ޕުޓިން ހައްޔަރުކުރަން ނެރުނު އަމުރާ އެކު ދެން ވާނީ ކިހިނެއް؟
ޕުޓިން ހައްޔަރުކުރަން ނެރުނު އަމުރާ އެކު ދެން ވާނީ ކިހިނެއް؟

ހަނގުރާމައިގެ ޖަރީމާ ހިންގުމުގެ ކުށް ކުރިކަމަށް ތުހުމަތުކޮށް ރަޝިއާގެ ރައީސް ލަޑްމިއާ ޕުޓިން ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރު ނެރުމަކީ ދުނިޔޭގެ މަސްރަހުގެ މި ވަގުތު އެންމެ ބޮޑު އެއް ޚަބަރެވެ.

ޕުޓިން ހައްޔަރުކުރަން ނެރުނު އަމުރާ އެކު ދެން ވާނީ ކިހިނެއް؟
ޕުޓިން ހައްޔަރުކުރަން ނެރުނު އަމުރާ އެކު ދެން ވާނީ ކިހިނެއް؟

ޔޫކްރޭނާ ދެކޮޅަށް ރަޝިއާއިން ކުރަމުންދާ ހަނގުރާމައިގައި އެ ގައުމުގެ ކުޑަކުދިން އާއިލާތަކާ ވަކި ކުރަމުން ދާތީ، ރަޝިއާގެ ކުޑަކުދިނާ ގުޅޭ ކޮމިޝަނަރު މާރިއާ އެލެކްސެއެވްނާ ވެސް ހައްޔަރު ކުރަން ވަނީ އަމުރު ނެރެފަ އެވެ.

ޕުޓިން ހައްޔަރުކުރަން ނެރުނު އަމުރާ އެކު ދެން ވާނީ ކިހިނެއް؟
ޕުޓިން ހައްޔަރުކުރަން ނެރުނު އަމުރާ އެކު ދެން ވާނީ ކިހިނެއް؟

ނެދަލެންޑްސްގެ ދަ ހޭގްގައި ހުނަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމީ ޕުޓިން އާއި މާރިއާ ހައްޔަރުކުރަން އަމުރު ނެރެވޭނެ ސަބަބުތައް އެބަހުރި ކަމަށެވެ. ޔޫކްރޭންގެ ކުޑަކުދިން ރަޝިއާގެ އާއިލާތަކުން އޮޑްޕްޓް ކުރެ އެވެ. އެއީ އެ ކުދިންގެ އާއިލާ އާއި ތިމާގެ މީހުންނަށް އެ ކުދިންނާ ހަވާލުވުމުގެ ފުރުސަތު ނުދީ އެވެ. އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ބަސް މަގުގައި އެއީ މަޖުބޫރުން ޑީޕޯޓް ކުރުމެވެ.

- ހަނގުރާމައިގެ ޖަރީމާ ހިންގުމުގެ ކުށް

- ކުޑަ ކުދިން ގަދަކަމުން ޑިޕޯޓް ކުރުން

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ލީޑަރު ހައްޔަރު ކުރަން، ބައިނަލްއަގުވާމީ ކޯޓުން އަމުރު ނެރުނަސް އެއީ ކުރަން އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެރޭ އަމުރާ އެއްގޮތަށް މީހުން ހައްޔަރު ކުރަން ފާސް ކުރި ގަރާރުގައި ރަޝިއާއިން ކުރި ސޮއި ކުރި އެވެ. އެކަމަކު 2016 ގައި އެ ގައުމުން ސޮއި އަނބުރާ ގެންދިޔަ އެވެ.

ރަޝިއާއިން އެ ގަރާރު ބަލައި ނުގަތުމަކީ ރަޝިއާގައި ހުއްޓައި ޕުޓިން ހައްޔަރު ނުކުރެވިދާނެ ސަބަބެކެވެ. އެކަމަކު އެ ބަލައިގަންނަ ގައުމަކަށް ޕުޓިން ވަޑައިގެންފިނަމަ ހައްޔަރު ކުރެވިދާނެ އެވެ.

