ކުއްލިއަކަށް ބީރުވި އާރާއަށް އޮތީ އުއްމީދެއް!
ކުއްލިއަކަށް ބީރުވި އާރާއަށް އޮތީ އުއްމީދެއް!

ތުއްތު އާރާ އަހްމަދަށް ވާހަކަ ދެއްކެން ފެށުމާ އެކު އެންމެ ގިނައިން ގޮވައި ހެދީ މާމަ އާއި ކާފަ އަށެވެ. އެ ދެމަފިރިންގެ ހިތްހަމަޖެހުމަކީ ފެންނަ އިރަށް ތުއްތު އަރާގެ އެ އަޑު އިވުމެވެ. އެކަމަކު އެ އުފާވެރިކަން ގެއްލުނީ ހަމަ ކުއްލިއަކަށެވެ.

ކުއްލިއަކަށް ބީރުވި އާރާއަށް އޮތީ އުއްމީދެއް!
ކުއްލިއަކަށް ބީރުވި އާރާއަށް އޮތީ އުއްމީދެއް!

ވީ ގޮތެއް ނޭނގި އާރާގެ ދެ ކަންފަތް ބީރުވީ އެވެ.

ކުއްލިއަކަށް ބީރުވި އާރާއަށް އޮތީ އުއްމީދެއް!
ކުއްލިއަކަށް ބީރުވި އާރާއަށް އޮތީ އުއްމީދެއް!

އދ. މާމިގިލީ، އުމުރުން ފަސް އަހަރުގެ އާރާ ވާހަކަ ނުދައްކާތާ މިހާރު ތިން އަހަރުވެއްޖެ އެވެ. ހުރިހާ ވަގުތެއް އެކުގައި ހޭދަކުރާ މަންމަ އާއި މާމަ އާއި ކާފައަށް ގޮވައެއް ނުހަދަ އެވެ. ކަމެއް ބޭނުންވެއްޖެ ނަމަ އެދެނީ ހަރަކާތުންނެވެ.

ކުއްލިއަކަށް ބީރުވި އާރާއަށް އޮތީ އުއްމީދެއް!
ކުއްލިއަކަށް ބީރުވި އާރާއަށް އޮތީ އުއްމީދެއް!

ކާފަ އާއި މާމަ ދެކެ ލޯބިވާކަން ވެސް ބުނެދެނީ އަތުގެ އިޝާރާތުންނެވެ.

ކުއްލިއަކަށް ބީރުވި އާރާއަށް އޮތީ އުއްމީދެއް!
ކުއްލިއަކަށް ބީރުވި އާރާއަށް އޮތީ އުއްމީދެއް!

"އާރާ ވާހަކަ ދައްކާ އަޑު އަހަން ވަރަށް ބޭނުން. ހައްތާވެސް ހިތް ބުނަނީ އާރާ އަދި މާމަ ކާފަ ގޮވާލާނެއޭ, ވާހަކަ ދައްކާނެއޭ،" ކާފަ އަލީ މުޖުތަބާ ބުންޏެވެ.

ކުއްލިއަކަށް ބީރުވި އާރާއަށް އޮތީ އުއްމީދެއް!
ކުއްލިއަކަށް ބީރުވި އާރާއަށް އޮތީ އުއްމީދެއް!

އެ ދެމަފިރިން ކިޔައިދިން ގޮތުގައި ކުޑަކުޑަ އެ ހިތުގެ ތެރެއިން ނެރެ އިޝާރާތުން އާރާ ބުނެދޭ ވާހަކަތަކުގެ ފަހަތުގައި އޮތީ ބޮޑު އުއްމީދެކެވެ. މަންމަ އާއި ބައްޕައާ ވާހަކަ ދެއްކުމެވެ. މާމަ އާއި ކާފައަށް ގޮވައި ހެދުމެވެ. އެ ގޭގެ ބޮޑު ކޮށީގައި ގެންގުޅޭ ދޫނިތަކުގެ އަޑު އެހުމެވެ. ސްކޫލުގައި ކުދިންނާ ވާހަކަ ދެއްކުމެވެ. އެހެން ކުދިންނެކޭ އެއްގޮތަށް ކުޅިވަރުތަކުގައި ބައިވެރިވުމެވެ.

