17 މާޗް 2023 - 18:48

ދިރާގުގައި ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.

އެ ކުންފުނިން މުވައްޒަފުންގެ އަގުވަޒަން ކުރީ މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ބޭއްވި އަހަރީ އެވޯޑު ހަފްލާގަ އެވެ. އެ ހަފްލާގައި ދިރާގަށް 10 އަހަރާއި 15 އަހަރު އަދި 25 އަހަރުވަންދެން ހިދުމަތް ކޮށްފައިވާ 29 މުވައްޒަފެއްގެ އަގުވަޒަންކޮށް ހާއްސަ އެވޯޑެއް ވަނީ ދީފަ އެވެ.
އެ ހަފްލާގައި ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ މުވައްޒަފުންނަށާއި އެކި ކާމިޔާބީތައް ހޯދާފައިވާ މުވައްޒަފުންނަށް ވެސް ވަނީ އެވޯޑު ދީފަ އެވެ. އޭގެ ތެރޭގައި 14 ޑިވިޝަނަލް މެރިޓް އެވޯޑާއި 10 ސްޕެޝަލް މެރިޓް އެވޯޑާއި 2 އިނޮވޭޝަން އެވޯޑް އަދި 2 އައުޓްސްޓޭންޑިން ލީޑާސް އެވޯޑު ދީފައިވެ އެވެ.
ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑެއްގެ ގޮތުން ޗެއާމަންގެ އެވޯޑު ވެސް ވަނީ އެ ހަފްލާގައި ދީފަ އެވެ. މިއަހަރު އެ އެވޯޑު ލިބުނީ އެޑްމިނިސްޓްރޭޝަންގެ އެސިސްޓަންޓް މެނޭޖަރު ސިވިލް، ސިނާޒްއަށެވެ.
ދިރާގުން ބުނިގޮތުގައި ވޭތުވެދިޔަ 6 އަހަރު އެ ކުންފުންޏަށް ހިދުމަތްކޮށްފައިވާ ސިނާޒްއަކީ ކުންފުނީގެ އެކި ކަންކޮޅުތަކުގައި ހިންގާ ހުރިހާ ސިވިލް ޕްރޮޖެކްޓެއް މެނޭޖްކުރާ ގާބިލް، ހީވާގި ލީޑަރެކެވެ.
އެ ރަސްމިއްޔާތުގައި ދިރާގުގެ އެމްޑީ އަދި ސީއީއޯ އިސްމާއިލް ރަޝީދު ވަނީ މުވައްޒަފުންގެ މަސައްކަތްތައް ފާހަގަކޮށް ޝުކުރުއަދާ ކުރައްވައިފަ އެވެ.