ބުރާސްފަތި ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް!
ބުރާސްފަތި ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް!

އަންނަ ބުރާސްފަތި ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ އެއްވެސް ހިސާބަކަށާއި އިސްލާމީ ގިނަ ގައުމުތަކަށް ވެސް މިރޭ ހަނދު ނުފެންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރު ވެފައިވާ ކަމަށެވެ.

ދުނިޔޭގެ އެއްވެސް އިސްލާމީ ގައުމަކަށް މިއަދު މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުވެފައި ނުވާ ކަމަށް ރަސްމީ ގޮތުން މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެންކަމުން މާދަމާ އަކީ ޝައުބާން މަހުގެ 30 ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"..މީލާދީ ސަނަތުން 2023 ވަނަ އަހަރުގެ މި ހިނގާ މާޗު މަހުގެ 23 ވާ ބުރާސްފަތި ދުވަހަކީ ހިޖުރީ ސަނަތުން 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއް ވަނަ ދުވަސް ކަމުގައި ކަނޑައަޅައިފިން،" އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވެ އެވެ.