ޕްރިޔަންކާ ބުނަނީ ކުރިމަގުގެ ބޮލީވުޑް "ސުޕަސްޓާ" އަކީ އަލާޔާ ކަމަށް
ޕްރިޔަންކާ ބުނަނީ ކުރިމަގުގެ ބޮލީވުޑް "ސުޕަސްޓާ" އަކީ އަލާޔާ ކަމަށް

ކުރިމަގުގައި ބޮލީވުޑްގެ "ސުޕަސްޓާ" އަކީ އެކްޓްރެސް އަލާޔާ އެފް ކަމަށް ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.

ޕްރިޔަންކާ ބުނަނީ ކުރިމަގުގެ ބޮލީވުޑް "ސުޕަސްޓާ" އަކީ އަލާޔާ ކަމަށް
ޕްރިޔަންކާ ބުނަނީ ކުރިމަގުގެ ބޮލީވުޑް "ސުޕަސްޓާ" އަކީ އަލާޔާ ކަމަށް

ޕްރިޔަންކާގެ އާ ސީރީޒް "ސިޓަޑޭލް" ޕްރޮމޯޓުކުރުމުގެ ތެރެއިން ދިން އިންޓަވިއުއެއްގައި، އޭނާގެ ނަޒަރުގައި ދެން އަންނާނެ ބޮލީވުޑް "ސުޕަސްޓާ" އަކީ ކާކުތޯ ކުރި ސުވާލަށް ބުނީ އަލާޔާ އަކީ ވަރަށް ތަފާތު ވިސްނުމެއްގެ މީހެއް ކަމަށެވެ.

"އަހަރެން އަލާޔާއާ ދިމާވި ދުވަހު ބުނިން ތިޔައީ ވަރަށް ކޫލް އަދި އެހެންމީހުންނާ ތަފާތު ވިސްނުމެއް ގެންގުޅޭ މީހެކޭ. އޭނާ އެހެންމީހުން އުޅޭ ގޮތަކަށް އުޅޭކަށް ނޫޅޭ. ކުރިއަށް ހުރި އަހަރުތަކުގައި ފެންނާނެ ހެން ހީވަނީ،" ޕްރިޔަންކާ ބުންޏެވެ.

ހޮލީވުޑްގައި ވެސް މަގްބޫލުކަން ހޯދަމުން އަންނަ ޕްރިޔަންކާގެ މި ވާހަކައާ މެދު އަލާޔާ ހުރީ އުފަލުން ފޮޅިފަ އެވެ.

"އަހަރެން މިވާ އުފަލަކާއި މިކަމަށް ޝުކުރުވެރިވާ ވަރު ސިފަކޮށްދޭން ފަށާނެ ގޮތެއް ވެސް ނޭނގޭ. އެމީހެއްގެ އެންމެ އެންމެ ފެވަރިޓް އެކްޓްރެސް، އެ މީހަކީ ބޮލީވުޑްގެ ކުރިމަގުގެ ސުޕަސްޓާގެ ގޮތުގައި ސިފަކުރުމަށް ވުރެ ހިތްހަމަޖެހޭ ކަމެއް މި ދުނިޔެއަކު ނެތް،" އިންސްޓަގްރާމް ސްޓޯރީގައި ޕްރިޔަންކާގެ އިންޓަވިއު ފޮޓޯއަކާ އެކު އަލާޔާ ލިޔެފައިވެ އެވެ.

އަލާޔާ އެންމެ ފަހުން ސިނަމާއިން ފެނުނީ އަނޫރާގް ކަޝްޔާޕްގެ "އޯލްމޯސްޓް ޕްޔާރް" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޔޫ-ޓާން" އާއި "އޭކް އޯރް ގަޒަބް ކަހާނީ" އަދި "ސްރީ" ފާހަގަކޮށްލެވެ އެވެ.

ރިޗާޑް މޭޑަންއާއެކު ޕްރިޔަންކާ ފެންނަ ސްޕައި ސީރީޒް "ސިޓަޑޭލް" އޯޓީޓީގައި އަންނަ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވެ އެވެ. އޭގެ އިތުރުން، ހޮލީވުޑް ފިލްމު "ލަވް އަގެއިން" ގެ އިތުރުން، އާލިއާ ބަޓް އަދި ކެޓްރީނާ ކެއިފްއާއެކު ފެންނަ ބޮލީވުޑް ފިލްމު "ޖީ ލޭ ޒަރާ" ވެސް ޕްރިޔަންކާގެ އާ ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނެ އެވެ.