ދިރާގުގެ އަންހެން މުވައްޒަފުންނަށް ޓެކްނިކަލް ތަމްރީނު ހޯދުމަށް ފުރުސަތު ދެނީ
ދިރާގުގެ އަންހެން މުވައްޒަފުންނަށް ޓެކްނިކަލް ތަމްރީނު ހޯދުމަށް ފުރުސަތު ދެނީ

ދިރާގުގެ ހުރިހާ އަންހެން މުވައްޒަފުންނަށް އާ ޓެކްނިކަލް ތަމްރީނުތަކެއް ހާސިލްކުރުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ދިރާގުގެ އަންހެން މުވައްޒަފުންނަށް ޓެކްނިކަލް ތަމްރީނު ހޯދުމަށް ފުރުސަތު ދެނީ
ދިރާގުގެ އަންހެން މުވައްޒަފުންނަށް ޓެކްނިކަލް ތަމްރީނު ހޯދުމަށް ފުރުސަތު ދެނީ

ދިރާގުން އެ ފުރުސަތު ހުޅުވާލާފައި ވަނީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް އެ ދުވަހު ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. ދިރާގުން ބުނީ އެ ފަދަ ފުރުސަތެއް ހުޅުވާލުމުގެ މަގުސަދަކީ ކުރިއަރަމުން އަންނަ ޑިޖިޓަލް ދުނިޔޭގައި ޓެކްނޮލޮޖިކަލް އަދި ޓެކްނިކަލް އިލްމު ލިބިފައިވާ ހުނަރުވެރި ސްޓާފުން ތައްޔާރުކުރުމެވެ.

ދިރާގުގެ އަންހެން މުވައްޒަފުންނަށް ޓެކްނިކަލް ތަމްރީނު ހޯދުމަށް ފުރުސަތު ދެނީ
ދިރާގުގެ އަންހެން މުވައްޒަފުންނަށް ޓެކްނިކަލް ތަމްރީނު ހޯދުމަށް ފުރުސަތު ދެނީ

ދިރާގުން ބުނީ އެ ކުންފުނިން ހުޅުވާލި ފުރުސަތުގައި ހާވަޑް، އައިބީއެމް އަދި ގޫގުލް އިން ލިބެން ހުރި މަގުބޫލު ކޯސްތައް މުވައްޒަފުންނަށް ލިބެން ހުންނާނެ ކަމަށާއި ކޯސް ފުރިހަމަކުރުމުން ސެޓިފިކޭޝަން އަދި ލައިސެންސް ފީ ދިރާގުން ދައްކައިދޭނެ ކަމަށެވެ.

ދިރާގުން އެ ފަދަ ޕްރޮގުރާމުތަކެއްގައި ބައިވެރިވުމަށް އަންހެން މުވައްޒަފުންނަށް ފުރުސަތު ދޭން ނިންމީ ޑިޖިޓަލް ޒަމާނުގައި ޖެންޑާ އިންކްލޫސިވިޓީ އިތުރުކުރުމަށް އެ ކުންފުނިން ވެފައިވާ ވައުދު އާ ކުރުމުގެ ގޮތުންނެވެ.

ދިރާގުން އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޑިޖިޓަލް ޒަމާނުގައި ޖެންޑާ އިންކްލޫސިވިޓީ އިތުރުކުރުމާ ގުޅޭ ގޮތުން ވަނީ ޕެނަލް ޑިސްކަޝަނެއް ވެސް ބާއްވައިފަ އެވެ.

އެ ޕެނަލް ޑިސްކަޝަނުގައި ކީނޯޓް ސްޕީޗް ދެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ. މިނިސްޓަރު ވަނީ ޑިޖިޓަލް އަދި އެހެނިހެން ދާއިރާތަކުގައި ވެސް އަންހެނުންގެ ބައިވެރިވުމާއި މިންތީގެ ހަމަހަމަކަން އަދި ޖެންޑާ އިންކްލޫސިވިޓީގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވައިފަ އެވެ.

ޕެނަލިސްޓުންގެ ގޮތުގައި އެ ޕެނަލް ޑިސްކަޝަނުގައި ބައިވެރިވެވަޑައިގެންނެވީ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު އާއި ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް އާއި ދިރާގުގެ ޑިރެކްޓަރު ލީގަލް އަދި ކޮމްޕެނީ ސެކްރެޓަރީ ހަޒްރަތު ރަޝީދު ހުސައިނެވެ. އޭގެ އިތުރުން ވިމެން އިން ޓެކް މޯލްޑިވްސްގެ ކޯ-ފައުންޑާ އައިޝާ އަދްނާން އަދި އައިލެންޑާސް އެޑިއުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު، އަދްލީ ރަޝީދު ވެސް ޕެނަލިސްޓުންގެ ތެރޭގައި ހިމެނެ އެވެ.

މި ޕެނަލް މޮޑަރޭޓްކުރެއްވީ ދިރާގުގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދެވެ.

މި ޕެނަލްގައި ޑިޖިޓަލް ސްޕޭސްގައި އުފެދިފައިވާ މިންތީގެ ފަރަގާއި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން އިލްމީ، އިގްތިސާދީ، ޕްރައިވެޓް ސެކްޓާ އަދި ސަރުކާރުގެ ނަޒަރުން ބަލާ މިކަން އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތައް ވަނީ މަޝްވަރާކޮށްފައެވެ. އަދި ޓެކްނޮލޮޖީއަކީ މިހާރު ޓެކްނިކަލް ރޯލުތަކަށް އެކަނި އޮތް އެއްޗެއް ނޫންކަމާއި، ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް ޓެކްނޮލޮޖީ އަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ވެފައިވާ ގޮތާ ބެހޭ ގޮތުން ވެސް އެ ޕެނަލް ޑިސްކަޝަންގައި މަޝްވަރާ ކުރި އެވެ.

ޕެނަލުގެ ޕެނަލިސްޓުން ވަނީ ޖެންޑާ އިންކްލޫސިވިޓީ ކަށަވަރުކުރުމަށާއި ހުރިހާ ފަރާތްތައް ވެސް ހަމަހަމަވާ ގޮތަށް ސިސްޓަމް ފަރުމާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފަ އެވެ.

ސަރުކާރާއި ޕްރައިވެޓް ސެކްޓާގެ އިސް ފަރާތްތަކުގެ އިތުރުން މަތީ ސާނަވީ މުވައްސަސާތަކާއި ޔުނިވާސިޓީތަކުގެ ދަރިވަރުން އެ ޕެނަލް ޑިސްކަޝަންގެ އޯޑިއަންސްގައި ގޮތުގައި ބައިވެރިވި އެވެ.