ކުއްލިއަކަށް ބީރުވި އާރާއަށް އޮތީ އުއްމީދެއް!
ކުއްލިއަކަށް ބީރުވި އާރާއަށް އޮތީ އުއްމީދެއް!

"ކަންފަތުގައި އަތް އަޅާފައި ބައެއް ފަހަރު ރޮއެގަންނާނެ. ހަމަ ބުނާނެ ނީވެއޭ," މާމަ ކިޔައިދިނެވެ.

ކުއްލިއަކަށް ބީރުވި އާރާއަށް އޮތީ އުއްމީދެއް!
ކުއްލިއަކަށް ބީރުވި އާރާއަށް އޮތީ އުއްމީދެއް!

މިއީ ދެމަފިރިންނާއި އާރާގެ މަންމައަށް ވެސް ދިރިއުޅުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތްދަތި ކަމެވެ.

ކުއްލިއަކަށް ބީރުވި އާރާއަށް އޮތީ އުއްމީދެއް!
ކުއްލިއަކަށް ބީރުވި އާރާއަށް އޮތީ އުއްމީދެއް!

އާރާ ވިހެއިރު އަޑު އިވުމުގެ އެއްވެސް މައްސަލައެއް ނެތެވެ. ގޮވާލުމުން ބަލާލަ އެވެ. ވާހަކަ ދައްކައި ސަކަރާތް ޖަހަން ފެށުމުން ހީހަދަ އެވެ.

"އަހަރު ހަމަވެގެން ފިޔަވަޅު ނެގިނެގި އިންދައި ކުޑަކުޑަކޮށް އެއް ދުވަހު ހުން އައިކަން އެނގޭ. މާބޮޑަށް ހުމެއް ނާދޭ. ބޭހެއް ވެސް ނުދެން. ރަނގަޅުވެއްޖެ," މާމަ ކިޔައިދިނެވެ.

އެ ހުމުން ރަނގަޅު ވިޔަސް ތަފާތެއް ފާހަގަކުރެވުނެވެ. އެއީ ގޮވިޔަސް ވާހަކަ ދެއްކިޔަސް އަޅާނުލައި ބަލަހައްޓައިގެން އިނުމެވެ.

އާއިލާ އިން ކިޔައިދިން ގޮތުގައި ޑޮކްޓަރަށް ދެއްކީ ކުއްލިއަކަށް އާރާއަށް އައި ބޮޑު ބަދަލު ފާހަގަވެގެންނެވެ.

"ކުރިން އާރާއޭ ގޮވީމާ އާދޭ ކައިރިއަށް. ފަހުން އަޅައެއް ނުލާ. އެކަމަކު ކުޑަދުވަސްކޮޅަކަށް މީހުންނަށް ގޮވާ ހެދި ފެނުނީމަ. މަންމަ ބައްޕަ, ބޭބެ, ގޭގައި އުޅޭ އެންމެންނަށް ނަމުން ވެސް ގޮވައި ހެދި. ފަހުން އެއްކޮށް ހުއްޓާލީ," މާމަ ކިޔައިދިނެވެ.

މާލެ އައިސް ޑޮކްޓަރަށް ދެއްކި އިރު އާރާގެ ދެ ކަންފަތަށް ވެސް އަޑު އިވެނީ 12 ޕަސެންޓަށެވެ.

