22 ޖެނުއަރީ 2017 - 06:08

ޖިންސީ ގޯނާގެ ޝިކާރައަށްވާ އަންހެނުންގެ އަދަދު ގިނަވަމުންދާތީ އަންހެނުންގެ ރައްކާތެރިކަމަށް ހާއްސަކޮށްގެން ޖަރުމަނުން ހަރުވާޅެއް ތައްޔާރުކޮށްފި އެވެ. މިއީ އެކަނި ދަތުރުކުރާ އަންހެނުންނާއި ޖޮގިން ފަދަ ކަންކަމުގައި އެކަނި ބޭރުގައި އުޅޭ މީހުންގެ ރައްކާތެރިކަމަށް ވިސްނައިގެން ތައްޔާރުކޮށްފައިވާ އެއްޗެކެވެ.
އަންހެނުންގެ އިއްފަތްތެރިކަން ރައްކާތެރިކުރުމަށް މި ހަރުވާޅަކީ ވަރަށް ރަނގަޅު އެއްޗަކަށް ވާނެކަމަށް މި ހަރުވާޅު އުފެއްދި ޖަރުމަނު މީހާ ސަންޑްރާ ޝީލްޒް ބުނެފައިވެ އެވެ. އެތެރޭން ލާ މި ހަރުވާޅުގައި އެހެން މީހަކު އަތްލިޔަސް އެލާމްއަޅާނެ އެވެ. ހަރުވާޅުގައި ތަޅެއް ހަރުކޮށްފައި އިންނާތީ އެ ތަޅު ނުހުޅުވާ ހަރުވާލު ނުވެސް ބޭލޭނެ އެވެ.
އިނގިރޭސި ވިލާތުގެ "މިރާ" ނޫހުގައި ބުނެފައިވާ ގޮތުން "ސޭފްޓީ ޝޯޓްސް" ގައި ކޮމްބިނޭޝަން ތަޅެއް ހިމަނާފައިވެ އެވެ. އަދި އެހެން މީހަކު އަތްލައިފި ނަމަ ވަރުގަދަ ރަނގަބީލެއް އަޅާނެ އެވެ.
މި ޝޯޓް އޮންލައިންކޮށް ގަންނަ ޖަރުމަން މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޖަރުމަނުގައި ވަރަށް ފަހުން 22 އަންހެނަކު ރޭޕްކޮށްފައިވާތީ އެފަދަ ކަންކަމާ މެދު ސަމާލުވާ މީހުން ގިނަވުމަކީ މި އުފެއްދުމުގެ ޑިމާންޑް ބޮޑުވުމަށް މެދުވެރިވި ސަބަބެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
މި ޝޯޓް ތައްޔާރުކޮށްފައި ވީދާ ނުލެވޭ ގޮތަށެވެ. އަދި ތޫނު އެއްޗަކުން ކަފައެއް ވެސް ނުލެވޭނެ އެވެ. އިރާލަން އުޅެފި ނަމަ ވަގުތުން އެލާމް އަޅަން ފަށާނެ އެވެ.
މި ޝޯޓުގެ އަގަކީ 100 ޔޫރޯ އެވެ. މި ޝޯޓް ނޫނަސް އަންހެނުންގެ ރައްކާތެރިކަމަށް ހާއްސަކޮށް އުފައްދާފައިވާ އެކި އާލާތްތައް އެބަހުއްޓެވެ.