ތިލަދުންމަތީ އިންޓަ ސްކޫލް ފެތުމުގެ މުބާރާތް: އެންމެ ކާމިޔާބީ ހއ. އަތޮޅު ތައުލީމީ މަރުކަޒު
ތިލަދުންމަތީ އިންޓަ ސްކޫލް ފެތުމުގެ މުބާރާތް: އެންމެ ކާމިޔާބީ ހއ. އަތޮޅު ތައުލީމީ މަރުކަޒު

ރާއްޖޭގެ ސްވިމިން އެސޯސިއޭޝަނާއި ހދ. ކުޅުދުއްފުށީ ކައުންސިލާ ގުޅިގެން ބޭއްވި ފުރަތަމަ ތިލަދުންމަތީ އިންޓަ ސްކޫލް ސްވިމިން މުބާރާތުން ހއ. އަތޮޅު ތައުލީމީ މަރުކަޒުން ފުރިހަމަ ކާމިޔާބެއް ހޯދައިފި އެވެ.

ތިލަދުންމަތީ އިންޓަ ސްކޫލް ފެތުމުގެ މުބާރާތް: އެންމެ ކާމިޔާބީ ހއ. އަތޮޅު ތައުލީމީ މަރުކަޒު
ތިލަދުންމަތީ އިންޓަ ސްކޫލް ފެތުމުގެ މުބާރާތް: އެންމެ ކާމިޔާބީ ހއ. އަތޮޅު ތައުލީމީ މަރުކަޒު

މި މަހުގެ 1 އިން ހަތަރަކަށް ބޭއްވި މި މުބާރާތް ކުރިއަށް ގެންދިޔައީ ފަސް އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ ޖޫނިއާ އޭ (12 އަހަރުން ދަށް)، ޖޫނިއާ ބީ (14 އަހަރުން ދަށް)، ސީނިއާ އޭ (16 އަހަރުން ދަށް)، ސީނިއާ ބީ (18 އަހަރުން ދަށް) އަދި ސީނިއާ ސީ (20 އަހަރުން ދަށް) އެވެ.

ތިލަދުންމަތީ އިންޓަ ސްކޫލް ފެތުމުގެ މުބާރާތް: އެންމެ ކާމިޔާބީ ހއ. އަތޮޅު ތައުލީމީ މަރުކަޒު
ތިލަދުންމަތީ އިންޓަ ސްކޫލް ފެތުމުގެ މުބާރާތް: އެންމެ ކާމިޔާބީ ހއ. އަތޮޅު ތައުލީމީ މަރުކަޒު

ހއ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ މުބާރާތުގެ ޖޫނިއާ އަދި ސީނިއާ ބައިން ވެސް އެއްވަނަ ހޯދައިފަ އެވެ.

ތިލަދުންމަތީ އިންޓަ ސްކޫލް ފެތުމުގެ މުބާރާތް: އެންމެ ކާމިޔާބީ ހއ. އަތޮޅު ތައުލީމީ މަރުކަޒު
ތިލަދުންމަތީ އިންޓަ ސްކޫލް ފެތުމުގެ މުބާރާތް: އެންމެ ކާމިޔާބީ ހއ. އަތޮޅު ތައުލީމީ މަރުކަޒު

ޖޫނިއާ ބައިން އެއްވަނަ ހޯދީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޖޫނިއާ އޭ ކެޓަގަރީގެ އަންހެން ޓީމެވެ. ދެވަނަ ހޯދީ ހއ. ކެލާގެ ޝައިހް އިބްރާހިމް ސްކޫލުގެ ޖޫނިއާ ބީ ކެޓަގަރީގެ އަންހެން ޓީމެވެ. އަދި ތިންވަނަ ހޯދީ އަފީފުއްދީން ސްކޫލުގެ ޖޫނިއާ ބީ ކެޓަގަރީގެ އަންހެން ޓީމެވެ.

ސީނިއާ ބައިގެ އެއްވަނަ ހޯދީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ސީނިއާ އޭ ކެޓަގަރީގެ އަންހެން ޓީމެވެ. ދެވަނަ ހޯދީ ޖަލާލުއްދީން ސްކޫލުގެ ސީނިއާ އޭ ކެޓަގަރީގެ އަންހެން ޓީމެވެ. އަދި ތިންވަނަ ހޯދީ ޝެއިހް އިބްރާހިމް ސްކޫލުގެ ސީނިއާ ބީ ކެޓަގަރީގެ ފިރިހެން ޓީމެވެ.

