މި އަހަރުގެ ރޯދަ މަހު ވެސް ސަރުކާރު ހުޅުވާނީ ހަތަރު ގަޑިއިރަށް
މި އަހަރުގެ ރޯދަ މަހު ވެސް ސަރުކާރު ހުޅުވާނީ ހަތަރު ގަޑިއިރަށް

މި ފެށޭ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ވެސް ރަސްމީ މަސައްކަތް ކުރަނީ މިދިޔަ އަހަރެކޭ އެއްގޮތަށް ހަތަރު ގަޑިއިރު ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 23 ވަނަ ދުވަހެވެ.

ރައީސް އޮފީހުން ބުނީ ރޯދަ މަހުގެ ރަސްމީ ގަޑިއަކީ ހެނދުނު ނުވައަކުން މެންދުރު ފަހު އެކަކަށް ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ގުޅިގެން ސަރުކާރާއި އަމިއްލަ އޮފީސްތަކާއި ވިޔަފާރިތަކުގެ ވެސް މަސައްކަތު ވަގުތަށް ބަދަލު ގެނެ އެވެ.