އުރީދޫން ކޮންމެ ހުކުރު ދުވަހަކު އާންމުންނަށް ރޯދަވީއްލުމެއް، އިއްޔެ ވެސް ބޮޑު ތަރުހީބެއް
އުރީދޫން ކޮންމެ ހުކުރު ދުވަހަކު އާންމުންނަށް ރޯދަވީއްލުމެއް، އިއްޔެ ވެސް ބޮޑު ތަރުހީބެއް

އުރީދޫން މި އަހަރުގެ ރޯދަމަހަށް ހާއްސަ ކޮށްގެން ފެށި "ކޮމިއުނިޓީ އިފްތާރު" ގެ ފުރަތަމަ ރޯދަވީއްލުން ސަލްމާން މިސްކިތުގައި އިއްޔެ ބާއްވާފައިފި އެވެ.

އުރީދޫން ކޮންމެ ހުކުރު ދުވަހަކު އާންމުންނަށް ރޯދަވީއްލުމެއް، އިއްޔެ ވެސް ބޮޑު ތަރުހީބެއް
އުރީދޫން ކޮންމެ ހުކުރު ދުވަހަކު އާންމުންނަށް ރޯދަވީއްލުމެއް، އިއްޔެ ވެސް ބޮޑު ތަރުހީބެއް

އެއީ މި ފަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ބާއްވާ "ހަދިޔާ" ދިނުމާއި ބަދަލުކުރުމުގެ ކެމްޕެއިންގެ ދަށުން އާއްމުންނަށް ހުޅުވާލައިގެން އުރީދޫން ބާއްވާ ހަރަކާތެކެވެ. އެ ކުންފުނިން ނިންމާފައި ވަނީ މި ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހެއްގައި އާންމުންނަށް ހުޅުވާލައިގެން ރޯދަވީއްލުމެއް ބާއްވައި ދިނުމަށެވެ.

އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ފެށި އުރީދޫގެ "ކޮމިއުނިޓީ އިފްތާރް" ގެ ފުރަތަމަ ރޯދަވީއްލުމަށް ކާއެއްޗެހި ފޯރުކޮށްދިނީ ލެސޫކް ރެސްޓޯރަންޓުންނެވެ. ފުރަތަމަ ރޯދަވީއްލުމުގައި ވެސް 200 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނީ ރޯދަމަހަކީ އެކަކު އަނެކަކަށް އެހީތެރިވެ، މުޖުތަމައަށް ވީ ވަރަކުން އެހީތެރިވެ، ސޮދަގާތް ކުރުން ފަދަ އަޅުކަންތައްތައް އިތުރު ކުރަން ޖެހޭ މަހަކަށް ވާއިރު، އެއީ އެ ފަދަ ކަންތައްތައް ކުރުމުގައި މިސާލު ދައްކައި، އެ ފަދަ ކަންތައްތައް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

މި އަހަރުގެ "ހަދިޔާ" ތީމްގެ ދަށުން އުރީދޫން ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކު އެމް-ފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ހަދިޔާ ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސައި ދީފަ އެވެ. އެ ޕެކްތަކުގައި ހިމެނޭނީ ކާބޯތަކެތީގެ ޒަރޫރީ ތަކެއްޗެވެ.

އެއީ އުރީދޫން މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.