ފޯރި ގަދަކޮށް ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ކުރިއަށް ދިޔަ މި މުބާރާތުގައި މުޅި އެކު 22 ސްކޫލަކުން 432 ދަރިވަރުން ވަނީ ވާދަ ކޮށްފަ އެވެ. ހއ. އަތޮޅުގެ ފަސް ސްކޫލަކުން ވާދަ ކުރިއިރު، ހދ. އަތޮޅުގެ ހަ ސްކޫލަކުން ވާދަ ކުރި އެވެ. ހަމަ އެއާ އެކު ށ. އަތޮޅުގެ ހަތަރު ސްކޫލަކާއި މާލޭގެ ހަތަރު ސްކޫލެއްގެ އިތުރުން ގދ. އަތޮޅު ތިނަދޫގެ ތިން ސްކޫލެއް ވަނީ މި މުބާރާތުގައި ވާދަ ކޮށްފަ އެވެ.

ކެޓަގަރީތަކުން ވަނަތައް ހޯދި ސްކޫލުތަކަށް ބަލައިލާއިރު، ފިރިހެން ޖޫނިއާ އޭ ގެ އެއްވަނަ ހޯދީ ހއ. އަތޮޅު ތައުލީމީ މަރުކަޒެވެ. ޝެއިހް އިބްރާހިމް ސްކޫލަށް ދެވަނަ ލިބުނު އިރު ތިންވަނަ ލިބުނީ ހއ. އަތޮޅު ސްކޫލަށެވެ.

އަންހެން ޖޫނިއާ އޭ ކެޓަގަރީގެ އެއްވަނަ އަފީފުއްދީން ސްކޫލަށް ލިބުނު އިރު ހއ. އަތޮޅު ތައުލީމީ މަރުކަޒަށް ލިބުނީ ދެވަނަ އެވެ. ތިންވަނަ ލިބުނީ ޖަލާލުއްދީން ސްކޫލަށެވެ.

ފިރިހެން ޖޫނިއާ ބީ ކެޓަގަރީން ވެސް އެއްވަނަ ހޯދީ ހއ. އަތޮޅު ތައުލީމީ މަރުކަޒެވެ. ދެވަނައަށް ދިޔައީ ގދ. އަތޮޅު ތައުލީމީ މަރުކަޒެވެ. އަދި ތިންވަނަ އަށް ދިޔައީ ޝެއިހް އިމްރާން ސްކޫލެވެ.

ޖޫނިއާ ބީ ކެޓަގަރީގެ އަންހެން އެއްވަނަ ސްކޫލަކީ ޝެއިހް އިބްރާހިމް ސްކޫލެވެ. ދެވަނަ ލިބުނީ ޖަލާލުއްދީން ސްކޫލަށެވެ. އަދި ތިންވަނަ ލިބުނީ އަފީފުއްދީން ސްކޫލަށެވެ.

ސީނިއާ އޭ ކެޓަގަރީގެ ފިރިހެން އިވެންތްތަކުން އެއްވަނަ ހޯދީ ހއ. އަތޮޅު ތައުލީމީ މަރުކަޒެވެ. ޝެއިހް އިބްރާހިމް ސްކޫލަށް ދެވަނަ ލިބުނުއިރު ތިންވަނައަށް ދިޔައީ އަފީފުއްދީން ސްކޫލެވެ.

ސީނިއާ އޭ ގެ އަންހެން ބައިގެ އެއްވަނަ ހޯދީ ޖަލާލުއްދީން ސްކޫލުންނެވެ. އަފީފުއްދީން ސްކޫލުން ދެވަނަ ހޯދި އިރު ތިންވަނަ ލިބުނީ ހއ. އަތޮޅު ތައުލީމީ މަރުކަޒަށެވެ.

ފިރިހެން ސީނިއާ ބީ ކެޓަގަރީގެ އެއްވަނަ ހޯދީ ޖަލާލުއްދީން ސްކޫލެވެ. ދެވަނަ ހޯދީ ޝެއިހް އިބްރާހިމް ސްކޫލެވެ. އަދި ތިންވަނަ ހޯދީ މަކުނުދޫ ސްކޫލެވެ.

ޖޫނިއާ އޭ ކެޓަގަރީގެ ފިރިހެން ފެތުންތެރިންގެ ތެރެއިން އެއްވަނަ ހޯދީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ މުހައްމަދު އިޒްކާން ބިން އިސްމާއިލް ނަސީރެވެ. ހަމަ އެ ސްކޫލުގެ އަޒްޔާން މުހައްމަދު ޝިޔާމާއި ހއ. އަތޮޅު ސްކޫލުގެ އަނޫފް އާމިދު އަންވަރަށް ދެވަނަ ލިބުނުއިރު، ތިންވަނައަށް ދިޔައީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ މުހައްމަދު މީކާއިލް ބިން އަބްދުﷲ އާއި ޝެއިހް އިސްމާއިލް ސްކޫލުގެ އަހުމަދު މިފްޒާލް މުއާޒް އެވެ.

