މިއީ ފުރަތަމަ ބްރީޗެއް ނޫން! ރައީސްގެ ފުރާނަ އަށް ވެސް ނުރައްކާވި ވަގުތުކޮޅެއް!
މިއީ ފުރަތަމަ ބްރީޗެއް ނޫން! ރައީސްގެ ފުރާނަ އަށް ވެސް ނުރައްކާވި ވަގުތުކޮޅެއް!

ޕީޕީއެމް އިން ގަވައިދުން ކޮންމެ ރެއަކު މުޒާހަރާ ކުރަމުން އަންނަ އެ ޕާޓީގެ އޮފީސް ކައިރިން ރޭ ހިނގީ އާދަޔާ ހިލާފު މަންޒަރެކެވެ؛

މިއީ ފުރަތަމަ ބްރީޗެއް ނޫން! ރައީސްގެ ފުރާނަ އަށް ވެސް ނުރައްކާވި ވަގުތުކޮޅެއް!
މިއީ ފުރަތަމަ ބްރީޗެއް ނޫން! ރައީސްގެ ފުރާނަ އަށް ވެސް ނުރައްކާވި ވަގުތުކޮޅެއް!

ގާތްގަނޑަކަށް ރޭ 11:00 ހާއިރު ޕީޕީއެމް އޮފީސް ކައިރީގައި މާހައުލު އޮތީ ވަރަށް ގޯސްކޮށެވެ. މާލޭގައި މުޒާހަރާ ކުރަމުން ދިޔަ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށާއި އެމަނިކުފާނު ހިފައި ހައްޔަރު ކުރަން ދިޔައީ ގޮވަމުންނެވެ. އެ މުޒާހަރާ އާ ގުޅިގެން ފުލުހުން އޮތީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދަށް އެއްވެސް އުޅަނދަކަށް ނުވަދެވޭ ގޮތަށް ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ.

މިއީ ފުރަތަމަ ބްރީޗެއް ނޫން! ރައީސްގެ ފުރާނަ އަށް ވެސް ނުރައްކާވި ވަގުތުކޮޅެއް!
މިއީ ފުރަތަމަ ބްރީޗެއް ނޫން! ރައީސްގެ ފުރާނަ އަށް ވެސް ނުރައްކާވި ވަގުތުކޮޅެއް!

އެހެން ނަމަވެސް، ހުޅުމާލޭގައި އޮތް އިވެންޓެއް ނިންމާލެއްވުމަށް ފަހު ރައީސްގެ މޮޓޯކޭޑް ބްރިޖުން މާލެ ފޭބުމަށް ފަހު ދިމާކޮށްލީ ޕީޕީއެމް އޮފީސް ދޮރުމަތިން ހުރަސް ކުރުމަށެވެ. އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑް ހުރަސް ކުރުމަށް ފަހު މޮޓޯކޭޑް ގޮސް ވައްދާލީ ހޫނުވެފައި އޮތް މުޒާހަރާއެއްގެ މެދަށެވެ.

މިއީ ފުރަތަމަ ބްރީޗެއް ނޫން! ރައީސްގެ ފުރާނަ އަށް ވެސް ނުރައްކާވި ވަގުތުކޮޅެއް!
މިއީ ފުރަތަމަ ބްރީޗެއް ނޫން! ރައީސްގެ ފުރާނަ އަށް ވެސް ނުރައްކާވި ވަގުތުކޮޅެއް!

އެއާއެކު މުޒާހަރާގެ ބައިވެރިންގެ އަޑު އިތުރަށް ގަދަވި އެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ރައީސްގެ ވެހިކަލަށް ދެވޭނެ ޖާގަ ނެތި މޮޓޯކޭޑް ހުއްޓުމަކަށް އައެވެ. އަދި މުޒާހަރާގެ ބައިވެރިން މަގު ބަންދުވާ ގޮތަށް އިތުރަށް ވެހިކަލް ކުރިޔަށް ދިޔުމަށް ހުރަސް އެޅި އެވެ.

ރައީސް އާއި ސެކިއުރިޓީ ވެހިކަލްތައް މެދަށް ހުއްޓިފައި އޮތް މަންޒަރު ފެންނަ ވީޑިއޯ އިން ފެންނަ ގޮތުގައި ރައީސްގެ ސެކިއުރިޓީ ޓީމުން ދިޔައީ މުޒާހަރާގެ އެއްވެސް ބައިވެރިއަކު ރައީސްގެ ކާރައި ކައިރިވިޔަ ނުދިނުމަށް މަސައްކަތް ކުރަމުންނެވެ. މުޅި ސެކިއުރިޓީގެ ފޯކަސް މުޒާހަރާގެ ބައިވެރިންނަށް ގެއްލިފައި ވަނިކޮށް ރައީސްގެ ކާރުގެ ދެ ފަރާތުން އާންމުން ސައިކަލުތަކުގައި ދިޔައީ ދަތުރު ކުރަމުންނެވެ.

