އޮސްކާ އެވޯޑް 2023: އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދި އޭޝިއާގެ ފުރަތަމަ މީހަކަށް މިޝޭލް ޔޯ
އޮސްކާ އެވޯޑް 2023: އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދި އޭޝިއާގެ ފުރަތަމަ މީހަކަށް މިޝޭލް ޔޯ

މި އަހަރުގެ އޮސްކާ އެވޯޑުގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު މެލޭޝިއާގެ މިޝޭލް ޔޯ ކާމިޔާބުކޮށްފި އެވެ.

އޮސްކާ އެވޯޑް 2023: އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދި އޭޝިއާގެ ފުރަތަމަ މީހަކަށް މިޝޭލް ޔޯ
އޮސްކާ އެވޯޑް 2023: އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދި އޭޝިއާގެ ފުރަތަމަ މީހަކަށް މިޝޭލް ޔޯ

މިއަދު ބޭއްވި އެކަޑަމީ އެވޯޑު ހަފްލާގައި މިޝޭލް ހޯދި އެ ކާމިޔާބީއާ އެކު، އޭނާއަށް ވަނީ އޭޝިއާ ބައްރުން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ފުރަތަމަ ފަހަރަށް ލިބުނު މީހާގެ ޝަރަފް ހޯދައިފަ އެވެ.

އޮސްކާ އެވޯޑް 2023: އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދި އޭޝިއާގެ ފުރަތަމަ މީހަކަށް މިޝޭލް ޔޯ
އޮސްކާ އެވޯޑް 2023: އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދި އޭޝިއާގެ ފުރަތަމަ މީހަކަށް މިޝޭލް ޔޯ

މި އަހަރުގެ އެންމެ މޮޅު ފިލްމު، "އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް" ގެ ލީޑު ރޯލުން މިޝޭލް ގެނެސްދިން ޕަފޯމެންސަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

މިޝޭލް އެ އެވޯޑު ކާމިޔާބުކޮށްފައި ވަނީ "ޓާ" ފިލްމުގެ ކޭޓް ބްލޭންޗެޓާއި "ދަ ފެބެލްމެންސް" އިން މިޝޭލް ވިލިއަމްސް އަދި އަނާ ޑި އާމަސް (ބްލޯންޑް) ގެ އިތުރުން އެންޑްރިއާ ރައިޒްބޮރޯ (ޓު ލެޒްލީ) އާ ވާދަކޮށެވެ.

އެވެލިން ކިޔާ އެމެރިކާ އަށް ހިޖުރަކުރި ޗައިނާ އަށް އުފަން މީހެއްގެ ރޯލު ކުޅެގެން މިޝޭލް އަށް ވަނީ މި އަހަރު ގިނަ އެވޯޑުތަކެއް ލިބިފަ އެވެ. އޭގެ ތެރޭގައި، ގޯލްޑެން ގްލޯބްސް އަދި ސްކްރީން އެކްޓާސް ގިލްޑް އެވޯޑުގެ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ފާހަގަކޮށްލެވެ އެވެ.

މިފަހަރުގެ އެކަޑަމީ އެވޯޑުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފައި ވަނީ "ދަ ވޭލް" ގެ ލީޑުން ފެނުނު ބްރޭންޑަން ފްރޭސާ އެވެ. އަދި އެންމެ މޮޅު ސަޕޯޓިން އެކްޓަރު އަދި އެކްޓްރެސްގެ އެވޯޑު ލިބިފައި ވަނީ "އެވްރީތިން އެވްރިވެއާ އޯލް އެޓް ވަންސް" ގެ ޖެއިމީ ލީ ކާޓިސް އަދި ކޭ ހުވީ ކުއާން އަށެވެ.

އެ ފިލްމު، ޖުމްލަ 11 ކެޓަގަރީއަކަށް ނޮމިނޭޓުވެފައިވާއިރު، ހަތް އެވޯޑެއް ވަނީ ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި އެންމެ މޮޅު ފިލްމާއި، އެންމެ މޮޅު އެކްޓްރެސް އާއި ސަޕޯޓިން ރޯލުތަކުގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި އެންމެ މޮޅު އެޑިޓިން އެވޯޑު އަދި އޮރިޖިނަލް ސްކްރީން ޕްލޭގެ އެވޯޑު ހިމެނެ އެވެ.