ބައިނަލްއަގުވާމީ ސަމިޓަކަށް ފޯރަމަކަށް ޕުޓިން ވަޑައިގަންނަވާނަމަ މި އަމުރުގެ ސަބަބުން އެ ހުރަސްތައް ކުރިމަތި ވާނެ އެވެ. ދެން އޮތީ އެއިން ސަމިޓަކަށް އޭނާ ދަތުރު ކުރައްވާނަމަ ޑިޕްލޮމެޓިކް ރައްކާތެރިކަން އޭނާ އަށް އޮވެދާނެތޯ އުފެދޭ ސުވާލެވެ. އިޓަލީގެ ރޯމްގައި 1998 ގައި ފާސް ކުރި ގަރާރުގައި ވާގޮތުން ހަނގުރާމައިގެ ޖަރީމާ ހިންގާ މީހުންނަށް ޑިޕްލޮމެޓިކް ސަލާމަތްތެރިކަން ނުހިނގާނެ އެވެ.

އަސްކަރީ ބަޣާވާތަކުން ވެރިކަމަށް އައި ޗިލީގެ ކުރީގެ ރައީސް އޮގަސްޓޯ ޕީނޮޝޭ، އޮކްޓޯބަރު 1998 ގައި ލަންޑަނުން ހައްޔަރު ކުރީ ނުރަސްމީ ދަތުރެއްގައި ވަޑައިގެން އުޅުއްވަނިކޮށެވެ. އިނގިރޭސިވިލާތަކީ ރޯމްގެ ގަވާއިދު ބަލައިގަނެފައިވާ ގައުމެކެވެ. ޕިނޮޝޭ އަށް ޑިޕްލޮމެޓިކް ސަލާމަތްތެރިކަން އޭނާ އަށް އޮންނަން ޖެހޭނެ ކަމަށް އޭރު ވާކާލަތު ކުރި އެވެ. އެކަމަކު ގާތްގަނޑަކަށް ތިން އަހަރު އޭނާ ލަންޑަންގައި ބަންދުގައި ހުންނަވަން ޖެހި ވަޑައިގަތެވެ.

ގައުމުން ބޭރަށް ދާނަމަ، ޕުޓިން އަށް އޮތީ ރޯމްގެ ގަވާއިދު ބަލައިގަނެފައި ނުވާ ގައުމެއްގައި ބާއްވާ ރަސްމީ ބައްދަލުވުމަކަށް ވަޑައިގަތުމެވެ. ބައިނަލްއަގުވާމީ ކޯޓުން އޭނާ ހައްޔަރު ކުރަން އަމުރު ނެރުނު ނަމަވެސް އެ ގައުމުތަކުން އެކަމަށް އަމަލު ނުކުރާތީ އޭނާ އަށް ސަލާމަތް ވެވިދާނެ އެވެ.

ބައިނަލްއަގްުވާމީ ކޯޓުން ހައްޔަރުކުރަން އަމުރު ނެރުނު ނަމަވެސް، ހައްޔަރު ނުކުރެވުނު ދުނިޔޭގެ އެއް ލީޑަރަކީ ސޫދާންގެ ކުރީގެ ރައީސް އުމަރް އަލް ބަޝީރެވެ. އޭނާ ހައްޔަރުކުރަން ދެފަހަރަށް އިންޓަނޭޝަނަލް ކޯޓުން އަމުރު ނެރުނެވެ. އެކަމަކު އިންޑިއާ އާއި ނައިޖީރިއާ ފަދަ ބޮޑެތި ގައުމުތަކުގައި ބޭއްވި ސަމިޓްތަކަށް އޭނާ ވަޑައިގެންނެވި އެވެ. އޭނާ ހައްޔަރު ކުރަން އެ ގައުމުތަކުން އަމަލު ނުކުރީ ރޯމްގެ ގަރާރުގައި ސޮއިކޮށްފައި ނުވާތީ އެވެ.

ދެކުނު އެފްރިކާ އަކީ ރޯމްގެ ގަރާރު ބަލައިގެންފައިވާ ގައުމެކެވެ. އެ ގައުމުގައި 2015 ގައި ބޭއްވި އެފްރިކާ ސަމިޓަށް އަލް ބަޝީރު ވަޑައިގެންނެވި އެވެ. އޭނާ ހައްޔަރު ކުރަން ބައިނަލްއަގުވާމީ ކޯޓުން ދެކުނު އެފްރިކާގެ ސަރުކާރަށް ހުށަހެޅި އެވެ. ނަމަވެސް އެ ހުށަހެޅުން އެ ގައުމުގެ ސަރުކާރުން ބޮލާލާ ޖެހީ ސޫދާނާ އެކު ދަމަހައްޓާ އެކުވެރިކަމުގެ ސަބަބުންނެވެ.