ޖޫނިއާ އޭ އަންހެން ވަނަތައް ހޯދީ އަފީފުއްދީން ސްކޫލުގެ ތިން ދަރިވަރުންނެވެ. އެއްވަނައަށް ދިޔައީ އާމިނަތު އައުހާ އަބްދުއްރަހްމާން އެވެ. ދެވަނައަށް ދިޔައީ މަރިޔަމް ނާޔާ އެވެ. އަދި ތިންވަނައަށް ދިޔައީ އާނީ ހުސެއިން އަހުމަދެވެ.

ޖޫނިއާ ބީ ގެ ފިރިހެން ފެތުންތެރިންގެ ތެރެއިން އެއްވަނަ ހޯދީ އަހުމަދިއްޔާގެ ނައިކް ބިން އަލީ ނާޝިދެވެ. ދެވަނައަށް ދިޔައީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަބްދުﷲ އަލްތާފް އަހުމަދާއި ނައިވާދޫ ސްކޫލުގެ އަހުމަދު މާނިއު މުހައްމަދު އަދި ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ މިހުދާދު އަބްދުލް މަންނާން އެވެ. ތިންވަނައަށް ދިޔައީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރުންނެވެ. އެއީ އަބްދުﷲ ލޫތު ބިން އަހުމަދު ފިރާގު އަދި އަލީ ޝާދިން އަހުމަދެވެ.

ޖޫނިއާ ބީ ގެ އަންހެން އެއްވަނަ ފެތުންތެރިއަކީ ހުރަވީ ސްކޫލުގެ އާއިޝަތު ހައިޝާ ހަފީޒް އެވެ. ދެވަނަ ހޯދީ ޝެއިހް އިބްރާހިމް ސްކޫލުގެ އާމިނަތު ނައުހާ އަހުމަދާއި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ މަރިޔަމް ނިއާމް ޖައުފަރެވެ. ތިންވަނައަށް ދިޔައީ ޝެއިހް އިބްރާހިމް ސްކޫލުގެ ޝާމިޝް ހަފީޒެވެ.

ސީނިއާ އޭ ގެ އެއްވަނަ ފިރިހެން އެތުލީޓަކީ ހުރަވީ ސްކޫލުގެ މުހައްމަދު އަޔާން އަލީ އެވެ. ދެވަނަ ހޯދީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ ސާއީ ސައުދުﷲ އެވެ. ތިންވަނަ ހޯދީ ހަމަ އެ ސްކޫލުގެ މުހައްމަދު އީމާން ބިން އަބްދުﷲ އެވެ.

ސީނިއާ އޭ ގެ އެއްވަނަ އަންހެން އެތުލީޓަކީ ގިޔާސުއްދީން ސްކޫލުގެ މަރިޔަމް ޒިވާ ޒިއާމް އެވެ. ދެވަނަ ހޯދީ ހަމަ އެ ސްކޫލުގެ އަރީން ފާރިޝް އެވެ. ތިންވަނަ ހޯދީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އާމިނަތު މައާލް މުހައިމިން އާއި ޖަލާލުއްދީން ސްކޫލުގެ އާމިނަތު ސާޖިޔާ ހަންމާމް އެވެ.

ސީނިއާ ބީ ގެ އެއްވަނަ ފިރިހެން އެތުލީޓަކީ ސީއެޗްއެސްއީ ގެ ޔޫސުފް ނުހެއިކް ނަސީމް އެވެ. ދެވަނަ ހޯދީ ހުރަވީ ސްކޫލުގެ މުހައްމަދު ހަމީމް އިބްރާހިމް ހަލީލް އެވެ. ތިންވަނަ ހޯދީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު އަހުސަމް އާއި މަކުނުދޫ ސްކޫލުގެ އަލީ ސިޔާން އެވެ.

ސީނިއާ ބީ ގެ އަންހެން ވަނަތައް ހޯދީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އެތުލީޓުންނެވެ. އާއިޝަތު ސަދާ ނަސީރު އެއްވަނަ ހޯދިއިރު ދެވަނަ ހޯދީ ހަމްސާ ރަޝީދެވެ. ތިންވަނަ ހޯދީ އާއިޝަތު އީޝަލް ޒިޔާދެވެ.

ސީނިއާ ސީ ކެޓަގަރީގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު ލަންމާހު އިބްރާހިމާއި އުމަރު ފަރުހާނެވެ. ދެވަނަ ހޯދީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އަބޫބަކުރު އައުސަމް އެވެ. ތިންވަނަ ހޯދީ އިހަވަންދޫ ސްކޫލުގެ އަހުމަދު މާހިލް އެވެ.