"އަސްލު އެއީ ކޮށްގެން ވާ ވަރުގެ ކަމެއް ނޫން. ރައީސުލްޖުމްހޫރިއްޔާ އަށް ސެކިއުރިޓީ ދޭ ވާހަކަ މި ދައްކަނީ. ބޮޑު މުޒާހަރާއެއްގެ ތެރޭގައި 15 މިނެޓު ރައީސަށް ކުރިޔަށް ނުދެވި އޮވެ އަނބުރާލާފައި ވަޑައިގަންނަވަން ޖެހުމަކީ ވަރަށް ބޮޑު ސެކިއުރިޓީ އިޝޫއެއް،" ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް "މިހާރު" އަށް ވިދާޅުވި އެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް މަގުމަތިން ހުއްޓުވައި، ކުރިޔަށް ނުދެވިގެން އަނބުރާ ދާން ޖެހުނު ފަހަރެވެ. އެވަރުގެ ކަމެއް ހިނގުމާއެކު އެކަމާ ގުޅޭ އެތައް ސުވާލެއް މީހުން އަންނަނީ އުފައްދަމުންނެވެ.

މާލޭގައި ކޮންމެ ރެއަކު ގަވައިދުން އެ ސަރަހައްދުގައި މުޒާހަރާ ކުރާއިރު ރައީސްގެ ސެކިއުރިޓީ އެ ރޫޓް ނެގީ ކީއްވެ ހެއްޔެވެ؟ ބެރިކޭޑް ޖަހާފައި ބަންދުކޮށްފައި ވަނިކޮށް ސީދާ ހޫނު މުޒާހަރާގެ ތެރެއަށް ވަނީ ކީއްވެ ހެއްޔެވެ؟ ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވެ ފުރާނަ އަށް ގެއްލުން ލިބިފައިވާ ބޮޑު ހާދިސާއެއް ހިނގައި އެމްއެންޑީއެފް އާއި ފުލުހުންގެ ސެކިއުރިޓީ ކަންކަން އަލުން ރިވިއުކޮށް ހަރުދަނާ ކުރަން ލަފާ ދީފައި ވަނިކޮށް އަނެއްކާ މިވަރުގެ ބޮޑު ބްރީޗެއް މިއީ ކިހިނެއް ހެއްޔެވެ؟

އެ ހާދިސާ އާ ގުޅިގެން "މިހާރު" އިން ވާހަކަ ދެއްކި ރައީސްގެ ބޮޑީގާޑުން ތަމްރީން ކުރި އެމްއެންޑީއެފްގެ ކުރީގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ރައީސް ވަޑައިގަތީ ދުރާލާ ރާވާފައި އޮތް ހަފްލާއަކަށް ވާނަމަ އެމަނިކުފާނު ދަތުރު ކުރާ ހުރިހާ ރޫޓަކާއި އެމަނިކުފާނުގެ ހުރިހާ މޫވްމަންޓެއް އޮންނާނީ ދުރާލައި ރާވައި ރައްކާތެރި ކުރެވިފަ އެވެ.

