ބީޓީއެސްގެ ވީ އަށް އިންސްޓަގްރާމްގެ ތާރީހީ ރެކޯޑެއް
ބީޓީއެސްގެ ވީ އަށް އިންސްޓަގްރާމްގެ ތާރީހީ ރެކޯޑެއް

އިންސްޓަގްރާމުގެ އެއް އެކައުންޓަކުން ކޮށްފައިވާ ހުރިހާ ޕޯސްޓަކަށް ވެސް 10 މިލިއަނަށް ވުރެ ގިނަ ލައިކްސް ލިބުނު ފުރަތަމަ މީހަކަށް ދެކުނު ކޮރެއާގެ މަޝްހޫރު ޕޮޕް ގްރޫޕް ބީޓީއެސްގެ ތަރި ކިމް ޓޭ-ހްޔަންގް (ވީ) ވެއްޖެ އެވެ.

ވީ އިންސްޓަގްރާމާ ގުޅުނީ 2021 ވަނަ އަހަރު އެވެ. އެއަށް ފަހު، މިހާތަނަށް 57.5 މިލިއަން ފޮލޯވާސްއާ އެކު ވީ އަކީ ބީޓީއެސްގެ މެންބަރުންގެ ތެރެއިން އިންސްޓަގްރާމުގައި އެންމެ ގިނަ މީހުން ފޮލޯކުރާ މީހާ އެވެ.

އޭނާގެ އިންސްޓަގްރާމުްގައި މިހާތަނަށް 77 ޕޯސްޓު ކޮށްފައިވާއިރު، ވީ ފޮލޯކުރަނީ އެންމެ ހަ އެކައުންޓަށެވެ. އެއީ ބައެއް ބޭންޑް މެންބަރުންނާއި ބީޓީއެސްގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖަށެވެ.

ވީ އަކީ އޭނާގެ ނުފޫޒު އިންސްޓަގްރާމުގައި ވަރަށް ގަދަ މީހެކެވެ. އޭނާގެ އެކައުންޓު އެންމެ ބޮޑަށް މަޝްހޫރުވީ "އެމިލީ އިން ޕެރިސް" ސީރީޒްގައި އޭޝްލީ ޕާކް ކިޔާފައިވާ ބީޓީއެސްގެ ސުޕަހިޓް ސިންގަލް "ޑައިނަމައިޓް" ލަވައިގެ ކަވާގެ ރިޕޯސްޓު ކުރި ފަހުންނެވެ.

ބީޓީއެސްގެ ބައެއް މީހުން ސޯލޯ ކެރިއާއަށް ސަމާލުކަން ދޭއިރު، ވީ ވެސް އަންނަނީ ބޮޑަށް ސޯލޯ ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރަމުންނެވެ. ދާދި ފަހުން އޭނާ ވަނީ "ޖިނީސް ކިޗެން" ކިޔާ ކޮރެއާގެ ކައްކާ ޝޯއެއްގެ ކާސްޓާ ގުޅިފަ އެވެ.