ސޮކާ ވެޓަރަންސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ސޮކާ ވެޓަރަންސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މި އަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

އެ ކުންފުނިން ބުނީ، ސޮކާ ވެޓަރަންސް އެސޯސިއޭޝަނުން ތަފާތު ކީ ސްޓޭޖްތަކަށް ހާއްސަ ކޮށްގެން ބާއްވާ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް، 'ކިޑްސް ފުޓްބޯލް ފިއެސްޓާ' ބޭއްވުމުގައި އެއްބާރުލުން ދޭނެ އެވެ. އެ ޕާޓްނާޝިޕުގެ ދަށުން ފުޓުބޯޅައިގެ އާ ޖީލެއް ބިނާ ކުރުމުގައި އެހީތެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވީ، އެ ޕާޓްނާޝިޕް މެދުވެރިކޮށް، ޒުވާން ފުޓުބޯޅަ ކުޅުންތެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ކުޑަކުދިންނަށް އަމާޒުކޮށް ބާއްވާ މުބާރާތްތަކަކަށް އެއްބާރުލުން ދޭނެ ފުރުސަތު ލިބުމަކީ އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވެސްގެ ރައީސް، އަލީ ޝަމީމް ވިދާޅުވީ އުންމީދަކީ ދިރާގާއެކު ގިނަ އާ ފުޓުބޯޅަ ކުޅުންތެރިންތަކަކަށް އިތުރު ފުރުސަތުތަކެއް ހޯދައި ދިނުން ކަމަށެވެ. އެ އެސޯސިއޭޝަނަށް ދިރާގުން އަބަދުވެސް ލިބެމުންދާ އެއްބާރުލުން ފާހަގަ ކުރެއްވި އެވެ.

ކުޅިވަރާއި އިޖުތިމާއީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެ ފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ދިރާގުން އަންނަނީ އެއްބާރުލުން ދެމުންނެވެ.