13 މާޗް 2023 - 23:14

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން، އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދާ ހަވާލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނިންމައިފި އެވެ.
ކްރިމިނަލް ކޯޓު ހިންގުން ގާޒީ އާދަމްއާ ހަވާލުކުރަން ނިންމީ، އެ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި އަހުމަދު ޝަކީލް، ހައި ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ޖޭއެސްސީ އިން ބުނީ އެ ބަދަލު ގެނައުމަށް ނިންމާފައި ވަނީ މި މަހު ފަސް ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ކަމަށެވެ.
މީގެއިތުރުން ޖޭއެސްސީ އިން ބުނީ ގއ. އަތޮޅުގެ ޖުޑީޝަލް ދާއިރާ ހިންގުން ކުރިން ގއ. ވިލިނގިލީ ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމުގައި ހުންނެވި އަޒީމް ހަސަންއާ ހަވާލު ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އެއީ ގއ. ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް އިބްރާހީމް އިހުސާން ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ ހުވާކުރެއްވުމާ ގުޅިގެންނެވެ.