ޓޫރިޒަމް ކުރިއަރުވަން ގުޅިގެން މަސައްކަތްކުރުމަށް ސައުދީގެ ޓޫރިޒަމް މިނިސްޓަރާ ރައީސް މަޝްވަރާކުރައްވައިފި
ޓޫރިޒަމް ކުރިއަރުވަން ގުޅިގެން މަސައްކަތްކުރުމަށް ސައުދީގެ ޓޫރިޒަމް މިނިސްޓަރާ ރައީސް މަޝްވަރާކުރައްވައިފި

ޓޫރިޒަމް ޕްރޮމޯޓްކޮށް، އެ ދާއިރާއިން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް ސައުދި އަރަބިއްޔާގެ ޓޫރިޒަމް މިނިސްޓަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މިއަދު މަޝްވަރާކުރައްވައިފި އެވެ.

ޓޫރިޒަމް ކުރިއަރުވަން ގުޅިގެން މަސައްކަތްކުރުމަށް ސައުދީގެ ޓޫރިޒަމް މިނިސްޓަރާ ރައީސް މަޝްވަރާކުރައްވައިފި
ޓޫރިޒަމް ކުރިއަރުވަން ގުޅިގެން މަސައްކަތްކުރުމަށް ސައުދީގެ ޓޫރިޒަމް މިނިސްޓަރާ ރައީސް މަޝްވަރާކުރައްވައިފި

އެ ބައްދަލުކުރެއްވުން އޮތީ ޖަރުމަނު ވިލާތުގެ ބާލިންގެ މިހާރު ކުރިއަށް ގެންދާ އިންޓަނޭޝަނަލް ޓޫރިޒަމް ބޯސޭ (އައިޓީބީ) ފެއާގަ އެވެ.

ޓޫރިޒަމް ކުރިއަރުވަން ގުޅިގެން މަސައްކަތްކުރުމަށް ސައުދީގެ ޓޫރިޒަމް މިނިސްޓަރާ ރައީސް މަޝްވަރާކުރައްވައިފި
ޓޫރިޒަމް ކުރިއަރުވަން ގުޅިގެން މަސައްކަތްކުރުމަށް ސައުދީގެ ޓޫރިޒަމް މިނިސްޓަރާ ރައީސް މަޝްވަރާކުރައްވައިފި

ސައުދީގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަލް ޚަތީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އުފާކުރައްވާ ކަމަށެވެ. އައިޓީބީ ފެއާގައި ހުރި ސައުދީގެ ސްޓޭންޑަށް ރައީސް ޒިޔާރަތްކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން މަޝްވަރާ ކުރިން ދެ ގައުމުގެ ގުޅިގެން ތަރައްގީގެ ޕްރޮޖެކްޓުތަކާއި ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމްގެ ދާއިރާ ކުރިއެރުވުމަށް އެކަން ޕްރޮމޯޓްކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން،" ސައުދީގެ ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.

ސައުދީ ސަރުކާރުގެ އިސް ބޭފުޅަކާ ރައީސް ބައްދަލުކުރެއްވިއިރު، ރާއްޖެ އާއި ސައުދީގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް ބުނާ އަޑުތަކެއް މިފަހުން ވަނީ ފެތުރިފަ އެވެ. އެކަމާ ގުޅޭ ގޮތުން ދެ ގައުމުގެ ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ދުނިޔޭގައި ބާއްވާ ޓޫރިޒަމްގެ އެންމެ ބޮޑު ފެއާ، އައިޓީބީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ރޭ ވެސް ޒިޔާރަތްކުރެއްވި އެވެ. އެ ފެއާގައި ހުރި ރާއްޖޭގެ ސްޓޭންޑަށް ރައީސް ޒިޔާރަތްކުރެއްވީ އެމަނިކުފާނު އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ފެއާގައި ރާއްޖޭގެ 91 ކުންފުންޏަކުން 233 މީހުން ބައިވެރިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.