28 މާޗް 2023 - 22:49

މާލޭގައި އޮފީހެއް ފަޅާލައި 700،000ރ. ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ ހެންވޭރު ގެއެއްގެ ފުރަތަމަ ފަންގިފިލާގައި ހުރި އޮފީހެއް ފަޅާލައި ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއް މި މަހުގެ 23 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި 43 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާ ދިރިއުޅުތަން ބަލައި ފާސްކޮށް 500،000 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދައިފަ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.