ގަރާރު ބަލައިގެންފައި އޮތް ގައުމަކަށް ޕުޓިން ވަޑައިގަންނަވާނަމަ، ރަޝިއާ އާ ގާތް ގުޅުމެއް އޮންނަ ގައުމުތަކަށް އޭނާ ވަޑައިގަތުމަކީ ގާތުގައިވާ ކަމެކެވެ. މިސާލަކަށް ވެނެޒުއޭލާ އެވެ. އެ ގައުމަކީ މްގެ ގަރާރު ބަލައިގަނެފައިވާ ވެސް ގައުމެކެވެ. އަދި ރަޝިއާ އާ އެކު ވަރަށް ބަދަހި ގުޅުމެއް ވެސް ބާއްވާ ގައުމެކެވެ.

ވެރިކަމުގައި ހުންނަވާހާ ދުވަހަކު ޕުޓިން ހައްޔަރު ކުރުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. ޕުޓިން ވެރިކަން ދޫކޮށްލައްވާ ދުވަހަކުން ނުވަތަ އޭނާގެ ވެރިކަން ނިމޭ ދުވަހަކުން ރަޝިއާ އަށް ދެން އަންނަ ސަރުކާރަކުން ބޭނުން ނަމަ ޕުޓިން ހައްޔަރުކޮށް ބައިނަލްއަގުވާމީ ކޯޓުގައި އޭނާގެ ޝަރީއަތް ހިންގަން ފުރުސަތު ދެވޭނެ އެވެ. އެކަމަކު މީގެ ކުރިން ކަން ހިނާގަފައިވާ ގޮތަށް ބަލާއިރު ގައުމުތަކަށް ދެން އަންނަ ސަރުކާރުތަކުން، އޭގެ ކުރީގެ ވެރިން ހައްޔަރުކުރަން ދެކޮޅު ހަދާފައި ވެއެވެ.

ކުރީގެ ޔޫގޮސްލޭވިއާގެ ލީޑަރު ސްލޮބޮޑާން މިލޯސެވިޗް ހައްޔަރު ކުރަން ނެރުނު އަމުރު ތަންފީޒުކުރާކަށް، ޔޫގޮސްލޭވިއާ ރޫޅި އުފެދުނު ސާބިއާގެ ސަރުކާރަކުން ބޭނުމެއް ނުވި އެވެ. އެ ގައުމުގެ އޭރުގެ ބޮޑުވަޒީރު ޒޯރާން ޒިންޗިކް ވިދާޅުވެފައި ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓާ މިލޯސެވިޗް ހަވާލު ކުރުމުގެ ބަދަލުގައި ކޯޓާ މަޝްވަރާކޮށްގެން އެކަން ކުރިއަށް ގެންދާން ބޭނުންވާ ކަމަށެވެ.

އެކަމަކު، މުޅިން އަލަށް ވަކި ގައުމެއްގެ ގޮތުގައި އުފެދުނު ސާބިއާ އަށް ވޯލްޑް ބޭންކާއި އައިއެމްއެފް އަދި އެމެރިކާއިން ދޭން ވައުދުވެފައިވާ އެހީތައް ނުދީ ހިފަހައްޓާނެ ކަމަށް އިންޒާރު ދިން ހިސާބުން މިލޯސެވިޗް ކޯޓާ ހަވާލު ކުރަން ޒިންޗިކްގެ ސަރުކާރަށް މަޖުބޫރުވި އެވެ. މިލޯސެވިޗް އަވަހާރަވީ ވެސް ޖަލުގައި ހުންނަވަނިކޮށެވެ.

ސާބިއާ އަށް ޕްރެޝަރު ކުރެވުނަސް ރަޝިއާ އަށް އެވަރުގެ ޕްރެޝަރެއް ކުރިމަތި ކުރެވޭނެ ވަރުގެ ބާރެއް މިވަގުތު ދުނިޔޭގައި އޮތްތަނެއް ނުފެނެ އެވެ.