އެއްވެސް މަގެއް ބަންދުކޮށްފައި އޮތްތޯ ނުވަތަ އެންމެ ކުޑަމިނުން މަގުތަކުގެ ޓްރެފިކް ހާލަތުގެ ޑީޓެއިލް ވެސް ރައީސްގެ ޕާސަނަލް ސެކިއުރިޓީ އާ ހަމައަށް ގޮސްފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކިން ހާއްސަކޮށް މުޒާހަރާއެއް ކުރާނަމަ ރައީސްގެ ސެކިއުރިޓީ ކޯޑިނޭޓް ކުރާ ސިފައިންނާއި ފުލުހުންނާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކުގެ ސަމާލު ކަމަށް އެކަން އޮންނަން ވާނީ އައިސްފައި. މާކުރިން އެނގޭނެ މި ރޫޓުގައި އެފަދަ ކަމެއް ހިނގާ ކަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސްގެ މޮޓޯކޭޑްގެ ކުރީގައި ފުލުހުންގެ ލީޑް ވެހިކަލްތަކެއް އޮންނާނެ އެވެ. ރައީސްގެ ކާރު އެއްވެސް މަގަކަށް އެޅުމުގެ ކުރިން ލީޑް ޓީމުން ކުރީބައިގައި އެ މަގަކަށް އަޅައި އޮތް ހާލަތު އަންގަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޒާހަރާ ފަދަ ކަމެއް ހިނގާ ކަމަށް ލީޑް ޓީމުން އަންގައިފި ނަމަ ރައީސްގެ ވެހިކަލްގައި އިންނަވާ ސެކިއުރިޓީން ރައީސް އަށް ވެސް ދަންނަވާނެ މިފަދަ ކަމެއް ހިނގާ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އެފަދަ ކަމެއް އެމްއެންޑީއެފްގެ ސެކިއުރީޓީ އަށް ނޭނގުމަކީ އެއީ ސެކިއުރިޓީން ޒިންމާ ނަގަން ޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޕްރޮސީޖާތައް ހަދާފައި އޮތް ގޮތުން އެވަރުގެ ކަމެއް އެއީ ނޭނގި އޮޅިގެން ކުރެވޭނެ ކަމެއް ކަމުގައި ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަބަބަކީ ކޮންމެ ރެއަކު ވެސް އެ ސަރަހައްދުގައި މުޒާހަރާ ހިނގާތީ އާއި އެ ދިމާލަށް ދިޔައީ ފުލުހުން ބެރިކޭޑް ޖަހައި ބަންދު ވެސް ކޮށްފައި އޮއްވާ ކަމަށް ވާތީ އެވެ.

އެކަން ހިނގަން މެދުވެރިވި ދެވަނަ ސިނާރިއޯއެއް ކަމަށް އޭނާ ވިދާޅުވީ އެއީ މައްސަލައެއް ނެތް ކަމަށް ރައީސް އަންގަވައިގެން ކުރި ކަމެއް ގޮތުގަ އެވެ.

އެހެން ނަމަވެސް ގައުމެއްގެ ވެރިއެއްގެ ފުރާނަ އަށް ނުރައްކާ ވެދާނެ ފަދަ ތަނަކަށް ދިއުމަށް އެ ފަރާތަކުން އެންގި ނަމަވެސް އެކަމަށް ސެކިއުރިޓީން އަމަލުކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ވިދާޅުވިޔަސް ސެކިއުރިޓީ ބްރީޗް ކުރާ ފަދަ ގޮތަކަށް ކަންތައް ކުރަން ނޭނގޭނެ،" އޭނާ ވިދާޅުވި އެވެ.

އެ ހާލަތު ދިމާވެ މަގު ބްލޮކް ވުމުން އަނބުރާލާފައި ދިއުމަކީ ރަނގަޅު ގޮތެއްތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެއީ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އަމަލު ކުރާ ގޮތް ކަމަަށެވެ. ބައެއް ގައުމުތަކުގެ މޮޓޯކޭޑް ކުއްލިއަކަށް އޮން ދަ ސްޕޮޓް ހާލަތެއް ދިމާވެގެން އަނބުރާލާފައި ދާން ޖެހިފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނބުރާލާފައި އެވޮއިޑް ކުރަން ޖެހޭނީ ރޫޓް. ކޮންފްރަންޓް ކުރާކަށް ނޫން ވަގުތުން ޖެހިގެން އޮތް ގޯޅި އަޅައިގެން ނައްޓާލަން ޖެހޭނީ. އެއީ އޮންދަ ސްޕޮޓް ނޭނގި ކަމެއް ހިނގައިފި ނަމަ. އޮންނަ ގޮތަކީ އެސްކޭޕް ކުރުން،" އޭނާ ވިދާޅުވި އެވެ.

ނަޝީދަށް ބޮމުގެ ހަމަލާ ދިން ހާދިސާ އަށް ފަހު ސެކިއުރިޓީ ބްރީޗް ނުވާނެ ގޮތަކަށް ކަންކަން ބަހައްޓަން ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސް އާއި ސެކިއުރިޓީ ކަންކަން އެކީ ރިވިއުކޮށް އިސްލާހު ކުރަން ހުށަހަޅައި ބައެއް ބަދަލުތައް ވެސް ވަނީ ގެނެސްފަ އެވެ.

