ރޯދަމަހު ބީއެމްއެލްގެ ހިދުމަތް ފަށާނީ ހެނދުނު 9:30 ގައި
ރޯދަމަހު ބީއެމްއެލްގެ ހިދުމަތް ފަށާނީ ހެނދުނު 9:30 ގައި

ރޯދަ މަހަށް ބީއެމްއެލްގެ ރަސްމީ ގަޑިތަކަށް ގެނައި ބަދަލުތައް އިއުލާން ކޮށްފި އެވެ.

އެ ބޭންކުން ނެރުނު އިއުލާނުގައި ވާ ގޮތުން މި ރޯދަ މަހު ބެންކުގެ ހިދުމަތްތައް ލިބޭނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ. އަދި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ވެސް ބޭންކުގެ ހިދުމަތްތައް ދޭނީ އެ ވަގުތުތަކުގަ އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި ރޯދަ މަހު އެ ބޭންކުން ދޭ ހިދުމަތްތަކުގެ ތެރެއިން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމާއި މުވައްޒަފުންގެ މުސާރަ ޖަމާކުރުމާއި ލޯކަލް ޓްރާންސްފާތަކާއި ޕޭމަންޓުތަކާއި ގުޅޭ ޗެކުތައް 11 ޖެހުމުގެ ކުރިން ހުށަހަޅައިފި ނަމަ އެ ޗެކުތައް އެ ދުވަހުން އެ ދުވަހަށް ޕްރޮސެސް ކޮށްދޭނެ އެވެ.

ބީއެމްއެލްއިން ބުނީ އެ މުއްދަތުގައި އޭޓީއެމުން ޖަމާކުރާ އެހެން ބެންކުތަކުގެ ޗެކުތައް އެ ދުވަހެއްގެ ހެނދުނު 9:00ގެ ކުރިން ޖަމާކޮށްފި ނަމަ އެ ޗެކެއް އެ ދުވަހުން އެ ދުވަހަށް ޕްރޮސެސް ކުރާނެ ކަމަށެވެ.

ބީއެމްއެލްއިން ހިދުމަތްތަކަށް ކަނޑައަޅާފައިވާ ވަގުތުތަކުގެ ފަހުން ހުށަހަޅާ ޗެކުތައް ޖެހިގެން އަންނަ މަސައްކަތް ކުރާ ދުވަހު ޕްރޮސެސް ކޮށްދޭނެ ކަމަށް ބެންކުން ބުންޏެވެ.

ފައިސާ ނެގުމައި ފައިސާ ފޮނުވުމުގެ މުއާމަލާތްތައް ބެންކުގެ ސެލްފް ސާވިސް ސެންޓަރުތަކުގައި ހުންނަ އޭޓީއެމްތަކުންނާއި މޮބައިލް އެޕްލިކޭޝަން އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެ އެވެ.