އީޓޯކްގެ ރޯދަ ޕްރޮމޯޝަންގައި ސެކިއުރިޓީ ސިސްޓަމްތަކަށް ހާއްސަ އަގުތަކެއް
އީޓޯކްގެ ރޯދަ ޕްރޮމޯޝަންގައި ސެކިއުރިޓީ ސިސްޓަމްތަކަށް ހާއްސަ އަގުތަކެއް

ފުޅާ ދާއިރާއެއްގައި ސެކިއުރިޓީ ސޮލިއުޝަނަށް ބޭނުންވާ ޕްރޮޑަކްޓްތައް ވިއްކާ އީޓޯކުން މި އަހަރުގެ ރޯދަމަހަށް އަމާޒުކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އީޓޯކްގެ ރޯދަ ޕްރޮމޯޝަންގައި ސެކިއުރިޓީ ސިސްޓަމްތަކަށް ހާއްސަ އަގުތަކެއް
އީޓޯކްގެ ރޯދަ ޕްރޮމޯޝަންގައި ސެކިއުރިޓީ ސިސްޓަމްތަކަށް ހާއްސަ އަގުތަކެއް

އެއީ އެ ފިހާރަ އިން ވިއްކާ ސެކިއުރިޓީ ލޮކް ސިސްޓަމާއި ޑޯފޯން ސިސްޓަމާއި ކެމެރާ ސިސްޓަމް އަދި ސެކިއުރިޓީ އެލާމް ސިސްޓަމުން ހާއްސަ ޑިސްކައުންޓުތަކެއް ދޭ ޕްރޮމޯޝަނެކެވެ.

އީޓޯކްގެ ރޯދަ ޕްރޮމޯޝަންގައި ސެކިއުރިޓީ ސިސްޓަމްތަކަށް ހާއްސަ އަގުތަކެއް
އީޓޯކްގެ ރޯދަ ޕްރޮމޯޝަންގައި ސެކިއުރިޓީ ސިސްޓަމްތަކަށް ހާއްސަ އަގުތަކެއް

އާއްމުކޮށް ލިބޭ އަގުތަކަށް ވުރެ ހެޔޮ އަގުތަކެއްގައި އެ ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ޕްރޮޑަކްޓްތައް ލިބޭނެ އެވެ. ޑިސްކައުންޓް ދޭ ޕްރޮޑަކްޓްތަކަށް ކަސްޓަމަރުންގެ ޑިމާންޑު ވަރަށް ބޮޑެވެ. އަދި އެއީ ސެކިއުރިޓީ ޔަގީން ކުރުމަށް ބޭނުންކުރާ ޕްރޮޑަކްޓްތަކެއް ހެޔޮ އަގުތަކުގައި ފޯރުކޮށްދިނުމަށް ފަށާފައިވާ ޕްރޮމޯޝަނެކެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ގަންނަ ތަކެތި އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ވެސް ދެއްކޭނެ އެވެ.

އީޓޯކުން ލިބޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި ޕްރޮޑަކްޓްތައް އިންސްޓޯލް ކޮށްދިނުމާއި މެއިންޓެނެންސް އަދި ރިޕެއާގެ ހިދުމަތް ވެސް ދެ އެވެ. ކަސްޓަމަރުންނަށް ބޭނުންވާ އާފްޓަސޭލްސްގެ ހިދުމަތަކީ އެ ފިހާރަ އިން އެންމެ ބޮޑު އަހައްމިޔަތެއް ދީގެން ފޯރުކޮށްދޭ ހިދުމަތެވެ. އޭގެ އިތުރުން އެ ފިހާރައިން ގަންނަ ޕްރޮޑަކްޓުތަކަށް އެއް އަހަރު ދުވަހުގެ ވޮރެންޓީ ވެސް ލިބެ އެވެ.

އީޓޯކުން ސެކިއުރިޓީ އެކި ޕްރޮޑަކްޓްތަކުގެ އިތުރުން އޮފީސްތަކުގައި ހާޒިރީ ބަލަން ގެންގުޅޭ އެކި ވައްތަރުގެ މެޝިނާއި އިލެކްޓްރިކް ލޮކަރާއި ފައިބަރު އަދި ނެޓްވޯކަށް ބޭނުންވާ އެކި ވައްތަރުގެ ކޭބަލްތައް ވެސް ލިބެން ހުރެ އެވެ. އެ ތަނުން ވިއްކާ ލޮކާ ސެކިއުރިޓީ ސިސްޓަމްތަކަކީ ޒަމާނީ އެންމެ ފަހުގެ ވަސީލަތްތަކެވެ.

ޕްރޮމޯޝަނާއި ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓާއި 7885000 އަށް ވައިބާ ކޮށްގެން ހޯދޭނެ އެވެ.

ގެ އަށް ވަންނަ މީހުން މޮނިޓާކޮށް، އެ މީހުންނާ ވާހަކަ ދައްކައި، ރާއްޖެއިން ބޭރުގައި ހުރެގެން ވެސް އޮފީހާއި ގޭގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އީ ޓޯކުން ވިއްކާ ސެކިއުރިޓީ ސިސްޓަމްތައް ބޭނުންކުރެވޭނެ އެވެ.

ނޯޓު: މިއީ އީޓޯކުގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.