ގާލް ގައިޑުގެ އެންމެ މަތީ ޝަރަފު ފުރަތަމަ ލިބުނު ދިވެއްސަކަށް ފަސްޓް ލޭޑީ ފަޒްނާ
ގާލް ގައިޑުގެ އެންމެ މަތީ ޝަރަފު ފުރަތަމަ ލިބުނު ދިވެއްސަކަށް ފަސްޓް ލޭޑީ ފަޒްނާ

ގާލް ގައިޑުގެ ހަރަކާތް ކުރިއަރުވަން މަސައްކަތްކުރާ ވަކި ފަރުދުންނަށް ދެވޭ އެންމެ މަތީ ޝަރަފުގެ އެވޯޑު ރާއްޖޭގެ ޗީފް ގައިޑް، ފަސްޓް ލޭޑީ ފަޒްނާ އަހްމަދަށް އަރުވައިފި އެވެ.

ގާލް ގައިޑުގެ އެންމެ މަތީ ޝަރަފު ފުރަތަމަ ލިބުނު ދިވެއްސަކަށް ފަސްޓް ލޭޑީ ފަޒްނާ
ގާލް ގައިޑުގެ އެންމެ މަތީ ޝަރަފު ފުރަތަމަ ލިބުނު ދިވެއްސަކަށް ފަސްޓް ލޭޑީ ފަޒްނާ

ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އެންޑް ގާލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކްގެ ގައުމުތަކުގައި ހިންގާ ހަރަކާތްތަކަށް ބަލައި ރާއްޖެއިން ފަޒްނާއަށް އެ އެވޯޑު އަރުވާފައި ވަނީ، އިއްޔެ ބޭއްވި މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގަ އެވެ.

އެ އެވޯޑު ފަޒްނާއަށް ލިބިވަޑައިގަތީ ރާއްޖޭގެ ގާލް ގައިޑަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތައް ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރަން އޭޝިއާ ޕެސިފިކް ރީޖަނަލް އެވޯޑުގެ އިންޑިވިޖުއަލް ކެޓަގަރީންނެވެ.

މިއީ ދިވެއްސަކަށް މި އެވޯޑް ދިން ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ކެޓަގަރީން އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް ފަސް މީހަކާއި ހަތަރު އޮގަނައިޒޭޝަނަކަށް ވެސް ދިނެވެ.

އެ ޖަލްސާގައި، ފަސް އަހަރާއި 30 އަހަރާ ދެމެދުގެ މުއްދަތުގައި ހިދުމަތްކޮށްދެއްވި 75 ފަރާތަކަށާއި މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަންގެ އެޕްރިސިއޭޝަން އެވޯޑު ހާސިލްކުރި ދެ މީހަކަށް އެވޯޑް ހަވާލުކޮށްދެއްވި އެވެ.