މާލެއިން މީހަކު ގެއްލިގެން ހޯދާތާ ހަފުތާއެއް ވެއްޖެ
މާލެއިން މީހަކު ގެއްލިގެން ހޯދާތާ ހަފުތާއެއް ވެއްޖެ

މީގެ ހަފުތާއެއްހާ ދުވަސް ކުރިން މާލެއިން ގެއްލުނު މީހަކު ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ހ. ކޯލީފްލާވަރު، އަހްމަދު ނާޝިދު، 46، ކަމަށެވެ.

މި މަހު 15 އިން ފެށިގެން ވީނުވީއެއް ނޭނގި، ގެއްލިގެން އޭނާގެ އާއިލާއިން ފުލުހަށް މައްސަލަ ރިޕޯޓްކުރީ މިދިޔަ އާދިއްތަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަހްމަދު ނާޝިދު ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާތީ، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުމަށް އެދުނެވެ.

ވީނުވީއެއް ނޭނގި މީހުން ގެއްލޭ މައްސަލަތައް މިފަހުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އޭގެ ތެރެއިން ގެއްލޭ ގިނަ މީހުން ފުލުހުން ހޯދަ އެވެ. ފުލުހުން އެންމެފަހުން ބުނެފައިވާ ގޮތުގައި، މިގޮތަށް އެންމެ ގިނައިން ގެއްލެނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ.