29 މާޗް 2023 - 09:45

ގެއްލިގެން އާއިލާ އިން ހޯދަމުން ދިޔަ ކުރީގެ ޓީވީ ޕްރެޒެންޓަރު އިސްމާއިލް އާޒިމް ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން އާޒިމްގެ އެއްވެސް ޚަބަރެއް ނުވާތީ އާއިލާ އިން އެ މައްސަލަ ފުލުހުންގެ އިދާރާ އަށް އިއްޔެ ރިޕޯޓް ކުރީ އެވެ.
އެއާއެކު، އެ ޚަބަރު މީޑިއާ އިން ކަވަރު ކުރުމުން، އޭނާ ސޯޝަލް މީޑިއާގައި ރޭ ވަނީ ގެއްލިގެން ނޫޅޭ ކަމަށް ބުނެ ޕޯސްޓެއް ކޮށްފަ އެވެ. "މިހާރު" އަށް ވެސް އާޒިމްގެ މެސެޖުތަކެއް ލިބުނެވެ.
ފުލުހުން ވަނީ އޭނާ މިހާރު ފެނިފައިވާ ކަން "މިހާރު" އަށް ކަށަވަރު ކޮށްދީފަ އެވެ.
އާޒިމަކީ ޕީއެސްއެމް އާއި ރާއްޖެ ޓީވީގެ އިތުރުން ދިވެހި ޗެނަލްގައި ވެސް މަސައްކަތް ކޮށްފައިވާ ޕްރެޒެންޓަރެކެވެ.