"އެވަރަކުން މީހުން ދައްކާ ވާހަކަ ނަގައެއް ނުގަނެވޭނެއޭ. ބާރަށް ތަންތަނުގައި ޖަހާލީމަ އެ ކަހަލަ ބާރު އަޑު އެކަންޏޭ އިވޭނީ ޑޮކްޓަރު ބުނީ. މިހާރު ވެސް ދަރުސްދޭ އަޑު އިވޭ. މިސްކިތުން މި ގޯއްޗަށް އަޑު އައީމަ ބުނާނެ ކޮންތާކުންހޭ އެއީ. ކައްކަން މިކްސަރު ޖައްސާލީމަ ވެސް ބުނާނެ އުނދަގޫވެއޭ. ކޮންތާކުންހޭ އަޑު އަންނަނީ. ވާރޭ ބޯކޮށް އޮއްސާލައިފިއްޔާ ވެސް އިވިގެން އަހާ," މާމަ ބުންޏެވެ.

އާއިލާ އިން ބުނި ގޮތުގައި އާރާއަށް މިހެން ދިމާވި ސަބަބެއް ނޭނގެ އެވެ. އެކަމަކު އާރާގެ މަންމަ ވެސް ވަނީ ކުޑައިރު މިކަހަލަ ހާލަތެއް މެދުވެރިވެފަ އެވެ. އެއް ކަންފަތުގެ އިވުން އެއްކޮށް ގެއްލުނީ އެވެ. އާރާ މަންމަ އަށް މީހުން ކިޔާ އެއްޗެއް އެނގެނީ ވަރަށް ބާރަށް ވާހަކަ ދެއްކުމުންނެވެ. އެއީ ގަދަ ހުމަކާ އެކު ވީ ގޮތެކެވެ.

"ވަރަށް ބަލިކޮށް ކުޑައިރު އާރާ މަންމަ އުޅުނީ. ހިނގުނީ ވެސް ހަތަރު އަހަރު ފަހުން. ދެ ދުވަހެއް ނުލިބޭނެ, އަނެއް ދުވަހު ހުންނާނީ ހުން އައިސްފައި. ބޭރަށް ގޮސްގެން ދެއްކުމުން ބުނީ އޮޕަރޭޝަންކޮށްގެން ވެސް ޔަގީންކަމެއް ނެތޭ އަޑު އިވިދާނެ ކަމަށް."

އާރާއަށް އެ ހާލަތު ދިމާވުމުން އެންމެ ބޮޑު ދެރައެއް ލިބުނީ މަންމައަށެވެ. އެކަމުގެ އުނދަގުލުގެ ތެރޭގައި އޭނާ އުޅެން ޖެހިފައި ވުމުންނެވެ. އެކަމަކު ވެސް އެ ދެމައިންގެ މެދުގައި އޮތީ ވަރުގަދަ ލޯތްބެކެވެ.

އާރާ ދައްކާ ހުރިހާ ވާހަކައެއް އެ މަންމައަށް އެނގެ އެވެ.

މާމަ ކިޔައިން ގޮތުގައި މަންމައަށް ކަމެއް ވެދާނެތީ އެންމެ ދެރަވަނީ އާރާ އެވެ.

"ކިރިޔާ ކަމެއް ވިޔަސް, ގައިގެ ތަނަކަށް ބަނޑަށް ތަދުވެއޭ ބުންޏަސް ދެން ހަމަ އާރާ ރޯނެ. ހިތަށް އަރަނީ ކަންނޭނގެ ބަލާނެ މީހަކަށް ހުރީ މަންމައޭ. ހިތަށް އަރާނެތާ މިހެން އުޅެން ޖެހުނީމާ ވެސް. މާމަ ބަލިވިޔަސް ކާފަ ބަލިވިޔަސް ދައްތަމެން މީހަކު ބަލިވިޔަސް ފިރުމާލަ ފިރުމާލާ އާރާ އިންނާނެ,"

އެތައް ޑޮކްޓަރުންނަށް ދެއްކުނު އިރު ވެސް އާރާއަށް މާބޮޑު ފަރުވާއެއް ނުލިބުމެވެ.

ކާފަ ކިޔައިދިން ގޮތުގައި އާރާ ރަނގަޅުވޭތޯ މިހާތަނަށް ވަރަށް މަސައްކަތް ކުރެވިއްޖެ އެވެ. އެއްތަނުން ބުނާ ވާހަކަ ގަބޫލުނުކުރެވިގެން އަނެއް ތަނުން ވެސް ދައްކައި ހެދި އެވެ. އެކަމަކު ހުރިހާ ޑޮކްޓަރުންގެ ވާހަކަ އެއްކޮށްލީމަ ވެސް ބުނަނީ އެކައްޗެކެވެ.

