އައްޑޫގައި ޑެންގީ އިތުރުވަނީ، އެންމެ ގިނައީ ހިތަދޫގައި
އައްޑޫގައި ޑެންގީ އިތުރުވަނީ، އެންމެ ގިނައީ ހިތަދޫގައި

އައްޑޫގައި ޑެންގީ ހުން ފެތުރޭ ވަރު ގިނަވެ، އެ ހުމުން ރައްކާތެރިވާން ސަމާލުވުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އެދިއްޖެ އެވެ.

އެ ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ޝާފީ މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ މި މަހު އައްޑޫން ރިޕޯޓުކުރި، ޑެންގީ ކޭސްތައް އިތުރުވެފައިވާ ކަމަށެވެ.

މި މަހުގެ މިހާތަނަށް 33 މީހަކަށް ޑެންގީ ޖެހިފައި ވާއިރު އެންމެ ގިނައީ އައްޑޫގައި އާބާދީ އެންމެ ބޮޑު ހިތަދޫގެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

- ހިތަދޫ 27

- މަރަދޫ 4

- މަރަދޫ ފޭދޫ 1

- ހުޅުމީދޫ 1

ޑެންގީ ހުމުން ރައްކާތެރި ވުމަށް ވީހާ ވެސް ބޮޑަށް ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި އާލާވާ ފަދަ ތަކެތި ނައްތާލުމާއެކު، ގެ އާއި ގޯތިތެރޭގައި މަދިރިން ރައްކާތެރި ވުމަށް ލޯޝަން ބޭނުން ކުރުމަށް ހޮސްޕިޓަލުން އެދެ އެވެ.

- އަރާމުކުރުން.

- ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން. [ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުނބާ ފެނާއި ލޮނުޕެކެޓާއި ސޫޕް ފަދަ ތަކެތި]

- ހުން މަޑުކުރުމާއި ގައިގައި ރިއްސުމާއި ހުޅުހުޅުގައި ރިއްސާ ނަމަ ޕެރެސެޓެމޯލް ބޭނުންކުރުން. ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ ނުވަތަ ދިޔާތަކެތި ބޭނުން ނުކުރެވޭ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން.

އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި ޑެންގީ އިތުރުވާ ކަމަށް ފާހަގަވެފައި ނުވާ ކަމަށެވެ.