އެސްޓީއޯއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި "ރޯދަ މާޓު" ހުޅުވައިފި
އެސްޓީއޯއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި "ރޯދަ މާޓު" ހުޅުވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި "ރޯދަ މާޓު" ގެ ނަމުގައި އާ ފިހާރައެއް އެސްޓީއޯއިން ހުޅުވައިފި އެވެ.

އެސްޓީއޯއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި "ރޯދަ މާޓު" ހުޅުވައިފި
އެސްޓީއޯއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި "ރޯދަ މާޓު" ހުޅުވައިފި

އެ ފިހާރަ ހުޅުވީ ދެވަނަ ފިޔަވަހީގެ ވިނަރެސް ނުވައެއްގަ އެވެ. އެ ފިހާރައިން ރީޓެއިލް އަދި ހޯލްސޭލްކޮށް ވެސް އެސްޓީއޯއިން އެތެރެ ކުރާ ކާބޯތަކެތީގެ ގިނަ ބާވަތްތައް ލިބޭނެ އެވެ. ރޯދަ މާޓް ހުޅުވައި ދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ.

ރޯދައާ ދިމާކޮށް އެ ފިހާރަ ހުޅުވި އިރު އެތަނުން ކަސްޓަމަރުންގެ އެންމެ ބޮޑު ޑިމާންޑެއް އުފެދޭ ބާވަތްތައް ކަމުގައިވާ ފިޔާ، އަލުވި އަދި ބިސް ވެސް ލިބޭނެ އެވެ.

އެސްޓީއޯއިން ބުނީ، އެ ފިހާރައިގައި ރޯދަ ވީއްލުމަށް ހަދާ ހެދިކާ ފަދަ ތަކެތިވެސް ބެހެއްޓޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.

އެ ފިހާރައިގެ އިތުރުން އެސްޓީއޯ އިން އަންނަނީ އިތުރު ދެ ސަރަހައްދަކުން ހޯލްސޭލްކޮށް ތަކެތި ވިއްކަމުންނެވެ. އެއީ އެސްޓީއޯގެ ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖެވެ. އޭގެ އިތުރުން ރީޓެއިލްކޮށް ރޯދަ މާޓުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް ތަކެތި ލިބޭނެ އެވެ.

ކޮންމެ ރޯދަ މަހަކު ވެސް އެސްޓީއޯއިން އަންނަނީ ކަސްޓަމަރުންގެ އެންމެ ބޮޑު ޑިމާންޑް އުފުލޭ ތަކެއްޗާއި އެ ނޫން ބާވަތްތައް ވެސް ފަސޭހައިން ލިބޭނެ ގޮތް ހަދައިދެމުންނެވެ. އެހެން ހަދަނީ، ރޯދައާ ދިމާކޮށް ބާޒާރުގައި އެއް ހަމައެއްގައި ތަކެތީގެ އަގު ހިފެހެއްޓުމަށެވެ.