06 މާޗް 2023 - 13:16

މި އަހަރުގެ ރޯދަ މަހަށް އަމާޒުކޮށް "ގްރޭންޑް ރޯދަ ޕްރޮމޯޝަން 1444"ގެ ނަމުގައި ކިންގްސްޓަން އިން ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ކަނޑައަޅާފައިވާ ވައްތަރުތަކެއްގެ ސައިކަލުތަކަށް 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ޕްރޮމޯޝަނުގެ މުއްދަތުގައި ކިންގްސްޓަނުން ސައިކަލު ގަންނަ ހުރިހާ ކަސްޓަމަރުންނަށް ޕްރޮމޯޝަނުގެ ގްރޭންޑް ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.
ލަކީޑްރޯގެ އެންމެ ބޮޑު އިނާމަކަށް ހުށަހަޅާފައި ވަނީ އެކަކުގެ އުމްރާ ދަތުރެކެވެ. ދެ ވަނަ އަށް 10،000ރ. ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 5000ރ. އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފްތާއަކަށް 1444ރ.ގެ ފައިސާގެ އިނާމެއް ވެސް ކިންގްސްޓަނުން ވަނީ ހުށަހަޅައިފަ އެވެ. އެ އިނާމަކީ އެ ފިިހާރައިން ކޮށްފައިވާ ރޯދަ ޕޯސްޓު ލައިކު ކޮށް ޝެއާކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ކޮންމެ ހަފްތާއަކު ނަސީބުވެރި އެއް ފަރާތަކަށް ލިބޭނެ ފައިސާގެ އިނާމެކެވެ.
ކިންގްސްޓަންގެ ރޯދަ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ.
ކިންގްސްޓަނުގައި ދިވެހިންގެ މެދުގައި މަގުބޫލު ސްކޫޕީ، ޕީސީއެކްސް އަދި އެއާ ބްލޭޑްގެ އިތުރުން ގިނަ ވައްތަރުތަކެއްގެ ސައިކަލު ލިބެން ހުރެ އެވެ.