އެހެން ނަމަވެސް އޭގެ ފަހުން ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ބައެއް ދަތުރުފުޅުތަކުގެ ތެރޭގައި އެތައް ފަހަރަކު ސެކިއުރިޓީ ބްރީޗްވެ އެމަނިކުފާނުގެ ފުރަނާ އަށް ގެއްލުން ވެދާނެ އެތައް ކަމެއް ހިނގައިދިޔަ އެވެ.

ދާދި ފަހުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކެމްޕެއިން ދަތުރުތަކުގައި ރައީސް އުޅުއްވި އިރު އެމަނިކުފާނު ސަލާން ކުރައްވާ ވަގުތާއި ހިންގަވާފައި ވަޑައިގަތް ވަގުތު އެތައް ފަހަރަކު އެފަދަ ކަންކަން ދިމާވި އެވެ.

ފުވަމުލަކުގައި ރައީސް އެއާޕޯޓުން ފައިބައިވަޑައިގެން މީހުންނާ ސަލާން ކުރެއްވުމަށް ފަހު މޮޓޯކޭޑުގައި ނައްޓާލި ވަގުތު އަނެއްކޮޅުގައި ތިބި ޕީޕީއެމްގެ މުޒާހަރާގެ ބައިވެރިން ހަޅޭއްލަވައި، އަރައިގަތެވެ. އަދި ރައީސްގެ ކާރުކޮޅުގެ ބޮނެޓުގައި ޖަހައި ހުރަސް އެޅި ކަމަށް އެ މަންޒަރު ދުށް ބައެއް މީހުން "މިހާރު" އަށް ކިޔައިދިނެވެ.

ގއ. ވިލިނގިލީގައި ވެސް ނުރައްކާތެރި ހާދިސާއެއް ހިނގި އެވެ. ރައީސް މައި މަގުން ހިންގަވައިފައި ވަޑައިގަންނަވަނިކޮށް ގޯޅިގަނޑަކުން ކުއްލިއަކަށް ދެ ސައިކަލު ނިކުމެ ރައީސްގެ ހަށިކޮޅުގައި ސައިކަލުން ޖައްސަން މަސައްކަތް ކުރި އެވެ.

"ސައިކަލުތައް ކިރިޔާ ކޮންޓްރޯލް ކުރެވުނީ. ދެން އެ މީހުންނާއި ފުލުހުންނާ ދޭތެރޭ ހިނގީ ކުރިމަތިލުމެއް. ރައީސްގެ ސެކިއުރިޓީ އޮތީ އެ ދުވަހު ވެސް ވަރަށް ބޮޑަށް ފެއިލް ވެފައި،" އެތަނުގައި ހުރި މީހަކު މިހާރު އަށް ބުންޏެވެ.

ވިލިނގިލީގެ ހާލަތު ހުރި ގޮތުން އެންމެ ފަހުން އިތުރު ސިފައިން އެ ރަށަށް ރަޔަޓު ގިޔަރުގައި އެރުވީ އެވެ. އަދި އޭގެ ފަހުން މުޅި ރަށުގައި އެ ސިފައިން ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ އެވެ.

ގދ. ތިނަދު އަށް ރައީސް ވަޑައިގަތުމާ އެކު ވެސް ހަމަ ހިނގީ އެފަދަ ހާދިސާއެކެވެ. ސެކިއުރިޓީ ފަޅައިލުމަށް ފަހު މީހަކު ދުއްވައިގަތީ ރައީސް އާ ދިމާލަށް ކަމަށް އެ ކެމްޕެއިންގައި އުޅުނު މީހަކު "މިހާރު" އަށް ބުންޏެވެ.

"އެ ދުވަހު ޝަމާލް ކައިރީ އެ ވާހަކަ ބުނީމަ ވިދާޅުވީ މިހާރު އެ ހުރީ ދުރަށް ޖައްސައިފަ އޭ. އެކަމަކު މިއީ ރައީސްގެ ސެކިއުރިޓީ އޮތް ހާލަތު،" އޭނާ ވިދާޅުވި އެވެ.

ރޭގެ ހާދިސާ އަކީ ވަރަށް ގިނަ ސުވާލުތައް އޮތް ހާދިސާ އެކެވެ. ރާއްޖޭގެ އެންމެ އިސްވެރިޔާގެ ސެކިއުރިޓީ އޮންނަން ޖެހެނީ މި ފެންވަރުގައިތޯ މިއީ އެންމެ ބޮޑު ސުވާލެކެވެ. ގަބޫލު ނުކުރެވޭނެ ކަމަކީ، ރޭގެ ކަންތައްތަކަކީ ވެގެން ވާނެ ކަމެއް ނޫން ކަމެވެ.