09 މާޗް 2023 - 10:50

އުރީދޫގެ އެހީތެރިކަމާ އެކު ކަޅުތުއްކަލާ ކޮށީގައި ހެދި "ސެންފިޓް ސެންޓަރު" ހުޅުވައިފި އެވެ.

އެ ޖިމް ހުޅުވީ އިއްޔެ އެވެ. ޖިމް ހުޅުވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފަތިމާ އަލް ކުވާރީ އެވެ.

ޖިމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސްވެރިންނާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ހާލިދް އަލް ހަމާދީ އާއި އުރީދޫގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އުރީދޫން ބުނި ގޮތުގައި އެ ޖިމަކީ ސިއްހަތާއި ދުޅަހެޔޮ ކަމަށް އުރީދޫން ދޭ ސަމާލުކަމުގެ ދަށުން، އެމްއެންޑީއެފުގެ އެދުމަކަށް ހުޅުވި ޖިމް އެކެވެ. "ސެނަފިޓް ސެންޓަރު" ހެދުމަށް އުރީދޫން އެއްބާރުލުން ދިނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، ދުޅަހެޔޮ ދިރިއުޅުން ބިނާ ކުރުމަށް ވެފައިފާ ވައުދާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް އުރީދޫން ބުނެ އެވެ.
ސިފައިންނަށް ހުޅުވި އެ ޖިމުގައި ޒަމާނީ ގިނަ ފިޓްނަސް ވަސީލަތްތަކެއް ހިމެނެ އެވެ.