މިހާރުގެ ރެސިޕީ: ސްވީޓް އެންޑް ސަވަރ ފިޝް
މިހާރުގެ ރެސިޕީ: ސްވީޓް އެންޑް ސަވަރ ފިޝް

400 ގުރާމު ފަރުމަސް (ބޮޑެތިކޮށް ކޮށާފައި)

6 ފޮތި އަލަނާސި (ދަޅުގައި ބަންދުކޮށްފައި ހުންނަ ވައްތަރުގެ އަލަނާސި، ކޮށާފައި)

1 މޭޒުމަތީސަމުސާ ވިނިގަރ

1 މޭޒުމަތީސަމުސާ ހަކުރު

½ ސައިސަމުސާ އިނގުރު (ގާނައިފައި)

1 ސައިސަމުސާ ލޮނުމެދު (ގާނައިފައި)

1 ބެލްޕެޕާ (ފެހި ކުލައިގެ، ކަރުގަނޑު ނަގައިފައި، ގޮޅިއަށް ކޮށައިފައި)

1 ފިޔާ (ބޮޑު، ގޮޅިއަށް ކޮށައިފައި)

½ ޖޯޑު ޓޮމާޓޯ ސޯސް

⅓ ސައިސަމުސާ އަސޭމިރުސް (މުގުރައިފައި)

1 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓު

½ ޖޯޑު ޗިލީ ސޯސް (ލައިފް)

½ ސައިސަމުސާ ހިކިމިރުސް (ރާޅުކޮށް މުގުރައިފައި)

3 މޭޒުމަތީސަމުސާ ގޮދަންފުށް

2 ކުކުޅުބިސް

4 ތިކި ފިޝް ސޯސް

ތެޔޮ، ރާނބާފަތް، ހިކަނދިފަތް، ލޮނު

މަހުގެ ތެރެއަށް ލޮނު، އިނގުރު، އަސޭމިރުސް އަޅައިފައި، ދިހަ މިނެޓު ވަންދެން ބެހެއްޓުން. ކުކުޅުބިހުގެ ތެރެއަށް ފުށް އަޅައިފައި، ލޮނުލައިގެން ރަނގަޅަށް ގިރައިފައި ލޮނުމެދު އަޅައިފައި ރަނގަޅަށް އެއްކޮށްލުން. ފުށްގަނޑު މާ އޮލަ ނަމަ، ކުޑަ ފެންފޮދެއް އަޅައިގެން ކުޑަކޮށް ދިޔާކޮށްލުން. ފުށްގަނޑުގެ ތެރެއަށް ފަހަރަކު މަސްކޮޅެއް ލައިފައި، ރަނގަޅަށް ފުށް ހޭކުމަށް ފަހު ތެއްލުން. ތާހުގައި ތެޔޮގަނޑު ބަހައްޓާނީ، މަސްކޮޅު ލުމުން މަސްކޮޅު ފޮރުވޭ ވަރަށް. އެއްފަހަރާ މާ ގިނައިން މަސް އަޅައިފިއްޔާ އެނދުން އެކަށީގެންވޭ. ތާހުން މަސްކޮޅު ނެގުމަށް ފަހު (ތެޔޮ ހިންދުމަށްޓަކައި) ޓީޝޫއެއް މަތީގައި މަސްކޮޅު އަތުރާލުން.

ތެޔޮފޮދެއްގައި ފިޔާ މީރު ކޮށްފައި، ފިޔާކޮޅު މޯޅިވީމައި ޓޮމާޓޯ ޕޭސްޓު އަޅައިފައި އެއްކޮށްލުމަށް ފަހު، ބެލްޕެޕާ، މުގުރި މިރުސް، އަލަނާސި، ވިނިގަރ، ހަކުރު، ޓޮމާޓޯ ސޯސް، ޗިލީ ސޯސް، ފިޝް ސޯސް އަޅައިފައި، ބޮކިޖަހައި ކެކެން ފެށުމުން، ކުރިން ތައްޔާރު ކުރި މަސްކޮޅު އޭގެތެރެއަށް އަޅައިލުން. ރަނގަޅަށް އެއްކޮށްލައިފައި، ކެކިގަތީމައި ހިކަނދިފަތާއި، ރާނބާފަތް އެޅުން.