06 މާޗް 2023 - 07:28

އައްޑޫ ހިތަދު އާއި މާލެއާ ދެމެދު ދަތުރުކުރާ އާގަލާ ބޯޓުގައި ރޭ ދަންވަރު ރޯވެ، އިންޑިއާގެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އައްޑޫން ފުރައިގެން މާލެ އަށް ދަތުރުކުރި އާގަލާ ބޯޓުގައި މ. ތުވަރު ކައިރިން ރޯވުމުން އޭގައި ތިބި 15 މީހުން ކަނޑަށް ފުންމާލި ކަމަށެވެ. އެކަމަކު، އޭގެ ތެރެއިން އިންޑިއާގެ މީހަކު އަދި ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ބޯޓުގައި ތިބީ ފަސް ދިވެހިންނާއި އިންޑިއާގެ ފަސް މީހަކާއި އަދި ބަންގްލަދޭޝްގެ ފަސް މީހަކު ކަމަށް ސިފައިން ބުންޏެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި، ގެއްލުނު މީހާ ފިޔަވައި އެހެން އެންމެން މިހާރު ވަނީ ސަލާމަތް ކޮށްފަ އެވެ. އަދި ސަލާމަތްވި މީހުން މ. މުލީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށާއި ބޯޓު އެއްކޮށް އަންދައި ހުލިވި ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
އެނގިފައިވާ ގޮތުގައި އާގަލާ ބޯޓު މިހާރު ވަނީ އަޑިއަށް ގޮސްފަ އެވެ.