ހައިވޭގައި ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެ މީހަކަށް އަނިޔާވެއްޖެ
ހައިވޭގައި ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެ މީހަކަށް އަނިޔާވެއްޖެ

ހައިވޭގައި މިއަދު ހެނދުނު ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގީ ބްރިޖާއި އެއާޕޯޓަށް ދާ މަގާ ގުޅޭ ޓްރެފިކް ލައިޓް ކައިރީގަ އެވެ.

މިއަދު ހެނދުނު އަށެއް ޖަހާކަން ހާއިރު ފުލުސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވީ ސައިކަލް ދުއްވަން އިން މީހާ އަށެވެ. އެކަމަކު އެ މީހާ އަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި ނޭނގެ އެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ. މިއަދު ހެނދުނު ހުޅުމާލޭގައި ވެސް ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވި އެވެ.