ރާއްޖޭގެ އެތުލީޓުންނަށް އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕުން ފަސްވަނަ
ރާއްޖޭގެ އެތުލީޓުންނަށް އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕުން ފަސްވަނަ

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫ ގައި އިއްޔެ ކުރިއަށް ގެންދިޔަ 16 ވަނަ އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕުގައި ރާއްޖޭން ވާދަކުރި ފިރިހެން 10 ކިލޯމީޓަރު އިވެންޓުގެ ފަސްވަނަ ހޯދައިފި އެވެ.

ރާއްޖޭގެ އެތުލީޓުންނަށް އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕުން ފަސްވަނަ
ރާއްޖޭގެ އެތުލީޓުންނަށް އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕުން ފަސްވަނަ

މި އަހަރުގެ މުބާރާތުގައި ހަތަރު އިވެންޓެއް ކުރިއަށް ގެންދިޔަ އެވެ. އެއީ އޯޕަން ކެޓެގަރީގެ އަންހެން އަދި ފިރިހެން 10 ކިލޯމީޓަރާއި 20 އަހަރުން ދަށުގެ ފިރިހެން އަށް ކިލޯމީޓަރާއި އަންހެން ހަ ކިލޯމީޓަރުގެ ދުވުމެވެ. ރާއްޖޭން ވާދަކުރި ފިރިހެން ތިން އެތުލީޓުން ވެސް ވާދަ ކުރީ 10 ކިލޯމީޓަރު އިވެންޓުގަ އެވެ.

ރާއްޖޭގެ އެތުލީޓުންނަށް އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕުން ފަސްވަނަ
ރާއްޖޭގެ އެތުލީޓުންނަށް އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕުން ފަސްވަނަ

ރާއްޖޭގެ ޔޫސުފް އިބްރާހިމް ރޭސް ނިންމީ 41:01.795 (41 މިނިޓާއި 1.795 ސިކުންތު) އިންނެވެ. މުހައްމަދު ފަވާޒު 42:28.784 އިން ރޭސް ނިންމި އިރު މުހައްމަދު އިރުފާން ރޭސް ނިންމާފައި ވަނީ 43:24.354 އިންނެވެ.

މަޑު ފަސްގަނޑުތަކާއި އުސް ހިސާބުތަކުގައި ދުވާ ކްރޮސް ކަންޓްރީ ގައި ފިރިހެން އޯޕަން ކެޓަގަރީން އެއްވަނަ ހޯދީ މުބާރާތް ހޯސްޓު ކުރި ނޭޕާލް އެވެ. ރާއްޖެ އާއި ނޭޕާލްގެ ދުވުންތެރިންގެ ޓައިމިންއާ ދެމެދު ވަނީ ގާތްގަނޑަކަށް 10 ވަރަކަށް މިނިޓުގެ ތަފާތެވެ

މުޅި އެކު 25 ދުވުންތެރިން ވާދަ ކުރި ފިރިހެން 10 ކިލޯމީޓަރު އިވެންޓް ގައި ރާއްޖެ އާއި ނޭޕާލުގެ އިތުރުން ފަސް ގައުމަކުން ވަނީ ވާދަ ކޮށްފަ އެވެ. އިވެންޓްގެ ދެވަނަ އިރާނުން ހޯދި އިރު ތިންވަނައަށް ދިޔައީ އިންޑިއާ އެވެ. އަދި ހަތަރު ވަނައިގައި ނިންމީ ޕާކިސްތާނެވެ. ދެން ވާދަކުރީ ބަންގްލަދޭޝް އާއި ޗައިނީޒް ތައިޕޭ އެވެ.

ދިވެހި ޓީމުގެ ކޯޗެއްގެ ގޮތުގައި ދިޔަ އަބްދުﷲ އިބްރާހިމް (އަބުޅޯ) ބުނީ، ރާއްޖެ ފަދަ ސީ ލެވެލް ގައުމެއްގައި ތަމްރީނު ހަދައިގެން މުބާރާތުގައި ހޯދި ނަތީޖާއާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ދުވުންތެރިންނަށް ހައި އެލްޓިޓިއުޑެއްގައި ރަނގަޅު ތަމްރީނެއް ހެދުމުގެ ފުރުސަތު ލިބިއްޖެ ނަމަ ކްރޮސް ކަންޓްރީ ގައި ރާއްޖެ އަށް މެޑަލް ހޯދިދާނެ ކަމަށް ކޯޗު ގަބޫލު ކުރެ އެވެ.

"ރާއްޖޭގަ ސީ ލެވެލްގަ ޓްރެއިން ކޮށްފަ މިތާނގައި [ނޭޕާލުގައި] ގާތްގަނޑަކަށް 1،500 ފޫޓު މަތީ އަލްޓިޓިއުޑެއްގައި މުބާރާތް ކުރިއަށް ދިޔައީ. އެހެންވެ އެކަމާ ދުވުންތެރިންނަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ތަހަންމަލް ކުރަން ޖެހުނު،" ކޯޗު އަބުޅޯ "މިހާރު" އަށް ކިޔައިދިނެވެ.

"ރާއްޖެ އަކީ ފްލެޓް ގައުމެއް، އަޕް ހިލް ތަކާ ޑައުން ހިލް ތަކުން ރާއްޖޭގެ އެތުލީޓުންނަށް އުނދަގޫތައް ކުރިމަތި ވާނެ. އެކަމަކު ހައި އެލްޓިޓިއުޑެއްގައި ރާއްޖޭގެ ޑިސްޓެންސް އެތުލީޓުންނަށް ދެތިން މަހުގެ ރަނގަޅު ތަމްރީނެއް ދެވިއްޖެ ނަމަ މެޑަލް ހޯދިދާނެ."