އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕަށް ހުޅުވާލައިފި
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕަށް ހުޅުވާލައިފި

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕު 2024ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ އޮސްޓްރޭލިއާގެ އިންސްޓިޓިއުޝަނަކުން ބައިނަލްއަގުވާމީ ފެންވަރުގެ ސެޓްފިކެޓެއް ހޯދުމަށް ލިބޭ ފުރުސަތެކެވެ. ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް ބޭނުންވާ ހުރިހާ ސަޕޯޓަކާއި ފަންޑިންއެއް ލިބޭނެ އެވެ.

މި ސްކޮލާޝިޕަކީ އޮސްޓްރޭލިއާ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑުން ފަންޑުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އެކި ދާއިރާތަކުން ކުރިއަރަމުން އަންނަ ލީޑަރުންނަށް އޮސްޓްރޭލިއާގެ ޔުނިވާސިޓީތަކުން ކަނޑައަޅާފައިވާ ވަކި ދާއިރާތަކަކުން މާސްޓާސް ފުރިހަމަ ކުރުމަށް ފުރުސަތު ލިބޭނެ އެވެ. ފުރުސަތު ދޭ ދާއިރާތަކަކީ އިގުތިސޯދީ ތަރައްގީ އާއި ސަސްޓެއިނިބިލިޓީ އާއި ރިޒެލިއަންސް އަދި ސްޓެބިލިޓީއާ ގުޅޭ ދާއިރާތަކެވެ.

މި ސްކޮލާޝިޕުގައި ދަރިވަރުންނަށް ކިޔެވުމާއި ރިސާޗުކުރަން ލިބޭ ފުރުސަތަކީ ދަރިވަރުންގެ ހުނަރު ތަރައްގީކޮށް ގައުމުގެ ކުރިއެރުމާއި ތަރައްގީއަށް މަސައްކަތްކުރުމަށް ހިތްވަރު ލިބި އެކަމަށް ބޭނުންވާ މައުލޫމާތުތައް ލިބިގެންދާނެ ފުރުސަތެކެވެ.

ސްކޮލާޝިޕް ފުރިހަމަ ކުރާ ދަރިވަރުން ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ އެވެ.

މި ސްކޮލާޝިޕުގެ ދަރިވަރުންނަކީ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީ އަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ފަރާތްތަކާއި އެކު ގުޅުން އޮންނަ އޮސްޓްރޭލިއާ ގްލޯބަލް އެލުމްނައި ނެޓްވޯކުގެ ބައިވެރިންނަށް ވާނެ އެވެ.

މި ޕްރޮގްރާމު ފުރިހަމަ ކުރި ބައިވެރިއެއް ކަމަށްވާ ސ. އަތޮޅު ސްކޫލުގެ ސްޕެޝަލް އެޑިއުކޭޝަންގެ ލީޑިން ޓީޗަރު ފާތުމަތު ޝައުނާ ބުނި ގޮތުގައި މި ޕްރޮގްރާމަކީ އޭނާގެ ތައުލީމީ ހަޔާތުގައި ބައިވެރިވެވުނު އެންމެ ތަފާތު، ގިނަ ތަޖުރިބާތަކެއް ލިބުނު ޕްރޮގްރާމެވެ. އަދި މި ޕްރޮގްރާމަކީ ހަމައެކަނި ސްކޮލާޝިޕާއި ހަމައިން ނިމޭ ޕްރޮގްރާމެއް ނޫން ކަމަށާއި، 2015 ވަނަ އަހަރު ސްކޮލާޝިޕް ފުރިހަމަ ކުރުމަށް ފަހު އަލުމްނާއިއެއްގެ ގޮތުގައި މުޖުތަމައަށް ފައިދާ ހުރި ގިނަ މަސައްކަތްތަކެއް އެކި ޕްރޮޖެކްޓުތަކުގެ ތެރެއިން ކޮށްފައިވާ ކަމަށެވެ.

"މިއީ މުޅި އުމުރަށް ދެމިގެންދާނެ ފުރުސަތެއް. ސްކޮލާޝިޕުގައި ހަމައެކަނި ކިޔަވާ ނިމުމުން ނިމޭނެ ފުރުސަތެއް ނޫން. ކިޔެވުން ފުރިހަމަ ކުރުމަށް ފަހު ވެސް މުހިންމު ގިނަ ކަންތައްތަކެއްގައި ބައިވެރިވެ، ޑިފަރެންސެއް މޭކް ކުރަން ލިބޭ ރަނުގެ ފުރުސަތެއް މިއީ،" އޭނާ ބުންޏެވެ.

ސްކޮލާޝިޕުގައި ބައިވެރިވި އައިލެންޑް އޭވިއޭޝަނުގެ ނެޓްވޯކް ޕްލޭނިން އެންޑް ރެވެނިއު މެނޭޖްމަންޓް ސްޕެޝަލިސްޓް ވިދާޅުވި ގޮތުގައި އެ ސްކޮލަޝިޕަކީ ލީޑާޝިޕާއި އުނގެނުމަށް ލިބޭ ފަހި ފުރުސަތެއް ކަމަށެވެ. އަދި މި ސްކޮލާޝިޕަށް ހވޭ ދަރިވަރުން، އޭގައި ހިމެނޭ ސްކީމްތައް އެންމެ ފުރިހަމަ ބޭނުން ކުރުމަށް ވެސް އޭނާ ވަނީ ގޮވާލައިފަ އެވެ. އޭނާ ބުނި ގޮތުގައި އެ ސްކޮލާޝިޕުން އޭނާއަށް ބޭނުންވި ހުރިހާ އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފަ އެވެ.

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕުގައި މޭ މަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ނޯޓު: މިއީ އޮސްޓްރޭލިއާ އެވޯޑްސްގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.