17 މާޗް 2023 - 13:20

ހުޅުމާލޭގައި މިހާރު ކުރިއަށް ދާ މެރިން އެކްސްޕޯގައި ޔަމަހާގެ ސްޓޯލުގައި އިންޖީނެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރާއްޖޭގައި ޔަމަހާ އިންޖީނު ވިއްކާ އެލިއާއިން ބުނި ގޮތުގައި އެ ކުންފުނިން މެރިން އެކްސްޕޯގައި ގާއިމްކޮށްފައިވާ ޔަމަހާ ސްޓޯލަށް ޒިޔާރަތް ކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ޔަމަހާ އިންޖީނެއް ލިބޭނެ އެވެ.
މެރިން އެކްސްޕޯ އަކީ މެރިން އެކްސްޕޯއަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކާއި ކަނޑާގުޅުން ހުރި އެކި ދާއިރާތަކުގެ ޕްރޮޑަކްޓުތައް ދައްކާލާ އެކްސްޕޯ އެކެވެ. އެ އެކްސްޕޯގައި އެލިއާއިން ވަނީ ޔަމަހާގެ ގިނަ އިންޖީނުތަކެއް ޝޯކޭސް ކޮށްފަ އެވެ. އަދި އިންޖީނާ ގުޅޭ ހުރިހާ މައުލޫމާތެއް އެ ސްޓޯލުން ލިބޭނެ ކަމަށް އެލިއާއިން ބުނެ އެވެ.
އެލިއާއިން ވަނީ ޔަމަހާ އިންސްޓޯލްމަންޓަށް ޔަމަހާ އިންޖީނު ގަންނަ ކަސްޓަމަރުންނަށް ވެސް ހާއްސަ ޕްރޮމޯޝަނެއް ފަށާފަ އެވެ. އެ ޕްރޮމޯޝަނުގެ ދަށުން އިންސްޓޯލްމަންޓަށް އިންޖީނު ނަގާ ފަރާތްތަކަށް ލުއި ޕްލޭންތަކެއް ލިބޭނެ ކަމަށާއި ބޮޑެތި ޑިސްކައުންޓުތަކެއް ވެސް ލިބޭނެ ކަމަށް ބުންޏެވެ.
އެ ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
އެ ޕްރޮމޯޝަނާއި ކުރިއަށް ހުރި އެ ފަދަ އެހެން ޕްރޮމޯޝަންތަކާ ގުޅޭ އުފާވެރި ހަބަރުތަކެއް މެރިން އެކްސްޕޯގައި ހުރި އެލިއާގެ ސްޓޯލުން ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެލިއާއިން ބުނެ އެވެ.