ޓެޕޯ ބްރޭންޑުގެ ރޮބޮޓް ވެކިއުމް ނައިންޓީނައިން އިން ވިއްކަނީ
ޓެޕޯ ބްރޭންޑުގެ ރޮބޮޓް ވެކިއުމް ނައިންޓީނައިން އިން ވިއްކަނީ

މޮބައިލް އެޕަކުން ކޮންޓްރޯލް ކުރެވޭ، ޓެޕޯ ބްރޭންޑްގެ ރޮޮބޮޓް ވެކިއުމް ކްލީނާ ނައިންޓީނައިންގައި ވިއްކަން ފަށައިފި އެވެ.

ޓެޕޯ ބްރޭންޑުގެ ރޮބޮޓް ވެކިއުމް ނައިންޓީނައިން އިން ވިއްކަނީ
ޓެޕޯ ބްރޭންޑުގެ ރޮބޮޓް ވެކިއުމް ނައިންޓީނައިން އިން ވިއްކަނީ

އެތަނުން ބުނި ގޮތުގައި ޓެޕޯ ބްރޭންޑުގެ ދެ ވައްތަރެއްގެ ރޮބޮޓް ވެކިއުމެއް ލިބެން އެބަހުއްޓެވެ. އެއީ ޓެޕޯ އާރްވީ 10 ލައިޓް އާއި ޓެޕޯ އާރްވީ 10 ޕްލަސް އެވެ.

މި ދެ ރޮބޮޓް ވެކިއުމް ކްލީނަރަކީ ވެސް އޮފީސްތަކާއި މިސްކިތްތަކާއި ގޭތެރެ ސާފުކުރުމަށް ވެސް އެކަށީގެންވާ އެއްޗެއް ކަމަށް ނައިންޓީނައިން އިން ބުންޏެވެ.

ޓެޕޯ އާރްވީ 10 ޕްލަސް އަކީ ވެކިއުމް ކުރުމުގެ އިތުރުން މޮޕު ވެސް ކޮށްދޭ އެއްޗެކެވެ. މި ރޮބޮޓް ވެކިއުމް އަކީ ޗާޖް ދަށްވުމުން އަމިއްލައަށް ޑޮކްކޮށް ޗާޖް ވެސް ކޮށްލާ އެއްޗެކެވެ.

ނައިންޓީނައިން އިން ބުނި ގޮތުގައި މި ރޮބޮޓް ވެކިއުމް ކްލީނަރަކީ އަޑުމަޑު، ތިން ގަޑިއިރަށް ބެޓެރި ހިފަހައްޓައިދޭ އަދި ދަތި ދޭތެރެތަކަށް ވެސް ވަދެ ސާފުކޮށްދޭ އެއްޗެކެވެ. އަދި އޭގައި ހިމަނާފައިވާ ސެންސަރުތަކުގެ ސަބަބުން، އުސްތަނެއްގައި ސާފުކުރަން ބެހެއްޓިޔަސް ނުވެއްޓޭނެ ކަމަށާއި ބިންމަތި ކާޕެޓަށް ނުވަތަ ރަގު މައްޗަށް ވެސް އަރާނެ ކަމަށް ވެސް ބުންޏެވެ.

އެންމެ ފަހުގެ ޓެކްނޮލޮޖީގައި ތައްޔާރުކޮށްފައިވާ މި ރޮބޮޓް ވެކިއުމް އަކީ އެލެކްސާ އަދި ގޫގުލް ހޯމްއާ ވެސް ކަނެކްޓު ކުރެވޭ އެއްޗެކެވެ. އަދި މިއީ ވަކި ގަޑިއަކަށް ސާފު ކުރުމަށް ޝެޑިއުލް ކޮށްފައި ވެސް ބެހެއްޓޭނެ އެއްޗެކެވެ.

މި ރޮބޮޓް ވެކިއުމް ކްލީނަރުގައި ޗައިލްޑްލޮކް އަދި ޕެޓްލޮކް ވެސް ހިމެނެ އެވެ.

ރޮބޮޓް ވެކިއުމް ޗަމްޕާ މަގުގައި ހުންނަ ނައިންޓީނައިން ޝޯރޫމާއި އޮންލައިންކޮށް ވެބްސައިޓު މެދުވެރިކޮށް ވެސް ގަނެވޭނެ އެވެ.