އިސްތަފާ އިބްރާހީމް މަނިކު އަވަހާރަވެއްޖެ
އިސްތަފާ އިބްރާހީމް މަނިކު އަވަހާރަވެއްޖެ

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޕްރިޒަންސް ޑިވިޝަނުގެ އިސްވެރިޔާގެ މަގާމު ފުރުއްވި ގ. އޯކަމް އިސްތަފާ އިބްރާހިމް މަނިކު މިއަދު ހެނދުނު އަވަހާރަވެއްޖެ އެވެ.

އިބްރާހީމް މަނިކުގެ އާއިލީ ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ އުމުރުން 83 އަހަރުގައި އޭނާ އަވަހާރަވީ، މުސްކުޅި ބަލީގައި ހާލު ސީރިއަސްވެގެން ކަމަށެވެ.

އޭނާގެ ހާލު ދެރަވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭތާ މިއަދަށް 10 ދުވަސް ވަނީ ވެފަ އެވެ.

ގ. އިސްތަފާގޭ އާއިލާ އަށް ނިސްބަތްވާ އިބްރާހީމް މަނިކުގެ ހުންނަވަނީ އަންހެން ދަރިކަނބަލެކެވެ. އަދި ކާފަ ވިދާޅުވާ ދެ ބޭފުޅުން ތިއްބަވަ އެވެ.

އިބްރާހީމް މަނިކު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވައިފަ އެވެ. އަދި ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމާއި ސަރުކާރު މުވައްޒަފުންގެ ނާދީގެ އެޑްމިނިސްޓްރޭޓާރުގެ މަގާމް ވެސް ފުރުއްވާފައިވެ އެވެ.