13 މާޗް 2023 - 20:47

ހެންވޭރު ސަހަރާ ކައިރި، އިމާރާތަކުން މިރޭ ވެއްޓުނު އަންހެން މީހާ މަރުވެއްޖެ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.
ފުލުހުން ބުނީ އިމާރާތަކުން ވެއްޓުނީ 32 އަހަރުގެ ދިވެހި އަންހެނެއް ކަަމަށެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އިމާރާުތުން ވެއްޓުނީ ފުވައްމުލަކު ޚަދީޖާ އަލިދީދީ އެވެ. އަންހެން މީހާ ވެއްޓުނު ސަބަބެއް އަދި ނޭނގެ އެވެ. އާއްމުވި ފޮޓޯއަކުން ފެންނަ ގޮތުގައި އޭނާ ވެއްޓިފައި އޮތީ ބަންޑުންނެވެ.
އެ ސަރަހައްދުގެ ބައެއް މީހުން ބުނި ގޮތުގައި އޭނާ ވެއްޓުނީ އެކަނި ހުއްޓަ އެވެ. ފުވައްމުލަކުގައި ދިރިއުޅޭ ޚަދީޖާ މާލެ އައިސް އުޅުނީ ބޭސްފަރުވާއަށް ކަމަށް ވެ އެވެ.
އިމާރާތަކުން މިރޭ މީހަކު ވެއްޓުނުއިރު ރޭ ދަންވަރު މާލޭގެ އިމާރާތަކުން ވެއްޓި ހަތަރު އަހަރުގެ ކުއްޖަކު ވަނީ މަރުވެފަ އެވެ.