އާރާ ރަނގަޅުވާނެ ކަމުގެ އުއްމީދު އެބައޮތެވެ. އެކަމަކު އެއީ ބޮޑު އޮޕަރޭޝަނަކެވެ. އާއިލާއަށް އޮތް ހިތްދަތި ކަމަކީ އެވަރުގެ ތަނަވަސްކަމެއް ނެތުމެވެ.

ކައިވެނި ރޫޅުމުން އާރާގެ މަންމަ ދިރިއުޅެނީ އެ ދެ މީހުންނާ އެކު އެ ގޭގަ އެވެ. އުމުރުން ދުވަސްވެފައި ތިބުމުން އެ ދެ މީހުންނަށް އާމްދަނީ ހޯދަން މާބޮޑު މަސައްކަތެއް ނުކުރެވެ އެވެ.

"އޮޕަރޭޝަނަށް ފަހު ކަންފަތަށް ލައްވަން ޖެހޭ އެއްޗަށް އެކަނި ވެސް 18,000 ޑޮލަރު އަރާނެ ކަމަށް ބުނަނީ. އޮޕަރޭޝަނަށް އަރާނެ ވަރެއް އަދި ނޭނގެ. އެ ލައްވާފައި ތެރަޕީ ވެސް ދޭން ޖެހޭ. އެހެންވެ އެހީއަށް އެދި އެކި ތަންތަނަށް ލައިގެން މިއުޅެނީ," ކާފަ ކިޔައިދިނެވެ.

އެހީއަށް އެދި މާމިގިލީ ރެސްޓޯރަންޓްތަކާއި އެއާޕޯޓުގައި ވެސް މިހާރު ވަނީ ފަންޑު ފޮށި ބަހައްޓައިފަ އެވެ. މާމަ އާއި ކާފަގެ ކޮންމެ ދުވަހެއްގެ ދުއާއަކީ ވީހާވެސް އަވަހަށް އެ އޮޕަރޭޝަން ކުރެވޭނެ މަގު ފަހިވުމެވެ.

"މިހާތަނަށް ދެއްކި ހުރިހާ ޑޮކްޓަރުން ވެސް ބުނޭ އުއްމީދު އެބައޮތޭ އާރާއަށް. ވާހަކަ ދެއްކޭނެއޭ. އަހަރެމެންނަށް ވެސް ޔަގީންވާ ކަމަކީ އަޑުނީވޭ އެހެން މީހުންނަށް ވުރެން އާރާ ރަނގަޅޭ. ވަރަށް ބޮޑަށް ހީވޭ އޭނަ ރަނގަޅުވާނެހެން," އޭނާ ބުންޏެވެ.

އެއީ ވަރަށް ދިގު އިންތިޒާރަކަށް ވެދާނެ ކަން ވެސް މާމަ އާއި ކާފަ ގަބޫލުކުރެ އެވެ. އެކަމަކު އާރާއަށްޓަކައި ކުރެވެން އޮތް އެއްވެސް ކަމެއް ދޫކޮށްލާކަށް އެ ދެމަފިރިން ބޭނުމެއް ނުވެ އެވެ.

"މާމަ ކާފަ ކިޔާފައި އަޅުގަނޑުމެންނަށް ގޮވަލާ, ކޮއްކޮ ދައްތަ ބޭބެ ގޮވާލާ އަޑު ވެސް އަހަން ބޭނުންވޭ. ރަނގަޅު ދަރިއެއްގެ ގޮތުގައި ކުރިއަށްދާތަން ވެސް ދެކެން ބޭނުންވޭ. އެ އުއްމީދުތަކާ އެކު ކާމިޔާބުވޭތޯ މި މަސައްކަތްކުރަނީ," މުޖުތަބާ ބުންޏެވެ.