ހިތްގައިމު ނިމުމެއް، އާސެނަލް އަށް އާދަޔާ ހިލާފް ދުވަހެއް
ހިތްގައިމު ނިމުމެއް، އާސެނަލް އަށް އާދަޔާ ހިލާފް ދުވަހެއް

ލަންޑަން (މާޗް 5) - މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި، ބޯންމައުތު ކޮޅަށް ރީސް ނެލްސަން ޖެހި ލަނޑާއެކު 3-2 ން މޮޅުވެ އާސެނަލް ފުރިހަމަ ކުރީ ހިތްގައިމު ނިމުމެއް ކަމަށް އެ ޓީމުގެ ކޯޗު މިކަލް އާޓެޓާ ބުނެފި އެވެ.

ހިތްގައިމު ނިމުމެއް، އާސެނަލް އަށް އާދަޔާ ހިލާފް ދުވަހެއް
ހިތްގައިމު ނިމުމެއް، އާސެނަލް އަށް އާދަޔާ ހިލާފް ދުވަހެއް

ބޯންމައުތުން ދެ ލަނޑުގެ ލީޑެއް ނަގައިފައި ވަނިކޮށް އާސެނަލް ނަތީޖާ ބަދަލު ކުރީ ފަހަތުން އަރައި ޖެހި ތިން ލަނޑުންނެވެ.

ހިތްގައިމު ނިމުމެއް، އާސެނަލް އަށް އާދަޔާ ހިލާފް ދުވަހެއް
ހިތްގައިމު ނިމުމެއް، އާސެނަލް އަށް އާދަޔާ ހިލާފް ދުވަހެއް

މެޗުގައި އާސެނަލްގެ 17 ވަނަ ކޯނަރު ނަގަން މާޓިން އޮޑެގާޑް ދިޔަ އިރު، 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަތް މިނެޓްގެ ތެރެއިން އެންމެ ފަހު ސިކުންތުކޮޅު ކުރިއަށް ދަނީ އެވެ. ގާތްގަނޑަކަށް މެޗު ނިމެނީ އެވެ. އޮޑެގާޑް ނެގި ކޯނަރު، ބޯންމައުތުގެ މާކޯސް ސެންސީ ބޮލުން ދިފާއު ކުރުމުން ނުކުތީ އޭރިއާ ބޭރަށެވެ. ނެލްސަން ވަނީ ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލްގެ ކޮނަށް ބޯޅަ ވައްދައިލައިފަ އެވެ.

ޕޮއިންޓަކުން ހިތްހަމަޖައްސާލަން ބޭނުން ނުވާ އާސެނަލްގެ ސަޕޯޓަރުން، ނެލްސަންގެ އެ ލަނޑާއެކު މުޅި ދަނޑު ހަލުވައިލި އެވެ. ޓީމުގެ ބެންޗުގައި ތިބި ކޯޗުން ސްޓާފުންނާއި ކުޅުންތެރިން ދަނޑަށް އަރައިގަތީ އާދަޔާ ހިލާފް ޖޯޝެއްގަ އެވެ.

ފަސް ޕޮއިންޓްގެ ލީޑަކާ އެކު މި ވަގުތު އެއްވަނައިގައި އޮތް އާސެނަލް އަށް ލީގުގެ ފަހު 12 މެޗަށް ނުކުންނަ އިރު އިތުބާރު ބޮޑުވީ އެވެ.

"މީ އާދަޔާ ހިލާފް ދުވަހެއް. އަދި ނިމުމުގައި އުފާވެރި ތަޖުރިބާއެއް ކުރެވުނު ދުވަހެއް. މި ގޮތުގައި އަހަރެމެންނަށް ކުރިއަށް ދިއުން ހައްގު،" މެޗަށް ފަހު ވާހަކަ ދައްކަމުން އާޓެޓާ ބުންޏެވެ.

ޕްރިމިއާ ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވީ އެވެ. އޭގެ ކުރިން ކުޅުނު ތިން މެޗުގައި އާސެނަލް ފުއްދާލީ އެންމެ ޕޮއިންޓަކުންނެވެ.

"ޕްރިމިއާ ލީގުގައި ވިދިވިދިގެން ހަތަރު މެޗުން މޮޅުވުމަކީ ވަރަށް އުނދަގޫ ކަމެއް. އަހަރެމެން ތިން މެޗުން މި މޮޅުވީ ގާތަގަނޑަކަށް ހަފުތާއެއްގެ ތެރޭ. އެއީ އަދި މާ ބޮޑަށް އުނދަގޫ ކަމެއް،" އާޓެޓާ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"އަހަރެމެން އެ ހަތަރު މެޗުން މޮޅުވީ އެކި ގޮތްގޮތައް. އޭގެ ސަބަބުން އަހަރެމެންގެ އަމިއްލަ ނަފުސަށް ވެސް އިތުރަށް އިތުބާރު ބޮޑު ވާނެ."

ރޭ ގެ މެޗު ފަށައިގެން 9.11 ސިކުންތުގައި ބޯންމައުތުގެ ފުރަތަމަ ގޯލް ފިލޕް ބިންލިން ޖެހި އެވެ. ދެވަނަ ލަނޑު ދެވަނަ ހާފުގައި ޖެހީ މާކޯސް ސެންސީ އެވެ. އެކަމަކު އޭގެ ފަސް މިނެޓް ފަހުން ތޯމަސް ޕާޓޭ ވަނީ އާސެނަލް އަށް ލަނޑު ޖަހައިދީ އުންމީދު ދަމަހައްޓައިފަ އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު ބެންބައިޓް ޖެހީ ނެލްސަން ތަނަވަސްކޮށް ދިން ބޯޅައިންނެވެ.

މެންޗެސްޓާ ސިޓީ ވެސް ވަނީ ނިއުކާސަލަ ޔުނައިޓެޑްގެ މައްޗަށް 2-0 ން އިއްޔެ މޮޅުވެފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ފިލް ފޮޑެން އާއި ބެނާޑޯ ސިލްވާ އެވެ. ސިޓީ އޮތީ އާސެނަލްގެ ފަހަތުން ދެވަނައިގަ އެވެ.