އެންސިސްގެ ފުރަތަމަ ފްލެޓްތައް ހަވާލުކުރަން ފަށައިފި
އެންސިސްގެ ފުރަތަމަ ފްލެޓްތައް ހަވާލުކުރަން ފަށައިފި

އެންސިސް ކުންފުނިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ މަތީ ފަންތީގެ ފްލެޓްތައް ގަތް މީހުންނަށް އެތަންތަން ހަވާލުކުރަން އިއްޔެ ފަށައިފި އެވެ.

އެންސިސްގެ ފުރަތަމަ ފްލެޓްތައް ހަވާލުކުރަން ފަށައިފި
އެންސިސްގެ ފުރަތަމަ ފްލެޓްތައް ހަވާލުކުރަން ފަށައިފި

އެޗްޑީސީން ބުނީ އެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށައި، އެތަނަށް ބަދަލުވާ ފުރަތަމަ އާއިލާއަށް މިހާރު ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށެވެ. ހުރިހާ ފްލެޓެއް އަދި ހަވާލެއް ނުކުރެ އެވެ. އިއްޔެ ހަވާލުކުރަން ފެށީ ބީ ބްލޮކެވެ.

އެންސިސްގެ ފުރަތަމަ ފްލެޓްތައް ހަވާލުކުރަން ފަށައިފި
އެންސިސްގެ ފުރަތަމަ ފްލެޓްތައް ހަވާލުކުރަން ފަށައިފި

"އައިރާ-އެކްސެޕްޝަނަލް ލިވިިން"ގެ ނަމުގައި އެންސިސް ކުންފުނިން ހެދި އިމާރާތުގައި 94 އެޕާޓްމަންޓް ހުރެ އެވެ. ގާތްގަނޑަކަށް ހަ އަހަރަށް ވުރެ ގިނަ ދުވަސް ވީ ފަހުން އެންސިސްގެ "އައިރާ" ފްލެޓުތައް ހަވާލުކުރަން ފެށިއިރު، އެ މަސައްކަތް ނިންމުމަށް ދިން މުއްދަތު ފަސް ފަހަރެއްގެ މަތިން އެޗްޑީސީން އިތުރުކޮށްދިނެވެ.

އެންސިސް އިން އެންމެ ފަހުން ބުނި ގޮތުގައި، 2016 ވަނަ އަހަރު ހަދަން ފެށި އެ ފްލެޓްތަކުގެ މަސައްކަތް ދިގުލައިގެން ދިޔައީ ކޮވިޑާ-19 އާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުންނާއި ކޮންޓްރެކްޓަރު ބަދަލުވުމުންނާ އަދި އެ ކުންފުންޏަށް ކުރިމަތިވި މާލީ ގޮންޖެހުންތަކުގެ ސަބަބުންނެވެ.

• 3+1 ގެ 45 އެޕާޓްމަންޓް

• 2+1 ގެ 26 އެޕާޓްމަންޓް

• އެއް ކޮޓަރީގެ 13 އެޕާޓްމަންޓް

• 10 ޕެންޓް ހައުސް

އެ އިމާރާތުގައި، ސްވިމިނިން ޕޫލަކާއި ޖަކޫޒީ ޕޫލަކާއި ކުޑަކުދިންނަށް ހާއްސަ ސްވިމިން ޕޫލަކާއި އިވެންޓުތަކަށް ހާއްސަ ހޯލެއް އަދި ޖިމެއް ވެސް ހުންނާނެ އެވެ.