20 ޖެނުއަރީ 2017 - 23:55

ކ. ހެލެނގެލި އައިލެންޑް ރިސޯޓުގައި ދިވެއްސަކު މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މީހާގެ ހަށިގަނޑުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"ނުހޭލައިގެން ބެލިއިރު މަރުވެފައި އޮތީ ކޮޓަރި ތެރޭގައި. ފުލުހުންނަށް މިކަން ރިޕޯޓުކޮށްފައި ވަނީ މެންދުރުގެ ވަގުތެއްގައި،" އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ ހެލެނގެލި ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.
ހެލެނގެލި ރިސޯޓު ކޮޓަރިއެއް ތެރެއިން ދިވެއްސަކު މަރުވެފައި އޮއްވައި ފެނުނުއިރު، މި މަހުގެ ކުރީކޮޅު މ. ލައިޓް ސިގްނަލް ގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި ތިބި ދިވެހި ދެމަފިރިއަކު ވަނީ ފެނިފަ އެވެ.