އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓާ ވެރިކަން ހަވާލުކުރަން ސެނެގާލް ސިފައިން ގެމްބިއާ އަށް ވަދެފި
އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓާ ވެރިކަން ހަވާލުކުރަން ސެނެގާލް ސިފައިން ގެމްބިއާ އަށް ވަދެފި

ރިއާސީ އިންތިހާބުން ނާކާމިޔާބުވުމުން ވެސް ވެރިކަން ގެމްބިއާގެ ރައީސް ޔަހުޔާ ޖާމީ ވެރިކަމުގެ ބާރުތައް ދޫނުކުރައްވައި، އިންތިހާބު ކާމިޔާބުކުރެއްވި އާދަމާ ބާރޯއާ ވެރިކަން ހަވާލު ނުކުރެއްވުމުން ސެނަގާލް ސިފައިން ގެމްބިއާ އަށް އަރައިފި އެވެ.

އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓާ ވެރިކަން ހަވާލުކުރަން ސެނެގާލް ސިފައިން ގެމްބިއާ އަށް ވަދެފި
އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓާ ވެރިކަން ހަވާލުކުރަން ސެނެގާލް ސިފައިން ގެމްބިއާ އަށް ވަދެފި

އާދަމާ ބާރޯއާ އަކީ އިންތިހާބީ ރައީސް ކަމަށް ގައުމުތަކުން ބަލައިގެން ނަމަވެސް ރައީސް ޖާމީ ކުއްލި ހާލަތު އިއުލާނުކުރައްވައި ވެރިކަމުގައި ހުންނެވުމުން އެފްރިކާގެ ގައުމުތަކުން ކުރިން ވެސް ވަނީ އަސްކަރީ ގޮތުން ފިޔަވަޅު އަޅައި ވެރިކަން ބަދަލުކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އިންޒާރާ އެއްގޮތަށް ސެނަގާލް ސިފައިން ގެމްބިއާއަށް ވަދެފައި މި ވަނީ ގާނޫނު ހަދާ މަޖިލީހުގައި ބާރޯއާ ވެރިކަމުގެ ހުވާކުރެއްވުމާ އެކުގަ އެވެ. ގެމްބިއާ އަށް ސެނަގާލް ސިފައިން ވަދެފިކަން ސެނަގާލް ސިފައިންގެ ތަރުޖަމާނަކު ވަނީ އެކި މީޑިއާތަކަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ގެމްބިއާ މަތިން އަސްކަރީ މަތިންދާބޯޓުތައް ވެސް ދަތުރުކުރަމުންދާ ކަމަށާއި އެއީ ހަމަލާ ދިނުމުގެ ގާބިލްކަމާ އެކު ފޮނުވާފާއިވާ ބޯޓުތަކެއް ކަމަށް ސެނަގާލްގެ އަސްކަރިއްޔާއިން ބުންޏެވެ. ސެނަގާލް ސިފައިންނަކީ އެފްރިކާގެ އެންމެ ވަރުގަދަ އެއް އަސްކަރިއްޔާ އެވެ.

އާ ރައީސް ގައުމާ މުޚާތަބުކުރައްވަމުން ވަނީ ގެމްބިއާ ސިފައިން އެ ބަޔަކު ތިބި ތަނެއްގައި ސުލްހަވެރިކަމާ އެކު ތިބުމަށް އަމުރުކުރައްވައިފަ އެވެ. އަމުރާ ޚިލާފުވާ މީހުންނަކީ ބާޣީންގެ ގޮތުގައި ބަލައި އަދަބު ދޭނެ ކަމުގެ އިންޒާރު ދެއްވި އެވެ.

ނަމަވެސް ގެމްބިއާގެ އިންފޮމޭޝަން މިނިސްޓަރު ސީދީ ނީޖީ ބީބީސީއަށް ވިދާޅުވީ ރައީސް ޖާމީ އޮފީސް ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމަށެވެ.

ވެރިކަން ހަވާލުކުރުމަށް ޖާމީއަށް ދިން މުހުލަތު ހަމަވާން ކައިރިވި އިރު ގެމްބިއާގެ ބޯޑަރު ކައިރިއަށް ވަނީ ސެނަގާލް އިން ސިފައިން ޖަމާކޮށްފަ އެވެ.

ގެމްބިޔާއާ ދެކޮޅަށް ދޭ އަސްކަރީ ހަމަލާގައި ނައިޖީރިއާގެ އެއްގަމާއި ކަނޑާއި ވައިގެ ސިފައިން ބައިވެރިވާނެ ކަމަށް ވެސް ކުރިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ގާނާގެ ސިފައިން ވެސް ބައިވެރިވާނެ އެވެ. ހަނގުރާމަ ފެށިދާނެ ކަމުގެ ބިރަށް ގެމްބިއާގެ އާންމުންގެ އެތައް ބަޔަކު ދަނީ ރައްކާތެރި ހިސާބުތަކަށް ދަތުރުކުރަމުންނެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ގެމްބިއާގައި ބޭއްވި ރިޔާސީ އިންތިޚާބުން ޖާމީ އަށް ނާކާމިޔާބުވުމާ ގުޅިގެން އެންމެ ފުރަތަމަ ބަލި ގަބޫލް ކުރައްވައި އިދިކޮޅު ކެންޑިޑޭޓް އަދަމާ ބަރޯ އަށް މަރުހަބާ ވިދާޅުވި އެވެ. ނަމަވެސް އެއް ހަފުތާ ފަހުން ޖާމީ ވަނީ ނަތީޖާ ގަބޫލް ކުރައްވަން ދެކޮޅު ހައްދަވައި، އިންތިހާބުގެ ނަތީޖާ ބާތިލްކޮށް އާ އިންތިހާބެއް ބާއްވައިދިނުމަށް އެދި ކޯޓަށް ހުށަހަޅުއްވައިފަ އެވެ. މީގެ އިތުރުން ސިފައިން ފޮނުވައިގެން އިލެކްޝަން ކޮމިޝަން ވަނީ ހިސާރުކޮށްފަ އެވެ.