ސިޓީ ކައުންސިލުން މާލޭގައި ސްމާޓް ސްޓްރީޓް ލައިޓް ހަރުކުރަން ފަށައިފި
ސިޓީ ކައުންސިލުން މާލޭގައި ސްމާޓް ސްޓްރީޓް ލައިޓް ހަރުކުރަން ފަށައިފި

މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތަކުގައި ސްމާޓް ސްޓްރީޓް ލައިޓް ހަރުކުރަން އިއްޔެ ފަށައިފި އެވެ.

ސިޓީ ކައުންސިލުން މާލޭގައި ސްމާޓް ސްޓްރީޓް ލައިޓް ހަރުކުރަން ފަށައިފި
ސިޓީ ކައުންސިލުން މާލޭގައި ސްމާޓް ސްޓްރީޓް ލައިޓް ހަރުކުރަން ފަށައިފި

އެ ކައުންސިލުން ބުނި ގޮތުގައި، މި ލައިޓްތަކަކީ ޗައިނާގެ ޔުނާން ޕްރޮވިންސުން ރާއްޖެއަށް ހަދިޔާކުރި އެއްޗެއްސެވެ.

ސިޓީ ކައުންސިލުން މާލޭގައި ސްމާޓް ސްޓްރީޓް ލައިޓް ހަރުކުރަން ފަށައިފި
ސިޓީ ކައުންސިލުން މާލޭގައި ސްމާޓް ސްޓްރީޓް ލައިޓް ހަރުކުރަން ފަށައިފި

އެ މަޝްރޫއު ފެށުމުގެ ގޮތުން އިއްޔެ ހަވީރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި، އެމަސައްކަތް އިފުތިތާހުކޮށްދެއްވީ، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ޔުނާން ޕްރޮވިންސްގެ ފަރާތުން ހެޑް އޮފް ޑެލިގޭޝަން މާ ޒުއޮޒިން އެވެ.

ސިޓީ ކައުންސިލުން މާލޭގައި ސްމާޓް ސްޓްރީޓް ލައިޓް ހަރުކުރަން ފަށައިފި
ސިޓީ ކައުންސިލުން މާލޭގައި ސްމާޓް ސްޓްރީޓް ލައިޓް ހަރުކުރަން ފަށައިފި

އެ ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވެންގް ލިޒިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ސިޓީ ކައުންސިލުން ބުނީ، އާޓިފިޝަލް ބީޗު ސަރަހައްދުން ފެށިގެން ލޮނުޒިޔާރަތް ޕާކާ ހަމައަށް މިހާރު "ސްމާޓް ސްޓްރީޓް ލައިޓް"ގެ 10 ޕޯލް ޖަހާފައިވާ ކަމަށެވެ. މި ލައިޓްތައް އެންމެ ފުރަތަމަ ހަރުކުރާނީ މާލޭގެ ބޮޑެތި މަގުތަކުގައި ކަމަށާއި އެއަށް ފަހު އެތެރޭގެ މަގުތަކުގައި ވެސް އިތުރު ލައިޓްތައް ހަރުކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

• ހިލޭ ވައިފައި ލިބޭނެ.

• ޑިޖިޓަލް ލެޑް ސްކްރީނެއް ހުރޭ.

• ސްޕީކާ ސިސްޓަމެއް ހުރޭ.

• ސީސީޓީވީ ކެމެރާ ހުރޭ.

• މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް އެންވަޔަރުމެންޓް ސެންސަރު ހުރޭ.

މޭޔަރު މުއިއްޒު ވިދާޅުވީ މި ލައިޓްތަކުގެ ބޭނުމަކީ ކައުންސިލުން ބޭނުންވާ ޕަބްލިކް މެސެޖުތައް ދިނުމާއި މުޖުތަމައުއަށް ބޭނުންވާ މުހިންމު މެސެޖުތަކާއި ދީނީ އިރުޝާދާއި ނަސޭހަތްތަކުގެ އިތުރުން ދުއާތައް ވެސް ދިނުން ކަމަށެވެ. އަދި ވިޔަފާރީގެ އުސޫލުން އިޝްތިހާރު ދެއްކޭނެ ގަވާއިދެއް ފާސްކޮށް އެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސީސީޓީވީ ކެމެރާތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސިޓީ ކައުންސިލަށެވެ. އެ އެއްޗެހި ބަލަހައްޓާނީ ސިޓީ ކައުންސިލްގެ ސީސީޓީވީ މޮނިޓަރިން ސިސްޓަމްގެ ތެރެއިންނެވެ. އަދި މި ސީސީޓީވީ ކެމެރާތަކަށް ރެކޯޑް ކުރެވޭ ފުޓޭޖްތައް، މިހާރެކޭ އެއްގޮތަށް ފުލުހުން ބޭނުން ވެއްޖެ ހާލަތެއްގައި ހިއްސާކުރާނެ އެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސް އިން ދިން އެހީއަށް މުއިއްޒު ވަނީ އެ ޕްރޮވިންސަށާއި ޗައިނާގެ ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ގަވަރުނަރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"ހަގީގަތުގައި މިކަން ހަމަޖެހިގެން ދިޔައީ ދެ ސިޓީ ދޭތެރޭގައި މި އޮތް ގާތް ގުޅުމުގެ ސަބަބުން. އެ ބޭފުޅުންނަކީ ކުރީގައި ވެސް މާލެ ސިޓީއަށް ވަރަށް އެހީތެރިކަން ދެއްވާފައިވަ ބޭފުޅުން،" މުއިއްޒު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި، "ސްމާރޓް ސްޓްރީޓް ލައިޓް" މަޝްރޫއަކީ އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ "ޑިޖިޓަލް މާލެ ސިޓީ" މަޝްރޫއުގައި ހިމެނޭ ކަމެކެވެ.