09 މާޗް 2023 - 10:46

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އައިކެއާއިން "ކުރަނގި"ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

އިއްޔެ ފެށި މި ކެމްޕެއިނުގެ ދަށުން އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުންގެ އަގު ވަޒަންކުރުމުގެ ހަރަކާތްތަކަކާއި އޮފާތަކެއް ހިމެނެ އެވެ.

ކެމްޕެއިނުގެ ދަށުން އިއްޔެ އައިކެއާ ހޮސްޕިޓަލުގެ މުވައްޒަފުން ވަނީ ކެލޮގްސް ބްރޭންޑާ ގުޅިގެން، އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުންނަށް ކެއާ ޕެކުތަކެއް ހަދިޔާކޮށްފަ އެވެ.
ކެއާ ޕެކުތައް ހަދިޔާ ކުރުމަށް އައިކެއާގެ މުވައްޒަފުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރައްހައްދުތަކުގައި ވަނީ ހަރަކާތްތެރި ވެފަ އެވެ.
އައިކެއާއިން ބުނި ގޮތުގައި އެ ހަރަކާތުގެ އަމާޒަކީ އަންހެނުންގެ ހިދުމަތްތައް ބަލައިގަނެ، އެކަން ފާހަގަކުރުމެވެ.
އައިކެއާއިން އަންހެނުންގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ ކެމްޕެއިނުގެ ދަށުން ލޮލުގެ ދުޅަހެޔޮކަމާ މެދު އަހުލުވެރިކޮށް، ލޯ ޗެކް ކުރުމަށް ބާރު އެޅުމުގެ ގޮތުން 18 އަހަރުން މަތީގެ އަންހެނުންނަށް ހިލޭ ލޮލުގެ ނަމްބަރު ނެގޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި އައިކެއާ އޮޕްޓިކަލްސްއިން ގަންނަ ނަމްބަރު އައިނާއި ކޮންޓެކްޓް ލެންސުން 20 ޕަސެންޓުގެ ޑިސްކައުންޓު ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ކެމްޕެއިނުގެ ދަށުން އެ އޮފާ ކުރިއަށް ދާނީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އެވެ.
ކެމްޕެއިނާ ގުޅޭ އިތުރު މައުލޫމާތު އައިކެއާގެ ނަމްބަރު 3321026 އިން ލިބޭނެ އެވެ.