"ރަމަޟާން އެއިޑް" ކެމްޕެއިނުން 100 އާއިލާއަކަށް އެހީ ވަނީ
"ރަމަޟާން އެއިޑް" ކެމްޕެއިނުން 100 އާއިލާއަކަށް އެހީ ވަނީ

ދިރާގުން މަމްސް އެއިޑް ޖައްމިއްޔާއާ ގުޅިގެން "ރަމަޟާން އެއިޑް"ގެ ނަމުގައި ކެމްޕެއިނެއް ލޯންޗުކޮށްފި އެވެ.

މި ކެމްޕެއިންގެ ދަށުން އެހީ ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމައިފަ އެވެ. މި ކެމްޕެއިނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑް ޖަމިއްޔާއިން ރޭވި ކެމްޕެއިނެކެވެ. މި ކެމްޕެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ އާންމުންނަށް ވެސް ހުޅުވާލައިފަ އެވެ.

ދިރާގުގެ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި އަންހެނުން ބާރުވެރިކުރުވައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމުގައި ހާއްސަ އަހައްމިޔަތުކަމެއް ދެމުން އަންނަ ކަމަށެވެ. އަަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވަފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ކުރާ މަސައްކަތްތައް ފާހަގަކޮށް އެ ޖަމިއްޔާއަށް ޝުކުރު އަދާކުރެއްވި އެވެ.

މަމްސް އެއިޑްގެ ޕްރޮގްރާމް ޑިރެކްޓަރު ފާތިމަތު އުމްރާ ވިދާޅުވީ ދިރާގުގެ އެހީތެރިކަމުގެ ސަބަބުން ރަމަޟާން މަހަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ހިމެނޭ ކެއާ ޕެކޭޖްތައް އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލައި މައިންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

"ރަމަޟާން އެއިޑް" ކެމްޕެއިނަކީ ރާއްޖޭގެ އެހީތެރިކަން ބޭނުންވެފައިވާ އާއިލާތަކަށް ސަޕޯޓްކުރުމުގެ ގޮތުން މަމްސް އެއިޑްއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.