ދިރާގުން ރޯދަމަހު ހުރިހާ ކަސްޓަމަރުންނަށް ވެސް ކޮންމެ ދުވަހަކު ހަދިޔާ
ދިރާގުން ރޯދަމަހު ހުރިހާ ކަސްޓަމަރުންނަށް ވެސް ކޮންމެ ދުވަހަކު ހަދިޔާ

މާދަމާ ފަށާ މި އަހަރުގެ ރޯދަމަހަށް ހާއްސަ ކޮށްގެން ދިރާގުން "ރޯދަ ހަދިޔާ" ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަންގެ ދަށުން ކޮންމެ ދުވަހަކު، އަދި ކޮންމެ ހަފުތާއަކު ވެސް ކަސްޓަމަރުންނަށް ހަދިޔާ ލިބޭ އޮފާތަކަކާއި މަސް ނިމޭއިރު ހުރިހާ ކަސްޓަމަރުން ހިމަނައިގެން ބޮޑުހަދިޔާ އެއް ދޭ ލަކީޑްރޯއެއް ވެސް ހިމެނެ އެވެ.

ދިރާގުގެ "ވީކްލީ ބޮޑު ހަދިޔާ"ގެ ގޮތުގައި މި ފަހަރު ދެނީ "މައި ޑިއާ" ބްރޭންޑްގެ މެގަ ހޯމް ޕެކެކެވެ. އެ ޕެކްގައި ހިމަނާފައި ވަނީ އެ ބްރޭންޑްގެ އެކި ކަހަލަ ހޯމް އެޕްލަޔަންސްތަކެވެ. އޭގެ ތެރޭގައި މައިކްރޯވޭވާއި ފްރިޖާއި ވެކިއުމް ކްލީނާ އާއި ދޮންނަ މެޝިން އަދި ޑިޝްވޮޝާ ފަދަ އެޕްލަޔަންސްތައް ހިމެނެ އެވެ.

އެ ހަދިޔާގެ ލަކީޑްރޯ ނަގާނީ ދިރާގުގެ ނެޓްވޯކްގައި ކޮންމެ ހަފުތާއަކު ވެސް އެކްޓިވް ކޮށް އުޅޭ ހުރިހާ ކަސްޓަމަރުންގެ މެދުގަ އެވެ. ކޮންމެ ހަފުތާއަކު ވެސް އާއްމުކޮށް ފޯނުން ކުރާ ބޭނުންތައް ކުރުމުން އޮޓަމެޓިކްކު ކޮށް ދިރާގު ކަސްޓަމަރުން މި ލަކީޑްރޯ އަށް ދާނެ އެވެ.

ކޮންމެ ހަފުތާއަކު އެއް ފަހަރު ލަކީޑްރޯއިން ހޮވޭ ކަސްޓަމަރެއް އިއުލާން ކުރާނެ އެވެ.

ކޮންމެ ދުވަހެއްގެ ވެސް "ޑެއިލީ ހަދިޔާ"ތަކެއްގެ ގޮތުގައި ދިރާގުން ވަނީ ޑޭޓާ އޮފާތަކެއް ތައާރަފްކޮށްފަ އެވެ. ކޮންމެ ދުވަހަކު ވެސް ފަތިހު ހަތަރަކާއި ހެނދުނު 9 އާ ދެމެދު ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށް ވެސް ހަދިޔާއެއްގެގޮތުގައި ޑޭޓާ ލިބޭނެ އެވެ. އެ ހަދިޔާ ލިބޭނީ ދިރާގު އެޕަށް އެ ވަގުތު ވަދެގެންނެވެ.

ކޮންމެ އެޑްއޮންސް ނެގުމުން، އެޕްގައި ހިމެނޭ ބޯނަސް ފީޗާއިން ކަސްޓަމަރުންނަށް އިތުރު އެޑްއޮންސް ލިބޭނެ އެވެ.

ދިރާގުން ރޯދަ އަށް މޮބައިލް އެޕްގައި "ރޯދަ ހަދިޔާ ޝޮޕެއް" ވެސް ވަނީ ތައާރަފް ކޮށްފަ އެވެ. އެ ޝޮޕް މެދުވެރިކޮށް، ހޯމް އިންޓަނެޓް ކަސްޓަމަރުންނަށް ބޫސްޓާސް ނެގޭނެ އެވެ. ނަގާ ކޮންމެ ބޫސްޓާއަކަށް މި ޕްރޮމޯޝަނުގައި ޑަބަލް ޑޭޓާ ލިބޭނެ އެވެ. އެ ޝޮޕް މެދުވެރިކޮށް، އެއް ކަސްޓަމަރު އަނެއް ކަސްޓަމަރަށް ދިރާގުގެ އެކި އެޑްއޮންސްތައް ހަދިޔާ ކުރެވޭނެ އެވެ.

މި އަހަރުގެ ރޯދަމަހުގެ އެންމެ ބޮޑު ހަދިޔާއަކަށް ދިރާގުން ކަނޑައަޅާފައި ވަނީ އުމްރާ ދަތުރެކެވެ. އެއީ ދެ މީހަކަށް ހުރިހާ ހަރަދުތަކާ އެކު ދޭ އުމްރާ ދަތުރެކެވެ. އުމްރާ ދަތުރު ލިބެނީ ރޯދަމަހުގައި އެކްޓިވް ހުރިހާ ދިރާގު ކަސްޓަމަރުން ހިމަނައިގެން ނަގާ ލަކީޑްރޯއަކުންނެވެ.

ދިރާގުން މި އަހަރުގެ ރޯދަމަހު ވެސް އިޖްތިމާއީ ހަރަކާތްތެއްގެ ގޮތުން މިޝަން ފޯ މައިގްރަންޓް ވޯކާސްއާ ގުޅިގެން ކޮންމެ ހުކުރު ދުވަހަކު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ބިދޭސީންނަށް ރޯދަ ޕެކްތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މަމްސް އެއިޑާއި ގުޅިގެން 100 އާއިލާ އަކަށް ދޭ އެހީގެ ޕެކްތައް ވެސް ވަނީ ހަދިޔާ ކުރަން ފަށައިފަ އެވެ.

ދިރާގުން މި ރޯދަމަހު ޑިޖިޓަލް ޝެއިހްގެ ނަމުގައި، ދީނީ މައުލޫމާތު ދޭ ސީރީޒެއް ނެރޭނެ އެވެ. އަދި މި އަހަރު ވެސް ދިރާގު ކަސްޓަމަރުންނަށް ދިރާގު ޕޭ އަދި ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އެވެ.

ދިރާގުން މި އަހަރުގެ ރޯދަ ކެމްޕެއިންގައި ބާރު އަޅަނީ މައިންގެ އަގުވަޒަންކޮށް މައިންނާއި ގުޅުން ބަދަހި ކުރުމަށެވެ.