށް ފަހު މިސްރު އަންހެނަކާ އިނދެ، ދަރިއަކުވެސް ހުރޭ
ވިވިއަންގެ ސިއްރެއް؛ އިސްލާމްވުމަށް ފަހު މިސްރު އަންހެނަކާ އިނދެ، ދަރިއަކުވެސް ހުރޭ

"އާނ. އަހަރެން މިހާރު އުޅެނީ މީހަކާ އިނދެގެން. ހަތަރު މަހުގެ ދަރިއަކު ވެސް އެބަހުރި. މިއީ އެހެން މީހުންނާ ބެހޭ، މާބޮޑުކަމެއްތަ؟ މީގެ ކުރިން ވެސް މިކަން އިއުލާނު ކުރީސް، އެކަމަކު، އެންމެ ރަނގަޅު ވަގުތަށް މަޑުކުރީ. އަހަރެން ނޫރަންއާ ކައިވެނިކުރީ މީގެ އަހަރު ދުވަސް ކުރިން މިސްރުގައި ބޭއްވި ކުޑަ ހަފްލާއެއްގައި،" ވިވިއަން ކިޔައިދިނެވެ.

ބައްޕައަކަށް ވުމުން ކުރެވުނު އިހުސާސްތައް ކިޔައިދެމުން ވިވިއަން ބުނީ އެއީ ހުވަފެނެއް ހަގީގަތަށްވުން ކަމަށެވެ.

"ބައްޕައަކަށް ވުމަކީ ލިބުނު އެންމެ ހިތްހަމަޖެހޭ އިހުސާސް. ދަރިފުޅު އުރާލައި ކޮންމެ ފަހަރަކު، އަހަރެންނަށް އިހުސާސްކުރެވެނީ މި ހުރީ ދުނިޔޭގެ އެންމެ އުހުގައޭ،" ވިވިއަން ބުންޏެވެ.

އެ ދެމަފިރިންގެ ދަރިއަށް ކިޔާފައިވާ ނަމަކީ، ލަޔާން ވިވިއަން ދަސޭނާ އެވެ.

އެ އިންޓަވިއުގައި ވިވިއަން ބުނީ އޭނާ އާއި އަންހެނުން ބޭނުންވަނީ ޕްރޮފެޝަނަލް ދިރިއުޅުމާއި ޕާސަނަލް ދިރިއުޅުން ވަކިކުރަން ކަމަށެވެ. ދުވަހަކުވެސް، އޭނާގެ އާއިލާ އާންމުންގެ ތެރެއަށް ނެރެ، މަޝްހޫރުވާކަށް އޭނާ ވެސް، އަދި އަންހެނުން ވެސް ބޭނުން ނުވާ ކަމަށް ވިިވިއަން ބުންޏެވެ.

ކްރިސްޓިއަނެއްގެ ގޮތުގައި އުޅެ ބޮޑުވި ވިވިއަން، އިސްލާމް ދީން ގަބޫލުކުރީ 2019 ވަނަ އަހަރު އެވެ. އޭނާ ބުނީ، ފަސް ވަގުތު ނަމާދުކޮށްގެން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަށެވެ.

"މާ ބޮޑު ބަދަލެއް ނާދޭ. އަހަރެން އުފަންވީ ކްރިސްޓިއަނެއްގެ ގޮތުގައި. މިހާރު އަހަރެން ތަބާވަނީ އިސްލާމް ދީނަށް. އަހަރެން އިސްލާމްވީ 2019 ވަނަ އަހަރުގެ ރޯދަމަހު،" ވިވިއަން ބުންޏެވެ.

މީގެ ކުރިން، 2013 ވަނަ އަހަރު ވަނީ "ޕްޔާރް ކީ އޭކް ކަހާނީ" ގައި އޭނާއާ އެކު އުޅުނު އެކްޓްރެސް، ވެހްބިޒް ޑޮރަބްޖީއާ ކައިވެނިކޮށްފަ އެވެ. ނަމަވެސް، ޖެހުނު މައްސަލަތަކާ ހެދި، 2016 ވަނަ އަހަރު ދެ މީހުން ވަކިވެ، 2021 ވަނަ އަހަރު އެ ދެމީހުން ވަނީ ރަސްމީކޮށް ވަރިވެފަ އެވެ.