މިހާރުގެ ރެސިޕީ: ކިރު ރޮށި
މިހާރުގެ ރެސިޕީ: ކިރު ރޮށި

2 ޖޯޑު ގޮދަންފުށް

½1 ޖޯޑު ކާށިކިރު (ހިކި ކާށިކިރެއް ނޫން)

ލޮނު

އެއް ޖޯޑު ކާށިކިރު އަޅައިގެން (ލޮނު ލައިފައި) ފުށް މޮޑުން. ބާކީ ހުރި ކާށިކިރުފޮދު ފަތާ ތަށްޓަކަށް އަޅައިފައި ބެހެއްޓުން. އިތުރަށް ފެން ނާޅައި، ފުށް މޮޑުމަށް ފަހު ގުޅަ ޖަހައި، އެއްޗަކަށް އަޅައިފައި ދިހަ މިނެޓު ވަންދެން އެ އެތީގެ މަތި ޖަހައިފައި ބެހެއްޓުން. އެ އަށް ފަހު ރޮށި ދަމައިފައި ފިހުން. ތަވައިން ރޮށި ނަގާ ގޮތަށް، ހޫނުކޮށް ހުއްޓައި، ކިރު ތަށި ތެރެއަށް ލާފައި، ދެ ފުށަށް ޖަހައިލުމަށް ފަހު ނެގުން. މި ގޮތަށް ހުރިހައި ރޮށި ވެސް ބޯކިރަށް ލާފައި ނެގުން.

ހުރިހާ ވައްތަރެއްގެ ރިހައަކާ އެއްކޮށް ވެސް މި ރޮށި ވަރަށް މީރު ވާނެ. މީ ކުރީ ޒަމާނުގައި މީހުން ރޮށިފިހެ އުޅުނު ގޮތެއް.